-

އަމިއްލަ އިހްތިޔާރުގައި މަސްތުވުން

"އަމިއްލަ އިހްތިޔާރުގައި މަސްތުވުން" ކަމަށް ބުނެފައިވަނީ (1) ތިމާއަށް އެނގިހުރެ، ތިމާގެ ހަށިގަނޑަށް ވާސިލުކުރާ މާއްދާއަކުން މަސްތުވުމާއި، އެގޮތަށް އެކަން ކުރުމުން މަސްތުވެދާނެ ކަމާމެދު ފަރުވާކުޑަކޮށްފައިވުން. އެއީ، އެ މާއްދާ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރީ ސިއްހީ ލަފާގެ މަތިންކަމުގައި ނުވާނަމަ ނުވަތަ ގާނޫނީ ގޮތުން ހުއްދަ ހާލަތެއްގައި ކަމުގައި ނުވަތަ މައާފު ލިބެނިވި ދިފާއެއްގެ ހާލަތުގައި ކަމުގައިވެސް ނުވާނަމައެވެ (2) އޭނާ ބޭނުންކުރި މަސްތުވާއެއްޗެހީގެ މިންވަރަށް ބަލާއިރު އެއީ، ނިސްބަތުންމާ ގިނަ އެއްޗެއްކަމުގައި ނުވިނަމަވެސް، އެ މިންވަރުންވެސް އޭނާ މަސްތުވެދާނެކަން ނުވަތަ އޭނާގެ ހަށިގަނޑުގެ މާއްދިއްޔަތަށް ބަލާއިރު، އެ މިންވަރުގެ މަސްތުވާއެއްޗަކުންވެސް އޭނާ މަސްތުވެފައި ހުރި މިންވަރަށް މަސްތުވެދާނެކަން އޭނާއަށް ގަބޫލުކުރެވިފައި ނުވުން ނުވަތަ ނޭނގުން.