-

ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް (ޖިނާއީ)

"ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ ޕިއުބިކް ސަރަހައްދު ނޫން އެހެން ހިސާބުތަކުން ނެގޭ އިސްތަށްޓާއި؛ ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނެގޭ ސްވަބް ސާމްޕަލާއި؛ ޖިންސީ ގުނަވަނާއި އެ ގުނަވަނުގެ ވަށައިގެންވާ ސަރަހައްދު ނޫން ހަށިގަނޑުގެ އެހެނިހެން ހިސާބުތަކުން ނެގޭ ސްވަބް ސާމްޕަލާއި؛ އަނގައިން ނެގޭ ސްވަބް ސާމްޕަލާއި؛ ކުޅުގެ ސާމްޕަލާއި؛ ކުޑަކަމުދާ ތަކެތީގެ ސާމްޕަލާއި؛ ހަށިގަނޑުގެ ހަމުގައި ފެންނަން ހުންނަ ތަފާތު ނިށާންތަކުގެ ސާމްޕަލަށެވެ. މި މާނައިގެ ތެރޭގައި އިނގިލީގެ ނިށާނާއި އަނގަ ފިޔަވައި ހުޅުވިފައި ހުންނަ ގުނަވަންތަކުން ނެގޭ ސާމްޕަލެއް ނުހިމެނެއެވެ.