-

ވެރި ފަރާތް (އިމާރާތެއްގެ)

"ވެރި ފަރާތް" ކަމަށް ބުނެފައިއެވަނީ (1) އެ އިމާރާތަކުން ކުލި އެ ފަރާތަކަށް ލިބޭ ފަރާތެއް ނުވަތަ އެ އިމާރާތެއް ކުއްޔަށްދީފިނަމަ، އެ އިމާރާތަކުން ކުލި އެ ފަރާތަކަށް އަމިއްލަ ހައިސިއްޔަތުން ލިބޭނެ ފަރާތަކަށެވެ. މީގެ ތެރޭގައި ރަހުނެއްގެ ގޮތުގައި ގެ ހަވާލުވާ ފަރާތްވެސް ހިމެނެއެވެ. ނުވަތަ (2) ބައިބަޔަށް ބެހިފައިވާ އިމާރާތެއްގެ ޢާންމު ބައެއްނަމަ، އެ އިމާރާތެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ ކުންފުންޏަށެވެ. ނުވަތަ (3) ބައިބަޔަށް ބެހިފައިވާ އިމާރާތެއްގެ ޢާންމު ސަރަހައްދުގެ ބަޔަކުން ކުލި ނުވަތަ ފީ ލިބޭ ފަރާތެއް، ނުވަތަ އެ ބައެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ ފަރާތަށެވެ. ނުވަތަ (4) ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ކޯޕަރޭށަނެއްގެ ދަށުން ދިރިއުޅުމަށް ހެދިފައިވާ ނުވަތަ ވިޔަފާރި އިމާރާތެއްގެ ޢާންމު ބައެއްނަމަ، އެ ކޯޕަރޭށަނެއްގެ ބޯޑަށެވެ. ނުވަތަ (5) ބައިބަޔަށް ބެހިފައިނުވާ އިމާރާތެއްގެ ޢާންމު ބައެއްނަމަ، އެ ބައެއް ބެލެހެއްޓުމަށް ހަވާލުވެފައިވާ ކުންފުންޏެއް ނުވަތަ އެ ބަޔަކުން ކުލި ލިބޭ ފަރާތެއް، ނުވަތަ އެ ބައެއް ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތަށެވެ.