-

އޮޅުވާލުމުގެ އަމަލު

(ހ) "އޮޅުވާލުމުގެ އަަމަލު" ކަމަށް ބުނެފައިވަނީ މުދަލަކާ ނުވަތަ ހިދުމަތަކާ ގުޅޭގޮތުން ކުރުމަށް ހުށަހެޅިފައިވާ ނުވަތަ ފުރިހަމަ ކުރެވިފައިވާ މުއާމަލާތަކާ ގުޅިގެން، މީހަކު އަންނަނިވި އަމަލުކުރުމަށެވެ: (1) ސައްހަ ނޫން މައުލޫމާތު ނުވަތަ ކަމެއް އޮޅިގެން ހިނގައިދާނެފަދަ މައުލޫމާތު، ފަރުވާލެއްނެތި ދިނުން؛ ނުވަތަ (2) ވިޔަފާރީގައި އާންމުކޮށް އަމަލުކުރެވޭ ކަމަށް ގަބޫލު ކުރެވިފައިވާ އުސޫލުތަކާއި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފަށް، އަމަލެއް ކޮށްގެން، އެނގިހުރެ، މީހަކަށް ކަމެއް އޮޅުވާލުން.