-

މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު

"މީހުން ބަންދުކުރާ މަރުކަޒެއްގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ (1) މީހުން ބަންދުކުރާ މަރުކަޒެއްގެ އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ އޮފިސަރަށާއި، ޓްރަސްޓީއަށާއި އެފަދަ މަރުކަޒެއްގެ މުވައްޒަފަކަށެވެ' ނުވަތަ (2) އެ މީހުން ބަންދުކުރާ މަރުކަޒެއް ހިންގުން ހަވާލުކުރެވިފައިވާ އިދާރާއެއްގެ މުވައްޒަފަކަށެވެ؛ ނުވަތަ (3) މީހުން ބަންދުކުރާ މަރުކަޒާއެކު ނުވަތަ މީހުން ބަންދުކުރާ މަރުކަޒުގެ ހިންގުން ހަވާލުކުރެވިފައިވާ އިދާރާއާއެކު ކުރެވޭ ކޮންޓްރެކްޓެއްގެ ދަށުން އެ ތަނަށް ހިދުމަތްތަކެއް ފޯރުކޮށްދޭ މީހުންނަށެވެ. މީގެ ތެރޭގައި އެ ތާނގައި ހައްޔަރުކޮށްފައި ތިބޭ ނުވަތަ އެތަނުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ބެލެހެއްޓުމާއި، ކޮންޓްރޯލުކުރުމާއި، ސުޕަވައިޒްކުރުމުގެ ވަޒީފާދީފައިވާ މުވައްޒަފުންވެސް ހިމެނެއެވެ.