-

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތަލައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2015-183)

 

ގާނޫނު ނަންބަރު 2008-05 (ފުލުހުންގެ ގާނޫނު)ގެ 8 ވަނަ މާއްދާއާއި ހަވާލާދީ އެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2014-40 (ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމުގައި އަމަލަކުރާނެ ގޮތުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 05 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) އަންނަނިވި ގޮތަށް އިސްލާހް ކުރުމަށްފަހު، އެ މާއްސާއަށް (ރ) މި އަކުރު އިތުރު ކުރުން.

5. ނައްތާލުމަށް ނުވަތަ ނީލަންކިޔުމަށް ހުއްދަ ހޯދުން.
(ހ) މި ގަވާއިދުގެ ދަށުން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ކުރިން ނުވަތަ ހުއްދަ ގޮތުގައި ބޭނުންކުރެވިދާނެ އަގެއް ހުރި އެއްޗެއްގެ ގޮތުގައި ނީލަމުގައި ވިއްކާލުމަށް ނިންމާ އެއްޗެތި  ވިއްކާލުމުގެ ކުރިން އެއެއްޗެއް ނައްތާލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމުގެ ހުއްދައަށް އެދި އަމަލުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

  1. މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ ބަނގުރަލުގެ މައްސަލަތަކުގެ  ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން ނިންމާ  މައްސަލަތަކުގައި ހިމެނޭ ބަނގުރާ ނައްތާލުމުގެ ހުއްދައަށް އެދި ހުށަހަޅާީނ ޕްރޮސިކިއުޓަރ ޖެނެރަލް އަށެވެ.
  2. މިއަކުރުގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތް ފިޔަވައި އެހެން   ހާލަތް ތަކުގައި ބަނގުރާ ނައްތާުލުމުގެ ހުއްދައަށް އެދި ހުށަހަޅާނީ ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތަކަށެވެ.
  3. މިއަކުރުގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރުގައި ބަޔާންކުރާ ހާާލަތްތަކުގައިވެސް ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތާލުމާއި ނީލަންކިޔުމުގެ ހުއްދައަށް އެދި ހުށަހަޅާނީ ކޮމިށަނަރ އޮފް ޕޮލިސް ނުވަތަ ކޮމިށަނަރ އޮފް ޕޮލިސް ކަނޑައަޅާ ފަރާތަކަށެވެ.

(ށ) މި ގަވާއިދުގެ ދަށުން ނައްތާލަން ޖެހޭ އެއްޗެތި ނައްތާލުމަށްޓަކައި،  ނުވަތަ ވިއްކާލުމުގެ ހުއްދައަށް އެދި މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ހުށަހަޅާނީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުންެނެވެ.

(ނ) މި ގަވާއިދުގެ ދަށުން  ނައްތާލަންޖެހޭ އެއްޗެތި ނައްތާލުމަށް ނުވަތަ ނީލަންކިޔުމަށް ހުއްދަ އަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފޯމުންނެވެ.

(ރ) މި މާއްދާގެ (ހ)ގެ 2،1 އަދި 3 ގައިވާ ތަކެތި ނައްތާލުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކުރުމުގައި، މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ޅ) އަދި 16 ވަނަ މާއްދާގެ (ހ) ގައިވާ އިޖްރާއަތު ފުރިހަމަ ކުރަންވާނެއެވެ.

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 06 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) އަންނަނިވި ގޮތަށް އިސްލާހުކުރުމާއި އެކު، (ބ) ގެ ތިރިޔަށް (ޅ) މި އަކުރު އިތުރުކުރުން

6.(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރިޕޯޓް އެމައްސަލައެއް ބަލާ ޑިޕާޓްމަންޓް ނުވަތަ ޑިވިޒަނަށް ލިބޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ނުވަތަ މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ނިންމުން ނިންމާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ތަހުގީގު ކުރާ ޑިޕާޓްމެންޓުން (ޑިވިޒަންތަކުން ނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް މެދުވެރިކޮށް) އެތަކެތި ނައްތާލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމުގެ ހުއްދައަށް އެދި މި ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހަޅަން ވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން ނައްތާލަން ޖެހޭ ތަކެތި ނައްތާލުމުގެ ހުއްދަ ލިބޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނައްތާލަން ވާނެއެވެ.

