-

އޮރިޔާންކާޑު

''އޮރިޔާންކާޑު'' ކަމަށް ބުނެފައި އެވަނީ، ޖިންސީ ގުނަވަން ނުވަތަ ގުނަވަންތަކުގެ މަންޒަރު ދައްކައިދޭ ފޮޓޯއާއި ފިލްމާއި، ޖިންސީ ގުޅުން ސިފަކޮށްދޭ އަޑާއި، ވާހަކައާއި، ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ފިލްމާއި، ފޮޓޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ ރެކޯޑުކޮށްފައި ހުންނަ ސީޑީއާއި ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި، ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި ހިމެނޭ ގޮތުންނެވެ. ގާނޫނާއި ގަވާއިދު ހުއްދަކުރާ އިލްމީ ފޮތްތަކާއި ކިޔަވައިދިނުމަށް ހުއްދަކުރާ ފޮތްތަކާއި މެޓީރިއަލްތައް މީގެ މާނައިގެ ތެރޭގައި ނުހިމެނެއެވެ.