-

އާންމުންނަށް ހުށަހަޅައި ދިނުން

"އާންމުންނަށް ހުށަހަޅައި ދިނުން" ކަމަށް ބުނެފައި އެވަނީ، ގާތްތިމާގެ މީހުންނާއި ގާތްކޮށްއުޅޭ މީހުން ފިޔަވައި އެހެންމީހުން ތިބި ނުވަތަ ތިބެވިދާނެ ތަނެއްގައި އެއްފަހަރާ ނުވަތަ އެފަދަ އެކިތަންތަނުގައި އެކިފަހަރު ކަމަށްވިޔަސް، މި މާއްދާގައި އާންމުންނަށް މުއާސަލާތުކުރުން ކަމަށް ބުނެފައިވާ ގޮތަށް ނޫންގޮތަކުން ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ކުރުމަށެވެ (1) އޯޑިއޯ ވިށުއަލް އުފެއްދުމެއް ފިޔަވައި އެހެން އުފެއްދުމެއްގައި، ސީދާކޮށް ނުވަތަ ނުސީދާކޮށް ކަމަށްވިޔަސް، އެ އުފެއްދުމެއް ކިޔުން، ކުޅުން، ނެށުން، އެކްޓްކުރުން އަދި ތައާރުފުކޮށްދިނުން؛ (2) އޯޑިއޯ ވިށުއަލް އުފެއްދުމެއްނަމަ މަންޒަރުތައް ގުޅިގެންދާގޮތަށް ދެއްކުމާއި އެއާއެކުގައި އަންނަ އަޑުއިވޭގޮތަށް ހުށަހެޅުން؛ ނުވަތަ (3) އަޑުގެ ރިކޯޑިންގއެއްނަމަ، ރިކޯޑިންގގެ އަޑު އިއްވުމެވެ.