-

ޖުޑިށަލް ސަރިވިސް ކޮމިށަނުގެ ހިންގާ ގަވާއިދަށް 3 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2015-185)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2023-167 ގެ 70 ވަނަ މާއްދާއިން އުވާލެވިފައި)

 

1 ވަނަ މާއްދާ – ގަވާއިދުގެ 50 ވަނަ މާއްދާގެ (ހ) ތިރީގައިވާ ގޮތަށް އިސްލާހުކުރުން.

50. (ހ) ކޮމިށަނުގެ މަގާމުތަކަށް މީހުން ހޯދުމަށް ފުރަތަމަ އިއުލާނު ކުރަނީ މި ކޮމިށަނުގެ އެތެރޭގައި ކޮމިށަނުގެ މުވައްޒަފުންނަށެވެ. މިގޮތުން ކޮމިށަނުގެ އެތެރޭގައި މަގާމުތަކަށް އިއުލަނުކޮށް، ކޮމިށަނުން ކަނޑައަޅާ ކްރައިޓީރިއާ އާ އެއްގޮތަށް އެ މަގާމަށް އެކަށީގެންވާ މީހަކު ހުރިކަމަށް ކޮމިށަނަށް ފެނިއްޖެނަމަ އެ މަގާމު އެފަރާތަކަށް ދޭންވާނެއެވެ. އަދި އެފަދަ ފަރާތެއް ނެތްކަމަށް ކޮމިށަނުން ކަނޑައަޅައިފިނަމަ، އެ މަގާމުތަކަށް މީހުން ހޯދުމަށް އާއްމުކޮށް އިއުލާނު ކުރަންވާނެއެވެ. މި ގޮތުން ކުރާ އިއުލާނުތަކުގައި މަދުވެގެން ތިރީގައިވާ މައުލޫމާތުތައް ހުންނަންވާއެވެ.

  1. މަގާމުގެ ނަން
  2. ވަޒީފާ އަދާކުރަންޖެހޭ ތަން
  3. މަގާމުގެ ރޭންކާއި ށަރުތުތައް
  4. މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް
  5. މުސާރައާއި މުސާރައިގެ އިތުރަށް ދެވޭ އިނާޔަތްތައް
  6. ހުށަހަޅަންޖެހޭ ތަކެތި
  7. ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީހް

 

2 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޖުޑިށަލް ސަރވިސް ކޮމިށަނުގެ ހިންގާ ގަވާއިދު - 2011

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު