-

ކުށްކުރާ ޖަމާއަތް

"ކުށްކުރާ ޖަމާއަތް"ކަމަށް ބުނެފައި އެވަނީ އެ ޖަމާއަތުގައި ހިމެނޭ މެންބަރުންނަކީ، ގުޅިފައިވާ އާންމު އެއް މަގްސަދަކަށްޓަކައި މަސައްކަތްކުރާ ބަޔަކަށްވުމާއި، އެ ޖަމާއަތުގެ މެންބަރުން ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، ކުރިއަށް ގެންދެވޭ ޕްލޭނެއް ނުވަތަ މަގްސަދެއްގެ ބައެއްގެ ގޮތުގައި އަނިޔާވެރިކަން ނުވަތަ ފަނާކުރުން ނުވަތަ އެދެކަންތަކުންކުރެ ކަމެއްގެ ބިރު ދެއްކުން ހިމެނޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ އެ ޖަމާއަތުގެ މެންބަރުން ނުވަތަ އެ ޖަމާއަތާ ގުޅިފައިވާ މީހުން މެދުވެރިކޮށް، މަސްތުވާއެއްޗެހި ވިއްކުމާއި މަސްތުވާއެއްޗެހި އެއް ތަނުން އަނެއް ތަނަށް ގެންގޮސް އޭގެ ވިޔަފާރިކުރުންކަމަށް މާނަކުރެވޭ ދެ އަމަލު ނުވަތަ އެއަށްވުރެ ގިނަ އަމަލު ހިންގާފައިވާ ބަޔަކަށްވުން؛ ނުވަތަ އެފަދަ ކުށްކުށް ކުރުމަކީ، ނުވަތަ ކުރާނެކަމުގެ ބިރުދެއްކުމަކީ އެ ޖަމާއަތުގެ ބޭނުންކަމުގައި ނުވަތަ މަގްސަދުކަމުގައި އާންމުކޮށް އިއްލާންކޮށްފައިވާ ނުވަތަ ގަބޫލުކޮށްފައިވާ ބަޔަކަށްވުން؛ ނުވަތަ ދިވެހިސަރުކާރުން ޓެރަރިސްޓް ޖަމާއަތެއްކަމުގައި ނުވަތަ ކުށްކުރާ ޖަމާއަތެއްކަމުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށްވުން.