-

ކުށުގެ ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދުން

ކުށުގެ މަގްސަދުގެ ރުކުނަކާ ގުޅޭ ގޮތުން ޒިންމާ އުފުލުމަށް ކުށުގެ އަމަލު އެކަނި ފުދޭ ހާލަތުގައި، މި މާއްދާގެ (އ) ގައި ބަޔާންކޮށްދީފައިވާ ފަދައިން ކުށުގެ ނިޔަތް ސާބިތުވުމަކީ، އަންނަނިވި ކުށްކުށް ސާބިތުކުރުމުގައި ބޭނުން މިންގަނޑެއް ނޫނެވެ: (1) ކުރި ކުށަކީ މުހާލަފާތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވުން؛ ނުވަތަ (2) އެ ކުށަކީ މި ގާނޫނު ނޫން އެހެން ގާނޫނެއްގައި ކަނޑައެޅިފައިވާ ކުށަކަށް ވުމާއި، އެ ކުށް ކަނޑައެޅުމުގައި ގާނޫނުގެ މަގްސަދަކީ، ކުށުގެ ނިޔަތް ސާބިތުކުރަން ނުޖެހޭ ގޮތަށް، ކުށުގެ އެހެން މައިގަނޑު ރުކުނެއް އެކަނި ސާބިތުވުންކަން، އެ ކުށް ކަނޑައެޅި ގާނޫނުން ސާފުކޮށް ދޭހަވާން އޮތުން.