-

ހަތިޔާރު

"ހަތިޔާރު" ކަމަށް ބުނެފައި އެވަނީ؛ އެއްވެސް ބާވަތެއްގެ ވަޅިއެއް؛ ކަނޑިއާއި ހަންޖަރު؛ ރޭޒަރު ތިލައާއި ކަޓަރާއި ކަޓަރު ތިލަ؛ ކަތިވަޅިއާއި ކޯރާޑިއާއި ފުރޯއާއި މުޅޯ؛ ތޫނުކޮށްފައި ނުވަތަ ކޮޅު ފޭއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި ލަކުޑިއާއި އަދި އެނޫންވެސް އެފަދަ ތަކެތި؛ ދަގަނޑު ހޮޅިބުރިއާއި މޮހޮރު ޖަހާފައި ހުންނަ ފިލާގަނޑާއި ލަކުޑިބުރިއާއި މުގުރު؛ ޗޭނު ބުރިއާއި، ވައިރާއި، ވައިރު ނަރާއި، ޓައީ ކްލިޕް އަދި އެކިއެކި ގުނަވަންތަކުގައި އެޅުވުމަށް ތައްޔާރުކޮށްފައި ހުންނަ ކަންވާރު ބުރިއާއި ސާޅަނގައާއި މިފަދަ ތަކެތި؛ ގޮވާ ތަކެއްޗާއި އަލިފާން ރޯވާ ފަދަ ތަކެތި؛ ޓޭޒަރ ގަންއާއި ސްޓަން ގަން އަދި އެނޫންވެސް މީހެއްގެ ހަށިގަނޑަށް ށޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ހާލަތެއް ވަގުތީ ގޮތުން މެދުވެރި ކުރުވާ ކޮންމެ އެއްޗެއް؛ ވަކި ވަގުތެއް ޖެހުމުން ގޮވާގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެތި؛ އަޑުގަދަވުމުން ސިއްސައިގެންދާގޮތަށް މޮޑިފައިކޮށްފައި ހުންނަ އެއްގަމު އުޅަނދުފަހަރު؛ ވިހައާއި ވިހަ ގޭސް؛ ނުރައްކާތެރި ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި ނުރައްކާތެރި އެސިޑްތަކާއި ރޭޑިއޯއެކްޓިވް މާއްދާތައް؛ މިނޫންވެސް މީހަކަށް އަނިޔާއެއް ދެވިދާނެ ނުވަތަ ތަނަކަށް ގެއްލުމެއް ދެވިދާނެ ކޮންމެ އެއްޗެއް.