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގެ ހުއްދައަށް އެދެންވާނީ، އިތުރު ތަހުލީލެއް ކުރަންޖެހިއްޖެ ހާލަތެއްގައި އެ ތަހްލީލެއް ކުރެވޭނެ މިންވަރަށް ސާމްޕަލެއް ރައްކާކުރުމަށް ފަހުގައެވެ.

(ޅ) މި މާއްދާގެ (ބ)ގެ ދަށުން އިތުރު ތަހުލީލެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ތަހުލީލެއް ކުރެވޭނެ މިންވަރަށް ރައްކާކުރެވޭ އެއްޗަކީ، ނުވަތަ ސާމްޕަލް އަކީ، އެ މައްސަލައެއްގެ ށަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ އާއި އެކު ނައްތާލެވޭނެ އެއްޗެއް ނުވަތަ ސާމްޕަލް އެކެވެ.

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހްކުރުން

15. (ޅ) ނައްތާލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ހޯދަން އެދުނު އޮފިސަރުގެ ރޭންކާއި ނަމާއި ސަރވިސް ނަންބަރު.

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހް ކުރުން.

16. (ހ) ތަކެތި ނައްތާލުމުގެ ހުއްދައަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލް އަށް ހުށަހަޅާ ލިޔުމަކީ މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޕޮލިސް އިންފޮމޭށަން މެނޭޖްމަންޓް ސިސްޓަމުން ޖެނެރޭޓް ކުރެވޭ ލިޔުމެކެވެ. އަދި އެލިޔުމުގެ ނަންބަރު ނަކަލުކުރާނީ އޮޓަމޭޓެޑް ޕްރޮސެސްއަކުންނެވެ.

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހްކުރުން.

17. (ހ) މައްސަލަތަކާ ގުޅިގެން ފުލުހުންގަ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާ ގުޅޭ އެއްޗެތި ނައްތާލުމަށް ނުވަތަ ނީލަމުގައި ވިއްކާލުމަށް  ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ހޯދުމާއި އެތަކެތި ނައްތާލުމުގައި ޑިޕާޓްމަންޓް/ޑިވިޒަންތަކުން އަމަލުކުރާނީ މިމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަންނަނިވި ގޮތަށް އިސްލާހްކުރުން

17. (ށ)

  1. މައްސަލައަކާ ގުޅިގެން ރާއްޖޭގެ ރަށަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާގުޅޭ ތަކެތި ނައްތާލުމަށް އެމައްސަލައެއް ތަހްގީގްކުރާ ޑިވިޒަނަކުން ނިންމައިފިނަމަ، އެމައްސަލައަކާގުޅޭ މައުލޫމާތު ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓަށް ފޮނުވައި އެޑިޕާޓްމަންޓުގެ ފަރާތުން ބަނގުރާ ނައްތާލުމުގެ ހުއްދަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހޯދުމަށްފަހު، އެމައްސަލައަކާގުޅޭ ބަނގުރަލާއި އެހެނިހެން ތަކެތި ހުރި ރަށެއްގެ ޑިވިޒަން ކޮމާންޑަރަށް އެ ހުއްދަ ފޮނުވުމުން މި ގަވާއިދުގައި ވާގޮތުގެމަތިން އެތަކެތި ނައްތާލާނީއެވެ.
  2. މާލެ ސިޓީގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހްގީގްކުރާ  މައްސަލަތަކުގައި އެ މައްސަލައެއް ތަހްގީގްކުރާ ފަރާތުން މައްސަލައާގުޅޭ ބަނގުރަލާއި އެނޫން އެއްޗެތި ނައްތާލުމަށް ނުވަތަ ނީލަންކިއުމަށް  ކަނޑައަޅައިފިނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހުއްދަ ހޯދުމަށްފަހު މައްސަލާގައި ހިމެނޭ ތަކެތި މި ގަވާއިދުގައި ވާގޮތުގެ މަތީން ނައްތާލަންޖެހޭ ތަކެތި ނައްތާލައި އަދި ނީލަން ކިޔަންޖެހޭ ތަކެތި ނީލަމުގައި ވިއްކާލާނީއެވެ.

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 21 ވަނަ މާއްދާ އުނިކުރުން.

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ޖަދުވަލު 1 ގައިވާ  ފޯމް މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ގޮތަށް އިސްލާހްކުރުން.

 

9 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 ----------------

 

ޖަދުވަލު 1

 

މައި ގަވާއިދު

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-40)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-40) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު