-

ހަނގުރާމަވެރި ހަތިޔާރު

ހަނގުރާމަވެރި ހަތިޔާރުގެ މާނައިގައި އަންނަނިވި ތަކެތި ހިމެނޭނެއެވެ: (1) ވަޒަނެއް ނުވަތަ މިސައިލެއް ފޮނުވާލެވޭފަދަ ހުރިހާ ބާވަތެއްގެ ހަތިޔާރު، (2) ވަޒަން، ބަޑީގެ ކާޓްރިޖް (3) މަތީގައިއެވާފަދަ ހަތިޔާރެއް ބޭނުން ކުރުމުން ނުކުންނަ އަޑު ނުވަތަ އަލި މަޑު ކުރުމަށް ނުވަތަ އެ ހަތިޔާރެއް އަމާޒުކުރުން ފަސޭހަ ކުރުމަށް ހަދާފައިވާ ހަތިޔާރުގެ ބައިތައް (4) އެއްވެސް ވިހައެއް ފޮނުވުމަށް ހަދާފައިވާ ހަތިޔާރު (5) ކަނޑި، ލޮންސި، ތީރު، ދުނިދަނޑި (6) މި މާއްދާގައި ބަޔާން ކޮށްފައިވާ ހަތިޔާރެއްގެ ބައެއް ނުވަތަ އެފަދަ ހަތިޔާރެއް އުފުލަން ހަދާފައިވާ އުޅަނދު ނުވަތަ އެއްޗެހި