-

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ފެނުގެ ހިދުމަތްތައް ނުވަތަ ނަރުދަމާގެ ހިދުމަތްތައް ގުޅައިދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު

(ގަވާއިދު ނަންބަރު 10/2020)

  

1 ވަނަ މާއްދާ – ތައާރަފު

މި ގަވާއިދަކީ، ގާނޫނު ނަންބަރު 4/1996 (އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު) ގެ 3 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 10 ވަނަ މާއްދާއިން މިނިސްޓްރީއަށް ލިބިދީފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

 

2 ވަނަ މާއްދާ – ނަން

މި ގަވާއިދުގެ ނަމަކީ، "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަށްރޫއުތަކުގެ ތެރެއިން ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ފެނުގެ ހިދުމަތްތައް ނުވަތަ ނަރުދަމާގެ ހިދުމަތްތައް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

 

3 ވަނަ މާއްދާ – މަގްސަދު

މި ގަވާއިދުގެ އެކުލަވައިލުމުގެ މަގުސަދަކީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަށްރޫއުތަކުގެ ތެރެއިން ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ތެރެއިން ފީއަކާ ނުލައި ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް، އިމާރާތްތަކަށް ގުޅައިދިނުމުގައި އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް އެގޮތުގެ މަތިން ތަންފީޒުކުރުމުވެ.

 

4 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

  

5 ވަނަ މާއްދާ - ގަވާއިދު ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒު ކުރާނީ މިނިސްޓްރީގެ ފަރާތުން ތަންފީޒީ އިދާރާއިންނެވެ.

 

6 ވަނަ މާއްދާ - ރަށްރަށުގައި ހިންގާ ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ފީއަކާ ނުލައި ފެން މީޓަރު ގުޅައިދިނުން

ރަށްރަށުގައި ހިންގާ ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ފީއަކާ ނުލައި ފެން މީޓަރު ގުޅައިދެވޭނީ ތިރީގައިވާ ގިންތިތަކުގައި ހިމެނޭ ތަންތަނަށެވެ.

(ހ) ރަޖިސްޓަރީ ކޮށްފައިވާ، މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 1 (އެކެއް) ކަނެކްށަން.

(ށ) ރަޖިސްޓަރީކޮށްފައިވާ، އާންމު ހިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކޮންމެ ތަނަކަށް  1 (އެކެއް) ކަނެކްށަން. 

(ނ) ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ސިނާއީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.

(ރ) ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އިޖުތިމާއީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.

(ބ) ރަށުގެ ބަނދަރު ސަރަހައްދަށް 1 (އެކެއް) ކަނެކްށަން.

(ޅ) އާންމު ފާހާނާތައް ސަރވޭ ކުރުމަށްފަހު އެ ދިޔާރު އައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.

(ކ) މީހުން ދިރިއުޅުނަސް ނުވަތަ ނޫޅުނަސް ގޯތީގައި އިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ އިމާރާތަކަށް 1 (އެކެއް) ކަނެކްށަން.

(އ) ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަށްރޫއުތައް ހިންގާ ތަންތަން ސަރވޭ ކުރުމަށްފަހު އެދިޔާރު އައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.

 

7 ވަނަ މާއްދާ - މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ފީއަކާ ނުލައި ނަރުދަމާގެ ޖަންކްށަން (ކެޗްޕިޓް) ގުޅައިދެވޭނެ ތަންތަން

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކުގެ ދަށުން ފީއަކާ ނުލައި ނަރުދަމާގެ ޖަންކްށަން (ކެޗްޕިޓް) ގުޅައިދެވޭނީ ތިރީގައިވާ ގިންތިތަކުގައި ހިމެނޭ ތަންތަނަށެވެ.

(ހ) ރަޖިސްޓަރީ ކޮށްފައިވާ، މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް ނުވަތަ ވަކިން ރަޖިސްޓަރީ ކޮށްފައިވާ ކޮންމެ އެޕާޓްމަންޓަކަށް 1 (އެކެއް) ކަނެކްށަން.

(ށ) ރަޖިސްޓަރީ ކޮށްފައިވާ އާންމު ހިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކޮންމެ ތަނަކަށް      1 (އެކެއް) ކަނެކްށަން.

(ނ) ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ސިނާއީ މަސައްކަތްކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.

(ރ) ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނަކަށް 1 (އެކެއް) ކަނެކްށަން.

(ބ) އާންމު ފާހާނާތައް ސަރވޭ ކުރުމަށްފަހު އެދިޔާރު އައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.

(ޅ) މީހުން ދިރިއުޅުނަސް ނުވަތަ ނޫޅުނަސް ގޯތީގައި ގެއެއް އިމާރާތްކޮށް، ހިޔާކޮށްފައިވާ ކޮންމެ އިމާރާތަކަށް 1 (އެކެއް) ކަނެކްށަން.

(ކ) ސަރުކާރު ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަށްރޫއުތައް ހިންގާ ތަންތަން ސަރވޭ ކުރުމަށްފަހު އެދިޔާރު އައްޔަނުކުރާ އިންޖީނިޔަރު ކަނޑައަޅާ އަދަދަށް.

 

8 ވަނަ މާއްދާ - މަގުގެ ދެފަރާތަށް ހުންނަ އިމާރާތްކާއި،   އެއް މަގަށް ވުރެ ގިނަ މަގުތަކަށް ވާ ގޮތަށް ހުންނަ އިމާރާތްތަކަށް ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ގުޅައިދިނުން

މީހުން ދިރިއުޅޭ އިމާރާތެއްގެ ދެފަރާތުގައި މަގު އޮތް ނަމަވެސް، އެ އިމާރާތަށް ފެނުގެ ހިދުމަތް  ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގައި ބަލާނީ އެއީ 1 (އެކެއް) އިމާރާތެއް ކަމުގައެވެ.

 

9 ވަނަ މާއްދާ - ފެނުގެ ހިދުމަތަށް ނުވަތަ ނަރުދަމާގެ ހިދުމަތަށް އެދުން

(ހ) ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކާ ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކާ ގުޅިގެން، ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް  ގުޅައިދިނުމަށް އެދެންވާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

(ށ) ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ދަށުން ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ދަށުން، ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ގުޅައިދިނުމަށް އެދޭ ފޯމު ފުރިހަމަކޮށް، އަންނަނިވި ލިޔެކިޔުންތަކާއެކު، ކައުންސިލަށް ހުށަހަޅަންވާނެއެވެ.

  1.  1.1 އިމާރާތުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
    1.2 އިމާރާތުގެ ވެރިފަރާތް ނިޔާވެފައިވާނަމަ، ށަރުއީގޮތުން ކަނޑައަޅައިފައިވާ ވާރުތަވެރިޔާ ނުވަތަ ވާރުތަވެރިންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

  2. 2.1 އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ.
    2.2 އެއްވެސް ސަބަބަކާ ހުރެ، ގެ ނުވަތަ ގޯތި ބެހުމުގެ މައްސަލަ ށަރުއީ ކޯޓަކަށް ހުށަހަޅައިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ށަރުއީ ކޯޓެއްގެ ލިޔުން.

  3. މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގެ (ށ) އާއި (ނ) ގެ ދަށުން ހުށަހަޅާނަމަ، ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ.
  4. މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގެ ގެ (ހ) ގެ ދަށުން ހުށަހަޅާނަމަ، އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ.

 

10 ވަނަ މާއްދާ - ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި ގެންގުޅޭނެ މިންގަނޑު

ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ގުޅައިދޭނެ އެންމެ ދުރުމިނަކީ، ގޯތީގެ އިންފާރުން ފެށިގެން   3 (ތިނެއް) ފޫޓު އެތެރެއެވެ. 

 

11 ވަނަ މާއްދާ - ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއު ދަށުން އިމާރާތްތަކަށް ފެން ގުޅައިދިނުމަށް ސަރވޭކުރުން

ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ދަށުން އިމާރާތަށް ހިދުމަތް  ދިނުމަށް ސަރވޭ ކުރުމުގައި އަންނަނިވި ގޮތްތަކަށް އަމަލު ކުރަންވާނެއެވެ.

(ހ) ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ޑިޒައިން މަރުހަލާގައި، ޑިޒައިން ކޮންސަލްޓެންޓުން ހަދާ ސަރވޭގައި މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަން ފާހަގަކުރުން.

(ށ) ކޮންސަލްޓެންޓުން ސަރވޭ ކުރާއިރު ކައުންސިލުން ކަނޑައަޅާ އިސް ފަރާތަކާއެކު އިމާރާތްތަކަށް ޒިޔާރަތްކޮށް، އިމާރާތުގެ ވެރިފަރާތުގެ ލަފަޔާއެކު ފެން މީޓަރު ބަހައްޓަން ބޭނުންވާ ތަން ފާހަގަކުރުން.

(ނ) ފެން މީޓަރު ބަހައްޓާ ތަން އެނގޭނެހެން ސަރވޭ ފޯމުގައި ފާހަގަ ކުރުމަށްފަހު، އެ ތަނަކީ،  އިމާރާތުގެ ވެރިފަރާތުން ކަނޑައެޅި ތަނެއްކަން ކަށަވަރު ކުރުމަށްޓަކައި ސަރވޭ ފޯމުގައި އިމާރާތުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތް ކަނޑައަޅާ ފަރާތަކުން ސޮއިކުރުވުން.

(ރ) އިމާރާތުގެ ވެރިފަރާތުން ފެން މީޓަރު ހަރުކުރަން ބޭނުންވާ އިންފާރުގެ އުސްމިނުގައި 3 (ތިނެއް) ފޫޓު، ފުޅާމިނުގައި 1 (އެކެއް) ފޫޓު ހުންނަ ޖާގައެއްގައި ސިމެންތި ޖަހައި އޮމާންކޮށްފައި ހުރުން.

 

12 ވަނަ މާއްދާ - ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއު ދަށުން އިމާރާތްތަކަށް ނަރުދަމާގެ ހިދުމަތް ގުޅައިދިނުމަށް ސަރވޭކުރުނ

ނަރުދަމާގެ މަށްރޫއުގެ ދަށުން އިމާރާތަށް ހިދުމަތް ދިނުމަށް ސަރވޭ ކުރުމުގައި އަންނަނިވި ގޮތްތަކަށް އަމަލު ކުރަންވާނެއެވެ.

(ހ) ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ޑިޒައިން މަރުހަލާގައި، ޑިޒައިން ކޮންސަލްޓެންޓުން ހަދާ ސަރވޭގައި، މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަން ފާހަގަކުރުން.

(ށ) ކޮންސަލްޓެންޓުން ސަރވޭ ކުރާއިރު ކައުންސިލުން ކަނޑައަޅާ އިސް ފަރާތަކާއެކު އިމާރާތްތަކަށް ޒިޔާރަތްކޮށް، ނަރުދަމާގެ ޖަންކްށަން (ކެޗްޕިޓް) ބަހައްޓަން ބޭނުންވާ ތަން، އިމާރާތުގެ ވެރިފަރާތުގެ ލަފަޔާއެކު ފާހަގަކުރުން.

(ނ) ކެޗްޕިޓް ބަހައްޓާ ތަން އެނގޭނެހެން ސަރވޭ ފޯމުގައި ފާހަގަ ކުރުމަށްފަހު، އެ ތަނަކީ، އިމާރާތުގެ ވެރިފަރާތުން ކަނޑައެޅި ތަނެއްކަން ކަށަވަރު ކުރުމަށްޓަކައި ސަރވޭ ފޯމުގައި އިމާރާތުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތް ކަނޑައަޅާ ފަރާތަކުން ސޮއިކުރުވުން.

(ރ) ނަރުދަމާގެ ހިދުމަތް ދިނމުގެ ނިޒާމުގެ ލޭއައުޓް ޕްލޭނުގައި، އިމާރާތުގައި ބަހައްޓާ ކެޗްޕިޓް ބަހައްޓާ ތަން ފާހަގަކުރުން. އަދި ކެޗްޕިޓް ބަހައްޓާ ތަނަކީ ހުރަހެއްނެތި މަސައްކަތް ކުރެވޭނެ ތަނަކަށް ވުން.

 

13 ވަނަ މާއްދާ - ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ދަށުން ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ދަށުން ނަރުދަމާގެ ހިދުމަތް ނުވަތަ ފެނުގެ ހިދުމަތް ގުޅައިދިނުމަށް  އެދޭ ފޯމު ހުށަހެޅުމާއި މުއްދަތު އިތުރުކުރުން 

(ހ) ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއު ނުވަތަ ނަރުދަމާގެ މަށްރޫއުގެ ދަށުން ކަނެކްށަން ގުޅައިދިނުމަށް އެދޭ ފޯމު، މަށްރޫއުގެ ކޮންޓްރެކްޓަރުގެ އޮފީހުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނަންވާނެއެވެ. ކަނެކްށަނަށް އެދޭ ފޯމު ހުށަހެޅުމަށް މަދުވެގެން  60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު، މި މުއްދަތުގެ ތެރޭގައި ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ. ފޯމު ހުށަހެޅުމުން، ފޯމު ބަލައިގަތްކަމުގެ ރަސްމީ ލިޔުމެއް، ކައުންސިލް އިދާރާއިން، ފޯމު ހުށަހެޅި ފަރާތަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމާއެކު، ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއު ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ދަށުން ކަނެކްށަން ގުޅައިދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ލިސްޓެއް، މަށްރޫއުގެ އެދިޔާރާއި ކައުންސިލާ ގުޅިގެން ތައްޔާރުކޮށް، ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި 2 (ދޭއް) ހަފުތާގެ މުއްދަތަށް އާންމުކޮށް ބަހައްޓަންވާނެއެވެ. އަދި އެ މުއްދަތުގައި ލިސްޓަށް ށަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ހުޅުވައިލަންވާނެއެވެ. ށަކުވާ ހުށަހަޅަންވާނީ ލިޔުމަކުން ކައުންސިލް އިދާރާއަށެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމާއެކު، ލިބިފައިވާ ށަކުވާތަކުގެ ތަފުސީލު، ކައުންސިލް އިދާރާއިން މަށްރޫއުގެ އެދިޔާރަށް ސިޓީއަކުން އަންގަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގެ ދަށުން ކައުންސިލުން ހުށަހަޅާ ށަކުވާތަކުގެ ތަފުސީލު ލިސްޓުގައި ހިމެނޭ ތަންތަން، އެދިޔާރު ކަށަވަރުކުރުމަށްފަހު، އެ ފަރާތްތަކަށް އަލުން ފޯމު ހުށަހަޅަން މަދުވެގެން 1 (އެކެއް) ހަފުތާގެ މުއްދެއް ދޭންވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ހުށަހެޅޭ ފޯމުތައް ކައުންސިލާއި ކޮންޓްރެކްޓަރު ކަށަވަރުކުރުމަށްފަހު، ފައިނަލް ލިސްޓުގެ ހުރިހާ ސަފުހާއެއްގައި ކައުންސިލް އިދާރާގެ އިސްވެރިޔަކު ސޮއިކޮށް، ނަން ލިޔެ، ކައުންސިލް އިދާރާގެ ތައްގަނޑު ޖެހުމަށްފަހު، ސިޓީއަކާއެކު މަށްރޫއުގެ އެދިޔާރަށް 1 (އެކެއް) ހަފުތާގެ ތެރޭގައި ރަސްމީކޮށް ހުށަހަޅަންވާނެއެވެ.

(ޅ) މި މާއްދާގެ (ބ) ގެ ދަށުން ކައުންސިލުން ހުށަހަޅާ ލިސްޓު، އެދިޔާރު ބެލުމަށްފަހު، ކައުންސިލް އިދާރާއަށާއި މަށްރޫއުގެ ކޮންޓްރެކްޓަރަށް ރަސްމީކޮށް ހިއްސާކުރަންވާނެއެވެ.

(ކ) މަށްރޫއުގެ މުއްދަތުގެ ތެރޭގައި އެ ރަށެއްގެ މަގުތަކުގައި ތާރު އެޅުމަށް ސަރުކާރުން ހަމަޖައްސައިފައިވާނަމަ، ތާރުއަޅާ މަގުތައް ހިމެނޭ ބްލޮކްތަކުގައިވާ ހުސްގޯތި ނުވަތަ އިމާރާތެއް ކުރަމުންދާ ތަންތަނަށް ކައިރި މުސްތަގުބަލެއްގައި ކަނެކްށަން ގުޅަންޖެހޭނެތޯ ބަލައި ކައުންސިލުން ކަށަވަރުކުރަންވާނެއެވެ. އަދި މި ތަންތަން ސަރވޭކޮށް، މަށްރޫއުގެ އެދިޔާރުގެ އިންޖީނިޔަރު ކަނޑައެޅޭ އަދަދަކަށް މަގު ހުރަސްކޮށް ކަނެކްށަން ޕޮއިންޓްތައް ބްލޮކްތަކަށް (ގޯތިތައް ހިމެނޭ ކޮށިތަކަށް) އަޅަންވާނެއެވެ. މިގޮތުން ތާރު އެޅުމަށް ކަނޑައަޅައި ފާސްކޮށްފައިވާ ޗާޓު، ރަސްމީކޮށް ލިޔުމަކުން، އެ މަށްރޫއެއް ހިންގާ  ސަރުކާރުގެ އިދާރާއިން  އެދިޔާރު ހޯދަންވާނެއެވެ.

 

14 ވަނަ މާއްދާ - ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއު ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއު ނިމުމުން ކަނެކްށަނުގެ ހިދުމަތަށް އެދުން

ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއު ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ މަސައްކަތްތައް ނިންމައި، އެ ނިޒާމުތައް ހިންގައި ބެލެހެއްޓުމަށް އޮޕަރޭޓިންގ ލައިސެންސެއްގެ ދަށުން ޔޫޓިލިޓީ ކުންފުންޏަކާ ހަވާލުކުރުމަށްފަހު، ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ހޯދަން އެދޭނީ، އެ ރަށެއްގައި ޔޫޓިލިޓީ ހިދުމަތް ދޭ ފަރާތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

15 ވަނަ މާއްދާ - ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ގުޅައި ނުދެވޭނެ ފަރާތްތައް

(ހ) މި ގަވާއިދުގެ 6 ވަނަ މާއްދާއާއި 7 ވަނަ މާއްދާގައި ފާހަގަކޮށްފައިވާ ގިންތިތަކުގައި ނުހިމެނޭ ތަންތަނަށް ފެން މީޓަރު ނުވަތަ ނަރުދަމާގެ ވައި-ކަނެކްށަން ނުވަތަ ލެޓެރަލް-ކަނެކްށަން، މަށްރޫއުން ހަރަދުކޮށްގެން ގުޅައެއް ނުދެވޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި އެގޮތަށް ބުނެފައި އޮތް ނަމަވެސް، ޔޫޓިލިޓީ ހިދުމަތްދޭ ފަރާތުން ކަނޑައަޅައިފައިވާ ގޮތުގެ މަތިން (ކަނޑައަޅައިފައިވާ ވަކި ފީއެއް އޮތްކަމަށްވާނަމަ އެ ފީއެއް ދައްކައިގެން) ފެނުގެ ހިދުމަތް ނުވަތަ ނަރުދަމާގެ ހިދުމަތް ހޯދުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

