-

ގަރަންޓީ ނުވަތަ "ވޮރަންޓީ"

"ގަރަންޓީ" ނުވަތަ "ވޮރަންޓީ" ކަމަށް ބުނެފައިވަނީ، އެމުދަލަކީ ވަކި ފެންވަރެއްގެ އެއްޗެއްކަމަށް، ނުވަތަ ވަކި މުއްދަތެއް ފާއިތުވަންދެން ހަލާކުނުވެހުންނާނެ އެއްޗެއްކަމަށް، އަދި ހަލާކުނުވާނެ ކަމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެމުދަލެއް ހަލާކުވެއްޖެނަމަ އެއްވެސް އަގެއް ނެގުމަކާނުލައި އެމުދަލެއް މަރާމާތު ކޮށްދޭނެކަމަށް، ނުވަތަ އެމުދަލުގެ ބަދަލުގައި ހަމަ އޭގެ އެހެން އެއްޗެއް ދޭނެކަމަށް، ބަޔާންކޮށް އެއެއްޗެއް އުފައްދާފައިވާ ފަރާތަކުން ނުވަތަ ވިއްކާ ފަރާތަކުން ދޭ ލިޔުމަށެވެ.