-

ބައިވެރިން (ކުށުގެ)

"ބައިވެރިން" ކަމަށް ބުނެފައި ވަނީ ކުށްކުރުމުގެ ނިޔަތް އޮވެގެން، ކުށެއް ކުރުމުގައި އަންނަނިވި ހާލަތްތަކުގައި، އެހެން މީހަކު އެ ކަމުގައި ބައިވެރިވުމަށެވެ: (1) ކުށުގެ އަމަލު ހިންގުން ކުރިއަށް ގެންދިއުމަށްޓަކައި، ނުވަތަ އެ ކުށް ކުރުމަށް ހިތްވަރުދިނުމަށްޓަކައި، އެނގިހުރެ، އެހެން މީހަކަށް އެހީތެރިވެދިނުން؛ ނުވަތަ (2) އޭނާގެ އަމަލަކީ ކުށެއް ކުރި މީހާއާ ބައިވެރިވުމުގެ އަމަލެއް ކަމުގައި، ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވުން.