-

މާލީ އިދާރާ

"މާލީ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ މާރޗަންޓް ބޭންކިންގ ވިޔަފާރި ނުވަތަ ޑިވެލޮޕްމަންޓް ބޭންކިންގ ވިޔަފާރި ނުވަތަ އިންށުއަރެންސްގެ ވިޔަފާރި ނުވަތަ ފައިނޭންސް ލީސިންގގެ ވިޔަފާރި ނުވަތަ ކޮންސިއުމަރ ފައިނޭންސްގެ ވިޔަފާރި ނުވަތަ ހައުސިންގ ފައިނޭންސްގެ ވިޔަފާރި ނުވަތަ ރެމިޓެންސްގެ ވިޔަފާރި ނުވަތަ މަނީ ޗޭންޖިންގ ވިޔަފާރި ނުވަތަ ކާޑު އިށޫކޮށް އެކްވަޔަރކުރުމުގެ ވިޔަފާރި ނުވަތަ އެއްވެސް ބާވަތެއްގެ ޕޭމަންޓް އަދި ސެޓްލްމަންޓް އިންސްޓްރުމަންޓެއް ނުވަތަ ޕޭމަންޓް އަދި ސެޓްލްމަންޓް ސިސްޓަމެއް ހިންގުމުގެ ވިޔަފާރި ނުވަތަ ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، އެ ވިޔަފާރިއެއް ނުވަތަ މާލީ ހަރަކާތެއް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރަންޖެހޭ ކަމަށް އޮތޯރިޓީއަށް ފެންނަ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސް ދޭ، ސެކިއުރިޓީޒްއާބެހޭ ވިޔަފާރިއާއި ހިދުމަތްތައް ފިޔަވައި، ވިޔަފާރިއާއި މާލީ ހަރަކާތްތައް ހިންގާ ކޮންމެ ފަރާތަކަށެވެ.