-

ކޮމިއުނިކޭށަން

"ކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތަށެވެ. ދެމީހެއްގެ ދެމެދުގައި މުއާޞަލާތުކުރުމަށް ނުވަތަ މީހަކާއި އެއްޗެކާ ދެމެދުގައި މުއާޞަލާތުކުރުމަށް ނުވަތަ ދެ އެއްޗެއްގެ ދެމެދުގައި ކުރެވޭ މުއާޞަލާތުކުރުމަށް؛ އަދި ވާހަކައިގެ ގޮތުގައި ނުވަތަ، މިއުޒިކް އަދި އެހެންވެސް އަޑުގެ ޒަރީޢާއިން؛ ނުވަތަ ޓެކްސްޓްގެ ޒަރީޢާއިން؛ ނުވަތަ (ހަރަކާތްކުރާ ނުވަތަ އެހެނިހެންވެސް) ފެންނަ ތަސްވީރެއްގެ ޒަރީޢާއިން؛ ނުވަތަ އެހެން އެއްވެސް ސިގްނަލެއްގެ ޒަރީޢާއިން؛ ނުވަތަ އެހެން އެއްވެސް ޒަރީޢާއަކުން؛ ނުވަތަ މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ހިމެނޭ ކަމެއްގެ ބޭނުންކޮށްގެން މުއާޞަލާތުކުރުން.