-

އިށްތިހާރުކުރުން (މީޑިޔާއާއި ގުޅޭ)

"އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށްޓަކައި ނުވަތަ ކުއްޔަށް ދޫކުރުމަށްޓަކައި، ނުވަތަ އެ މުދަލަކާމެދު ނުވަތަ އެ ހިދުމަތަކާމެދު ށައުގުވެރިކަން އިތުރުކުރުމަށްޓަކައި، އާންމުކޮށް ކުރެވޭ އިއުލާނަށެވެ. އިށްތިހާރުކުރާ ފަރާތުން ބޭނުންވާ ބަދަލެއް، މުދަލަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން މުޖްތަމައުގެ ވިސްނުމަށް ގެނައުމަށްޓަކައި، އާންމުކުރާ ފިކުރު ނުވަތަ ކުރިއަށް ނެރޭ ވިސްނުމަށެވެ. އަދި އެކަން ކުރުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުމެއްގެ ތެރެއިން ވަގުތެއް ނުވަތަ ޖާގައެއް އޭގެ މުގާބިލުގައި އަގުދޭގޮތަށް ނުވަތަ އެއްޗެއް ލިބިދޭގޮތަށް ހޯދައިގެން ކުރާ އިއުލާނަށެވެ. އަދި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ކަމެއްގެ ވިސްނުން ކުރިއެރުވުމަށްޓަކައި ކުރާ އިއުލާނާއި ހުށަހަޅާ ހުށަހެޅުންވެސް އިށްތިހާރުކުރުމުގެ މާނައިގައި ހިމެނެއެވެ.