-

މަނާކޮށްފައިވާ އެއްޗެއް

"މަނާކޮށްފައިވާ އެއްޗެއް" ކަމަށް ބުނެފައި އެވަނީ މީހުން ބަންދުކުރާ މަރުކަޒަކަށް ގެނެވޭ އެއްޗެހީގެ ތެރެއިން ނުވަތަ އެ މީހުން ބަންދުކުރާ މަރުކަޒުގައިވާ އެއްޗެހީގެ ތެރެއިން އަންނަނިވި އެއްޗެއްސަށެވެ: (1) ބަޑި، ސްޓަން ގަން، ޓޭޒަރ ގަން؛ (2) ބަޑީގެ ވަޒަނާއި، ކާޓްރިޖާއި، ށެލާއި އަދި ވަޒަނުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި؛ (3) ފަނާކުރަނިވި މާއްދާއެއް؛ (4) ގާނޫނެއްގެ ދަށުން ކޮންޓްރޯލް ކުރެވިފައިވާ މަސްތުވާއެއްޗެއް؛ (5) މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި ބޭނުންކުރާ އާލާތެއް؛ (6) ނުރައްކާތެރި ހަތިޔާރެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެއް؛ (7) ތަނުގެ ސަލާމަތީފިޔަވަޅުތައް ބޭކާރުކޮށްލެވޭ ފަދަ ހަތިޔާރެއް ނުވަތަ އާލާތެއް؛ އޭގެ ތެރޭގައި އަތުބިޑިއާއި، ސަލާމަތީ ގޮތުން މީހަކު ހިފެހެއްޓުމަށްޓަކައި ބޭނުންކުރާ އެއްޗެއްގެ ތަޅުދަނޑިއާއި، ތަޅު ހުޅުވުމަށް ބޭނުންކުރާ އެއްޗެއްސާއި، ބިޑީގެ ތަޅުނައްޓައިލުމަށް ބޭނުންކުރެވިދާނެ އެއްޗެއްސާއި، މީހުން ބަންދުކުރާ މަރުކަޒުގެ އެކިއެކި ގޮޅިތަކުގެ ދޮރުތަކާއި ގޭޓުތަކާއި ކޮޓަރިތަކާއި މީހުން ބަންދުކުރާ މަރުކަޒުގެ އެހެނިހެން ސަރަހައްދުތައް ހުޅުވިދާނެ ބާވަތުގެ އެއްޗެހި ހިމެނެއެވެ؛ (8) ކަފަންބޭނުންކުރާ ނުވަތަ ބުރިކުރެވޭ ބާވަތުގެ އާލާތް؛ އޭގެތެރޭގައި ތިލައާއި ކަޓަރާއި، ދަގަނޑު ކެނޑިދާނެ ބާވަތުގެ އެއްޗެހި ހިމެނެއެވެ؛ ނުވަތަ (9) އިލެކްޓްރޯނިކް އެއްޗެހީގެ ތެރެއިން މަނާ އެއްޗެހި ކަމުގައި މީހުން ބަންދުކުރާ މަރުކަޒަކުން ކަނޑައަޅާފައިވާ އެއްޗެހި؛ އޭގެ ތެރޭގައި އިލެކްޓްރޯނިކް ރެކޯޑުކުރެވޭ އެއްޗެއްސާއި، ވީޑިއޯ ރެކޯޑުކުރެވޭ އެއްޗެއްސާއި، ސެލިއުލަރ ޓެލެފޯނާއި، ސެލިއުލަރ ޓެލެފޯނުގެ ބެޓެރީއާއި، ވީޑިއޯ ޓޭޕް ރެކޯޑަރާއި، ޕޭޖަރާއި، ކޮންޕިއުޓަރާއި، ކޮންޕިއުޓަރުގެސާމާނު ހިމެނެއެވެ؛ (10) ބަނގުރާގެ ބާވަތްތަކާއި؛ (11) އެނޫންވެސް މީހުން ބަންދުކުރާ މަރުކަޒަކަށް ހުއްދަނޫންކަމަށް ގާނޫނުގައި ނުވަތަ އެ މަރުކަޒެއްގެ އަމުރެއްގައި ކަނޑައަޅާފައިވާ އެއްޗެހި.