-

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 51/2013) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 16/2020)

 

1 ވަނަ މާއްދާ – ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

މި ގަވާއިދުގެ ދަށުން ޢިނާޔަތް ހަމަޖެއްސޭނެ ފަރާތްތައް 2

(ނ) ފަނޑިޔާރުކަމުގެ މަގާމުން މުސްކުޅިކޮށްދިނުމަށް އެދިފައިވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ކޮމިށަނުން ހުށަހެޅިފައިވާ ނުވަތަ އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ފަނޑިޔާރަކަށް ނުވުން.

 

2 ވަނަ މާއްދާ - ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ ފަހަތަށް (ށ) ގެ ގޮތުގައި އަކުރެއް އިތުރުކޮށް، އެ އަކުރުން ފެށިގެން އެ މާއްދާގެ އަކުރުތައް އަލުން ތަރުތީބުކުރުން.

އިނާޔަތް ހަމަޖައްސާނެ ފަރާތް 7

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި، މި ގަވާއިދުގެ ދަށުން ލިބިދެވޭ ޢިނާޔަތައް ހަމަޖައްސާ ފަރާތަކީ ޖުޑީށަލް ސަރވިސް ކޮމިށަން ކަމުގައި ވިޔަސް، މެޑިކަލް އިންށުއަރެންސް ހަމަޖެއްސުމާއި އެކަމާ ގުޅުންހުރި  އެންމެހައި ކަންކަން އިންތިޒާމްކޮށް ހަމަޖައްސާނީ ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަނުންނެވެ.

 

3 ވަނަ މާއްދާ - މި އިސްލާހަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 51/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު