-

ށަރުތުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-27) އަށް 2 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 2018-129)

(ގަވާއިދު ނަންބަރު 2014-27 ވަނީ ގަވާއިދު ނަންބަރު 2022-133 އިން އުވާލޭވިފައި)

 

1 ވަނަ މާއްދާ - ށަރުތުތަކުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

6. (ހ) ރިހެބިލިޓޭށަން އަމުރުގެ މުއްދަތުގައި އިތުރު ކުށެއް ކޮށްފިނަމަ، އެމީހަކު ފަރުވާއިން ވަކިކުރުން.

 

2 ވަނަ މާއްދާ - ށަރުތުތަކުގެ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9.(ހ) "އިތުރު ކުށެއް ކުރުން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި، ތަހުގީގުކުރާ އިދާރާއަކުން، މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާ ހުށަހެޅުމަށެވެ. 

 

މި އިސްލާހަށް އަމަލުކުރަން ފަށާނެ ތާރީހަކީ، 1 ޖަނަވަރީ 2019 އެވެ

 

މައި ގަވާއިދު

ށަރުތުތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-27)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ށަރުތުތަކުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ގަވާއިދު) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-27)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު