-

ބެލުމުގެ ދަށަށް ގެނައުން (ޖިނާއީ)

"ބެލުމުގެ ދަށަށް ގެނައުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ދެ ހާލަތުންކުރެ ހާލަތެއްގައިވާ މީހާ ހުރި ހާލަތަށް ނިސްބަތްކޮށެވެ (1) ހައްޔަރަށް ނުވާގޮތަށް ނުވަތަ ބަންދުކުރުމަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ގެނައުމަށްފަހު ނުވަތަ ހާޒިރުކުރުމަށްފަހު ހިނގާ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތު އެތަނުގައި ހޭދަކުރާ ކުރުން؛ ނުވަތަ (2) ހައްޔަރުކުރުމަށްފަހު ނުވަތަ ބަންދުކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުގައި ނުވަތަ ބަންދުގައި އޭނާ ހުންނަ ހުރުން. ކުށުގެ ތުހުމަތެއްގައި ނޫންގޮތަށް ސުވާލެއްކުރުމަށް ނުވަތަ މައުލޫމާތެއް ސާފުކުރުމަށް ނުވަތަ ހެކިބަހެއް ހޯދުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ހާޒިރުވާ މީހާ އެހުރީ މި މާއްދާގެ ބޭނުމަށްޓަކައި، ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަކަށް ނުބެލެވޭނެއެވެ. ބެލުމުގެ ދަށަށް ގެނައުމުގެ ހާލަތުގައި، ގާނޫނީ އިންޒާރުދީ ވަކީލެއްގެ އެހީތެރިކަން ދޭނެއެވެ.