-

އިންސްޕެކްޓަރު (ދަނޑުވެރިކަމާއި ގުޅޭ)

"އިންސްޕެކްޓަރު" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް އިމްޕޯޓުކުރާ ގޮތާއި، އެކްސްޕޯޓުކުރާ ގޮތާއި، އުފައްދާ ގޮތާއި، ބަންދުކުރާ ގޮތާއި، އަލުން ބަންދުކުރާ ގޮތާއި، ލޭބަލްކުރާ ގޮތާއި، ރައްކާކުރާ ގޮތާއި، ވިއްކާ ގޮތާއި، ބޭނުންކުރާ ގޮތާއި، ނައްތާލާ ގޮތާއި، އެ މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ޢައްޔަންކުރެވޭ މުވައްޒަފުންނަށެވެ.