-

ވަޒީފާއަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސިން ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2011) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 187/2015)

 

1 ވަނަ މާއްދާ – ގަވާއިދުގެ 2 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

2. ކޯޓަށް ހޯދަން ނުޖެހޭ ދާއިރާތައް

(ޅ) ތިރީގައި ބަޔާންކޮށްފައިވާ ދާއިރާތައް ބިދޭސީން ގެނައުމަށްޓަކައި ކޯޓާ ހޯދާކަށް ނުޖެހޭނެއެވެ.

  1. ގެވެށި މަސައްކަތްތަކަށް ގެންނަ ބިދޭސީން

 

2 ވަނަ މާއްދާ – ގަވާއިދުގެ ޖަދުވަލު 1 (ކޯޓާ ނުދޭ ވަޒީފާތައް) އަންނަނިވި ފަދައިން އިސްލާހުކުރުން.

  1. ޓެކްސީ ޑްރައިވަރުން / ކުލީ ދަތުރުކުރާ ޕިކަޕް ލޮރީފަދަ އުޅަނދުގެ ޑްރައިވަރުން.
  2. މަތިންދާ ބޯޓު ފަހަރުގެ ކޯ-ޕައިލެޓުން / ފަސްޓް އޮފިސަރުން
  3. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކެޕްޓަނުން
  4. ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އިންޖިނޭރުން
  5. މަސްވެރިކަން ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގެ ފަޅުވެރިން
  6. ފިހާރަ، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގައި މަސައްކަތްކުރާ ކޭށިއަރ، ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތްތައް.
  7. ފޮޓޯގްރާފަރުންނާއި ފޮޓޯގްރާފީގެ މަސައްކަތްކުރާ ފަރާތްތައް.

 

3 ވަނަ މާއްދާ – ގަވާއިދަށް މި ގެނެވުނު އިސްލާހާ ގުޅިގެން، ގަވާއިދުގެ ނަންބަރުތައް ތަރުތީބުކުރުން.

 

4 ވަނަ މާއްދާ – ގަވާއިދުގެ 2 ވަނަ މާއްދާގެ (ޅ) އަށް ގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2016 އިން ފެށިގެންނެވެ.

 

5 ވަނަ މާއްދާ – މި ގަވާއިދަށް ގެނެވުނު އެހެން އިސްލާހުތަކަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

6 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން، ގަވާއިދު ނަންބަރު 1/2015 (ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު އުވުނީއެވެ.

 

މައި ގަވާއިދު

 ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސިން ގެނައުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 22/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު