-

ބޭންކް ވިޔަފާރި

"ބޭންކް ވިޔަފާރި" ކަމަށް ބުނެފައި އެވަނީ (1) އާންމުންގެ ކިބައިން، ނުވަތަ އާންމުންގެ ތެރެއިން ބައެއްގެ ކިބައިން، ނުވަތަ މީހެއްގެ ކިބައިން އެބަޔަކު ނުވަތަ އެމީހަކު އެދިއްޖެ ހިނދެއްގައި، ނުވަތަ ވަކި މުއްދަތަކަށް ފަހުގައި، ނޫންނަމަ އެންގުމަށްފަހު، އަނބުރާ ދިނުމަށްޓަކައި ފައިސާ ބަހައްޓައި، ނޫންނަމަ ބޮންޑާއި، ސެޓިފިކެޓާއި، ނޫޓާއި، އެހެނިހެން ސެކިއުރިޓީ އާދަވެގެން ވިއްކައި، ނުވަތަ ހުށަހަޅައި، އަދި އެފަދަ ވިޔަފާރިއެއް ހިންގާ ފަރާތް ޒިންމާވާނޭ ގޮތެއްގައި، އެަދަ ފައިސާތައް އެކުގައި، ނުވަތަ އެއިން ބައެއް ބޭނުން ކޮށްގެން ލޯނު ދޫކުރުމާއި، ނުވަތަ އިންވެސްޓްކުރުމާއި، އަދި (2) އިސްވެ (1) ގައި ބުނެވިދިޔަ ކަންތައްތައް ކޮށް އުޅޭ މާލީ އިދާރާއެއްގެ މަސައްކަތުގެ އިތުރަށް، ބޭންކުތަކުން އާދައިގެ ގޮތެއްގައި ކޮށް އުޅުން ހުއްދަކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަބޫލުކުރާ އެހެން މަސައްކަތްތަކަށެވެ.