-

ގުޅުން ހުރި ފަރާތް

"ގުޅުން ހުރި ފަރާތް" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ށަރުތުތަކުންކުރެ ށަރުތެއް ފުރިހަމަވާ ދެ ފަރާތަކަށެވެ. (1) އެއް ފަރާތުން އަނެއް ފަރާތް ކޮންޓްރޯލް ކުރުން ނުވަތަ އެ ދެ ފަރާތްވެސް ކޮންޓްރޯލް ކުރަނީ އެއް ފަރާތަކުން ނުވަތަ ފަރާތްތަކަކުން ކަމަށްވުން؛ ނުވަތަ (2) އެކަކަކީ އަނެކަކުގެ ތިމާގެ މީހަކަށްވުން؛ ނުވަތަ (3) އެއް ފަރާތަކީ ޕާޓްނަރށިޕަކަށްވެފައި އަނެއް ފަރާތަކީ އެ ޕާޓްނަރށިޕުގެ ޕާޓްނަރަކަށްވުން؛ ނުވަތަ (4) އެއް ފަރާތަކީ ޕާޓްނަރށިޕެއްގެ ޕާޓްނަރަކަށްވެފައި އަނެއް ފަރާތަކީވެސް އެ ޕާޓްނަރށިޕުގެ ޕާޓްނަރަކަށްވުން؛ ނުވަތަ (5) އެއް ފަރާތަކީ ޓްރަސްޓަކަށްވެފައި އަނެއް ފަރާތަކީ އެ ޓްރަސްޓުގެ ބެނިފިށަރީއަކަށްވުން؛ ނުވަތަ (6) އެއް ފަރާތަކީ ޓްރަސްޓަކަށްވެފައި އަނެއް ފަރާތަކީ އެ ޓްރަސްޓުގެ ސެޓްލަރއަކަށްވުން.