-

މަސްވެރިކަމާ ގުޅުންހުރި ހަރަކާތް

"މަސްވެރިކަމާ ގުޅުންހުރި ހަރަކާތް" ކަމަށް ބުނެފައި އެވަނީ؛ އަންނަނިވި ކަންކަމަށެވެ: (1) މަސް ނުވަތަ މަހުގެ އުފެއްދުންތައް، ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިއުމަށް ނުވަތަ މަސް ނުވަތަ އެހެން އުފެއްދުމެއް، ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިއުމަށް ޓްރާންށިޕްކުރުން)؛ (2) މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިއުމަށް، ނުވަތަ ހަލާކުނުވާ ގޮތަށް ރައްކައުކުރުމަށް؛ (3) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެންނަ ވަގުތާ ހަމަޔަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކައުކުރުމާއި ގަތުމާއި ޕްރޮސެސް ކުރުމަށް؛ (4) މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް؛ (5) މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުވައިދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހްިދުމަތެއް ދިނުމަށް؛ އަދި މަތީގައި ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށް.