-

ނުރައްކާތެރި ހަތިޔާރު

''ނުރައްކާތެރި ހަތިޔާރު'' ކަމަށް ބުނެފައި އެވަނީ، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަކަށް ގެއްލުން ލިބިދާނެ ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާފަދަ ތަކެއްޗާއި، ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްސާއި އެނޫންވެސް އެއްޗެހި ހިމެނޭ ގޮތުންނެވެ. (1) އެއްވެސް ބާވަތެއްގެ ވަޅިއެއް؛ (2) ކަނޑިޔާއި ހަންޖަރު؛ (3) ރޭޒަރު ތިލައާއި ކަޓަރާއި ކަޓަރު ތިލަ؛ (4) ކަތިވަޅިއާއި ފުރޯއާއި ކޯރާޑި މުޅޯ؛ (5) ތޫނުކޮށްފައި ނުވަތަ ފޭއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި ލަކުޑިއާއި އެނޫންވެސް އެފަދަ އެއްޗެހި؛ (6) މީހުންނަށް އަނިޔާދެވިދާފަދަ މިނޫންވެސް ތޫނު އެއްޗެއް.