-

އެކަށީގެންނުވާ ނުފޫޒު (އިންތިހާބާއި ގުޅޭ)

"އެކަށީގެންނުވާ ނުފޫޒު" ކަމަށް ބުނެފައި އެވަނީ އަނެކެއްގެ އިންތިހާބީ ހައްގަކާ ގާނޫނީގޮތުން ނޭދެވޭ ގޮތަކަށް ބެހި ނުވަތަ އެފަދަ ހައްގަކާމެދު ގަދަރާއި އިހްތިރާމް ކުޑަކުރުމުގެ ސަބަބުން އަނެކަކަށް އެހައްގު މިނިވަން ގޮތުގައި އިހްތިޔާރު ކުރުމަށް ހުރަސް އަޅުން، ނުވަތަ އިންތިހާބީ ހައްގުގެ ވެރިއަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރުދެއްކުން ނުވަތަ އެމީހަކު މަސްލަހަތު ރައްކާތެރިކުރަން ޖެހިފައިވާ ފަރާތަކަށް އެފަދަ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުން ނުވަތަ އިންތިހާބީ ހައްގުގެ ވެރިޔެއް ނުވަތަ އެމީހަކު މަސްލަހަތު ބަލަހަށްޓަންޖެހޭ މީހެއް ބިރުގެންނެވުން ނުވަތަ ބިރުގަންނަވަން މަސައްކަތް ކުރުން ނުވަތަ އެއްވެސް އިންތިހާބެއްގައި ތިމާގެ ނަންނޫން އެހެން ނަމެއްގައި، ވޯޓް ދިނުމާއި ތިމާގެ ނަމުގައިވިޔަސް އެއްފަހަރަށްވުރެ ގިނަފަހަރު ވޯޓް ދިނުމާއި މިއިން ކަމެއް ކުރުން.