-

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު 131/2018)

 

1 ވަނަ މާއްދާ - މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އުވައިލައި، އެ މާއްދާގެ (ހ) އަކީ 4 ކަމުގައި ހަމަޖެއްސުން.

 

2 ވަނަ މާއްދާ - މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ކ) އަންނަނިވި ގޮތަށް އިޞްލާ ޙުކުރުން.

މި މާއްދާގެ (ޅ) ގައި ވާގޮތަށް މުރާޖަޢާކޮށް ގޮތެއް ނިންމުން ކަމުގައި ބުނެފައި އެވަނީ، ތިމާވެށީ ގޮތުން ނިންމި ގޮތުގެ ލިޔުން ދޫކުރުމަށް ނުވަތަ ރިޕޯޓު މުރާޖަޢާކުރުމަށްފަހު އިތުރު މަޢުލޫމާތު ހުށަހެޅުމަށް ފޮނުވުމަށެވެ.

 

3 ވަނަ މާއްދާ -  މި ގަވާއިދުގެ ޖަދުވަލު (ރ) އަށް އަންނަނިވި ކަންކަން އިތުރުކޮށް، އެ ޖަދުވަލުގެ ނަންބަރު ތަރުތީބުކުރުން.

36 .ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުން.

37 .ޓޫރިސްޓް ހޮޓާ ތަރައްޤީކުރުން.

 

4 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން  ފެށިގެންނެވެ.

 

މައި ގަވާއިދު

ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 27/2012) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު