-

ކްލިނިކަލް ޑޭޓާ

"ކްލިނިކަލް ޑޭޓާ" ކަމަށް ބުނެފައި އެ ވަނީ، ބަލިމީހާގެ ޒާތީ މައުލޫމާތާއި، ބައޯ ސައިކޯސޯށަލް މައުލޫމާތާއި، ޑޮކްޓަރަށް ދެއްކި އަދަދާއި، ތަނާއި ވަގުތާ ގުޅޭ މައުލޫމާތާއި، ބަލިމީހާގެ ބައްޔާއި ބަލިހާލަތާ ގުޅޭ މައުލޫމާތާއި، ބަލި ހާލަތު ދެނެގަތުމަށް ކުރި ތަހުލީލުތަކާއި، ތަހުލީލުތަކުގެ ނަތީޖާތަކާއި، ބައްޔަށް ފަރުވާ ދިނުމަށް ރޭވި ގޮތާއި، ދިން ބޭހާއި، ބޭހުގެ މިންވަރާއި، ބޭހުގެ ސަބަބުން ކުރާ ނެދޭވޭ އަސަރާއި، ފަރުވާ ދިނުމަށް ބޭނުންވާ ރުހުމާ ގުޅޭ މައުލޫމާތާއި، ފަރުވާގެ ގޮތުގައި ކުރި ކަންތައްތަކާ ގުޅޭ މައުލޫމާތާއި، ބަލިމީހާއަށް ދިން ފަރުވާއާ ގުޅޭ އެ ނޫން އެންމެހައި މައުލޫމާތަށެވެ.