-

މަސްވެރިކަންކުރުން

"މަސްވެރިކަންކުރުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ (1) ހިފުމަށާއި، ނެގުމަށާއި، މެރުމުގެ ބޭނުމަށް، މަސް ހޯދުން؛ (2) މަސް ހޯދުމަށް، ނުވަތަ މަސް ހިފުމަށް، ނުވަތަ މަސް ނެގުމަށް، ނުވަތަ މަސް މެރުމަށް މަސައްކަތްކުރުން؛ (3) އެ ކަންކަމުގެ ނަތީޖާއަކީ، މަސް ހޯދުން، ނުވަތަ މަސް ހިފުން، ނުވަތަ މަސް ނެގުން، ނުވަތަ މަސް މެރުން ނުވަތަ މަސް ބޭނުންކަމުގައި ހިމެނޭ އެނޫންވެސް އެހެން ހަރަކާތްތައް ހިންގުން؛ (4) "ރޭޑިއޯ ބީކަން" ހިމެނޭގޮތަށް، މަސް ޖަމާކުރުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓް ކުރުމާ ގުޅޭ ސާމާނު ބެހެއްޓުން، ނުވަތަ ހޯދުން ނުވަތަ އަނބުރާ ހޯދުން؛ (5) މޫދުގައި ނުވަތަ ކަނޑުގައި ނުވަތަ ރަށެއްގެ އެއްގަމުގައި، މަތީގައި ބުނެފައިވާ އެއްވެސް ހަރަކާތެއް ހިންގުމަށް ތައްޔާރުވުމަށްޓަކައި އެއްވެސް ކަމެއް ހިންގުން.