-

ވިޔަފާރި

"ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ގާނޫނުގައި ވިޔަފާރީގެ މާނައިގެ ގޮތުގައި ބޭނުންކޮށްފައިވާ މާނައެވެ. މި ގާނޫނުގައި ބައެއް ހާލަތުތަކުގައި މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ "އަމިއްލަ ވިޔަފާރި" އަށް އިށާރާތްކުރުމުގައި "ވިޔަފާރި" މި ލަފްޒުވެސް ބޭނުންކޮށްފައިވާނެއެވެ. އެ ހާލަތުގައި އެ އިށާރާތްކުރަނީ އަމިއްލަ ވިޔަފާރިއަށެވެ. އެނޫން ހާލަތެއްގައިނަމަ، އެ އިށާރާތްކުރަނީ، މި ގާނޫނު އެމައްޗަށް ހިނގާ ވިޔަފާރިއަށެވެ.