 

16 ވަނަ މާއްދާ – މާނަކުރުން

މި ގަވާއިދުގައި އިބާރާތް އޮތްގޮތުން އެހެން ގޮތަކަށް މާނަކުރަން ނުޖެހޭހައި ހިނދަކު، އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކުގެ މާނައަކީ އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

(ހ) "އެދިޔާރު" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ އަމަލީ މަސައްކަތް ތަންފީޒުކުރާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "މިނިސްޓްރީ" ކަމުގައި ބުނެފައި އެވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކާ ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުތަކާ ގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި، ފެނުގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތްތައް ހިންގާނެ ގޮތުގެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ހިދުމަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ނ) "ކަނެކްށަން" ކަމުގައި ބުނެފައި އެވަނީ، މަށްރޫއުގެ ދަށުން ގޭތެރޭގައި ބަހައްޓާ ފެން މީޓަރާއި ނަރުދަމާގެ ކެޗްޕިޓަށެވެ.

(ރ) "ކެޗްޕިޓް" ކަމުގައި ބުނެފައި އެވަނީ، ނަރުދަމާގެ ނިޒާމާއި ފާހާނާތަކާ ގުޅުމަށް އިމާރާތުގެ އިމުގެ ތެރޭގައި ބެހެއްޓޭ ޖަންކްށަން ވަޅަށެވެ.

(ބ) "ވައި-ކަނެކްށަން" ކަމުގައި ބުނެފައި އެވަނީ، ނަރުދަމާގެ މައިލައިނުން ކޮންމެ ގެއަކާ ދިމާއަށް ހުންނަ، "ވައި-ޖޮއިންޓަށް" ގުޅައިފައި ހުންނަ ލައިނަށެވެ.

(ޅ) "ލެޓަރަލް-ކަނެކްށަން" ކަމުގައި ބުނެފައި އެވަނީ، ފެނުގެ ނުވަތަ ނަރުދަމާގެ މައި ލައިނުން އިމާރާތަށް ނަގައިފައި ހުންނަ ކަނެކްށަން ލައިންތަކަށެވެ.

(ކ) "އިމާރާތް" ކަމުގައި ބުނެފައި އެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ހިމެނޭ ތަންތަނަށެވެ.

·         މީހުން ދިރިއުޅުމަށް އިމާރާތްކޮށްފައިވާ ކޮންމެ ގެއެއް.

·         އާންމު ހިދުމަތްދޭ ހޮޓާ، ކެފޭ، ރެސްޓޯރަންޓް.

·         ވިޔަފާރިތަކަށާއި، ސިނާއީ މަސައްކަތްކުރާ ކޮންމެ ތަނެއް.

·         ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، މިސްކިތްތަކާއި، ސިއްހީ ހިދުމަތްދޭ   ތަންތަނާއި، އިޖުތިމާއީ ބޭނުންތަކަށް ބޭނުންކުރާ ކޮންމެ ތަނެއް.

·         ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަށްރޫއުތައް ހިންގާ ތަންތަން.

(އ) "ކައުންސިލް" ކަމުގައި ބުނެފައި އެވަނީ، ރަށު ކައުންސިލާއި، ސިޓީ ކައުންސިލް ހިމެނޭ ގޮތަށެވެ.

(ވ) "ތަންފީޒީ އިދާރާ" ކަމުގައި ބުނެފައި އެވަނީ، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓްކުރާ ސަރުކާރުގެ އިދާރާއަށެވެ.  

(މ) "އިންފާރު" ކަމުގައި ބުނެފައި އެވަނީ، އިމާރާތުގެ ވަށާފާރު ނުވަތަ އިމާރާތުގެ އިން ވަކިކުރަން ރާނައިފައިވާ ފާރަށެވެ.

   

މައި ގާނޫނު

އާންމު ބޭނުންތަކުގެ ހިދުމަތާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/1996)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު