-

ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އިން ގާނޫނީ އެ ހީތެރިކަން ހިލޭ ފޯރުކޮށްދިނުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2019-1001)

(މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 2022-200 އިން އުވާލެވިފައި)

ފުރަތަމަ ބާބު

ތައާރަފާއި ފެށުން

 

1 ވަނަ މާއްދާ - ތައާރަ ފާއި ނަން

(ހ) މި ގަވާއިދަކީ "ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އިން ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމާބެހޭ ގަވާއިދު" އެވެ.

(ށ) މި ގަވާއިދު އެކުލަވައިލައިފައިވަނީ ގާނޫނު ނަންބަރު 6/2006 "ހިއުމަން ރައިޓްސް ކޮމިށަނު ގެ ގާނޫނު" ގެ 31 ވަނަ މާއްދާގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނަށް ލިބިދޭ ބާރުގެ ދަށުންނެ ވެ. 

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ. އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގު ކޮ ންމެ މީހަކަށްމެ ލިބުމުގެ ފުރުސަތު އިތުރުކޮށްދިނުން.

(ށ) ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު ނަންބަރު 9/1991 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) އާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ތެރެއިން ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާ (CRC) އަށް ރިއާޔަތްކޮށް، ކުޑަކު ދިންނަށް ގާނޫނީ އެހީތެރިކަން ހިލޭ ލިބޭނެ މަގު ތަނަވަސްކޮށްދިނުން.

(ނ) ގާނޫނު ނަންބަރު 18/2016 (ޖެންޑަރ އީކުއަލިޓީ ގާ ނޫނު) އާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ތެރެއިން އަންހެނުންނާމެދު ކުރެވޭ އެންމެހައި ތަފާތު ކުރުންތައް ނެއްތައިލުމުގެ މުއާހަދާ (CEDAW) އަށް ރިއާޔަތްކޮށް، އެކި ބާވަތުގެ އަނިޔާއާއި ތަފާތުކުރުންތައް ކުރިމަތިވާ އަންހެނުންނަށް ގާނޫނީ އެހީތެރިކަން ހިލޭ ލިބޭނެ ފުރުސަތުތައް އިތުރުކޮށްދިނުން.

(ރ) ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ) އާއި ގާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ދިނުމުގެ ގާނޫނު) އާއި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކާބެހޭ މުއާހަދާއަށް ރިއާޔަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ގާނޫނީ އެހީތެރިކަން ހިލޭ ލިބޭނެ ފުރުސަތުތައް އިތުރުކޮށްދިނުން.

(ބ) ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، އުމުރުން ދުވަސްވީ މީހުންނަށް ގާ ނޫނީ އެހީތެރިކަން ހިލޭ ލިބޭނެ ފުރުސަތުތައް އިތުރުކޮށްދިނުން.

(ޅ) ގާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ގާނޫނީ ވަކީލެއް އެހީ ހޯދައި ލިބިގަތުމު ގެ ހައްގު ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ލިބިދިނުމުގެ ގޮތުން، އެ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ހިލޭ ލިބޭނެ މަގުފަހިކޮށްދިނުން. 

 

3 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިށަނުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ މައްސަލަތައް

މި ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަގްސަދުތައް ހާސިލުކުރުމުގެ ގޮތުން، މި ގަވާއިދުގެ ދަށުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވޭނީ އަންނަނިވި މައްސަލަތަ ކުގައެ ވެ. އަ ދި މި ގަވާއިދުގެ ދަށުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ މައްސަލަތައް ކަނޑައެޅުމުގައި މި ގަވާއިދުގެ 2 ވަނަ މާއްދާގެ (ށ) އާއި (ނ) އާއި (ރ) އާއި (ބ) އާއި (ޅ) ގައި ބަޔާންކޮށްފައިވާ ހާއްސަ ރައްކައުތެރިކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ މައްސަލަތަކަށް އިސްކަން ދެވޭނެއެވެ.

(ހ) މަދަނީ މައްސަލަތައް.

(ށ) 18 (އަށާރަ) އަހަރާއި 20 (ވިހި) އަހަރާ ދެމެދުގެ އުމުރުފުރައަކީ ކުޑަކުދިންގެ ގޮތުގައި ތިބުމަށްފަހު، ގާނޫނީގޮތުން ބޮޑެތި މީހުން ކަމުގައި ބަލާ އުމުރު ހަމަވެ، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ އުމުރުފުރައެއްކަމަށް ބަލައި، މި އުމުރުފުރައިގެ މީހުންނަށް ގާނޫނީގޮ ތުން ބޭނުންވާ އެހީތެރިކަ ން ފޯރުކޮށްދިނުމުގެ ގޮތުން އުމުރުން 20 (ވިހި) އަހަރު ނުފުރޭ ފަރާތަކަށް 1 (އެކެއް) އަހަރުދުވަހަށް ވުރެ ކުރު މުއްދަތެއްގެ ހުކުމެއް ކަނޑައެޅޭ ޖިނާއީ މައްސަލަތައް.

(ނ) ކޮމިށަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ށަރީއަތް މެދުވެރިކޮށް ކުރިއަށްގެން ދިޔުމަށް ފެންނަ މައްސަލަތައް.

(ރ) މައްސަލައިގެ ބާވަތާއި ހާލަތަށް ރިއާޔަތްކުރާއިރު، އަވަހަށް ފިޔަވަޅު އަޅަންޖެހޭކަމަށް ފެންނަ މައްސަލަތައް. މިގޮތަށް ކަނޑައެޅުމުގައި، ކޮމިށަނުން އެކުލަވައިލައިފައިވާ، ކޮމިށަނަށް ހުށަހެޅޭ މައްސަލަތައް ގިން ތިކޮށް އެ މައްސަލަތައް އަވަހަށް ބެލުމުގައި ގެންގުޅޭނެ އުސޫލަ ށް ރިއާޔަތްކުރެވެނޭއެވެ.

 

4 ވަނަ މާއްދާ - ގާނޫނީ އެހީތެރިކަމަށް އެދި ހުށަހަޅާ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގައި ރިއާޔަތްކުރާނެ ކަންކަން

މި ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ގާނޫނީ އެހީ ތެރިކަން ބޭނުންވާ ފަރާތްތަ ކަށް އިސްކަންދިނުމުގެ ގޮތުން މި ގަވާއިދުގެ ދަށުން ގާނޫނީ އެހީތެރިކަން ހޯދުމަށް އެދޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރެވޭނެއެވެ.

(ހ) މުސާރައިގެ ގޮތުގައި 10،000 (ދިހަ ހާސް) ރުފިޔާއަށްވުރެ މަދުން ލިބޭ ފަރާތެއް.

(ށ) ދައުލަތުގެ އެހެން އެއްވެސް މުއައްސަސާއަކުން ނުވަތަ އެހެން ފަރާތަކުންވެސް ގާނޫނީ އެހީތެރިކަ ން  ހިލޭ ލިބޭ ފަރާތެއްކަމުގައި ނުވުން.

 

5 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިށަނުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް

މި ގަވާއި ދުގެ ދަށުން ހިއުމަން ރައިޓްސް ކޮމިށަނުން ފޯރުކޮށްދޭނީ، ގާނޫނީ އެހީތެރިކަމުގެ ހިދުމަތްތަކުގެ ތެރެއިން އަންނަނިވި ހިދުމަތްތަކެވެ.

(ހ) ގާނޫނީ ލަފާދިނުން.

(ށ) ކޯޓުތަކުގައި ތަމްސީލުކޮށްދިނުން.

(ނ) ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްދިނުމަށް އެހީތެރިވެދިނުން. 

 

6 ވަނަ މާއްދާ - ކޯޓުތަކުގައި ވަކާލާތުކޮށްދިނުމަށް ނިންމުމުގައި ރިއާޔަތްކުރާނެ ކަންކަން

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) ގައްޔާއި 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓުތަކުގައި ވަކާލާތުކޮށްދިނުމަށް ކޮމިށަނުން ނިންމާނީ އަންނަނިވި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައެވެ.

(ހ) މައްސަލައިގެ ހާއްސަ ހާލަތްތައް (މާލީ ނުވަތަ އިޖުތިމާއީ ނުވަތަ އިގްތިސާދީ ހުރަސްތައް).

(ށ) އެ މައްސަލައިގެ ބާވަތުން ނުވަތަ އެހެންވެސް ސަބަބަކާހުރެ، ގާނޫނީ އެހީތެރިކަމަށް އެދި އެ ހުށަހަޅާ ފަރާތަށް އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަމާނުލައި ކުރިއަށް ނުގެންދެވޭނެ ފަދަ މައްސަލައަކަށް ވުން.

 

ދެވަނަ ބާބު

ގާނޫނީ އެހީތެރިކަން ހޯދުމަށް އެދުމާއި، އެކަން ހަމަޖައްސަ އި ދިނުން 

 

7 ވަނަ މާއްދާ - ގާނޫނީ އެހީތެރިކަން ހޯދަން އެދޭނެ ގޮތް

މި ގަވާއިދުގެ ދަށުން ގާނޫނީ އެހީތެރިކަން ހޯދަން އެދޭ ފަރާތްތަކުން މި ގަވާއިދު ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯމު ހުށަހެޅުމުން، ގިނަވެގެން 5) ފަހެއް) ދުވަހުގެ ތެރޭގައި މި ކޮމިށަނުގެ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުން އެ ފަރާތާ ބައްދަލުކޮށް، މި ގަ ވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ. 

(ށ) ގާނޫނީ އެހީތެރިކަން ހޯދަން އެދޭ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމަށް ހާޒިރުވާއިރު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ގެންނަންވާނެއެވެ.  

 

8 ވަނަ މާއްދާ - ގާނޫނީ އެހީތެރިކަން ހޯދަން އެދި ފޯމު ހުށަހެޅުމުން، އެކަމަށް އެދޭ ފަރާތާ ބައްދަލުކުރުމަށްފަހު ފުރިހަމަކުރާ ޗެކްލިސްޓް 

(ހ) މި ގަވާއިދުގެ ދަށުން ގާނޫނީ އެހީތެރިކަން ހޯދަން އެދޭ ފަރާތްތަކުން މި ގަވާއިދު ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޯމު ހުށަހެޅުމުން، ގިނަވެގެން 5) ފަހެއް) ދުވަހުގެ ތެރޭގައި މި ކޮމިށަނުގެ ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓުން އެ ފަރާތާ ބައްދަލުކޮށް، މި ގަ ވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.

(ށ) ގާނޫނީ އެހީތެރިކަން ހޯދަން އެދޭ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމަށް ހާޒިރުވާއިރު، މި ގަވާއިދުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ގެންނަންވާނެއެވެ.  

 

9 ވަނަ މާއްދާ - ގާނޫނީ އެހީތެރިކަން ހޯދުމަށް އެދި ހުށަހެޅޭ ފޯމުތަކާމެދު އަމަލުކުރަންވީ ގޮތް

މި ގަވާއިދުގެ ދަށުން ގާނޫނީ އެހީތެރިކަން ހިލޭ ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ލިބޭތާ ގިނަވެގެން 5) ފަނަރަ) ދުވަހުގެ ތެރޭގައި، ކޮމިށަނުން ގޮތެއް ނިންމައި، އެ މައްސަލައިގައި ގާނޫނީ އެހީތެރިކަމުގެ ހިދުމަތް ފޯރުކޮށްދެވޭކަން ނުވަތަ ނޫންކަން، ފޯމު ހުށަހެޅި ފަރާތަށް ސަބަބާއެކު ލިޔުމުން އަންގައި، ހިދުމަތްދޭން ފަށަންވާނެއެވެ. 

 

10 ވަނަ މާއްދާ - ގާނޫނީ ލަފާ ދިނުމުގެ ހިދުމަތާއި، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްދިނުމުގެ ހިދުމަތުގައި ވަކީލުންނާއި ލީގަލް އޮފިސަރުން ހަރަކާތްތެރިވުން

މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގާނޫނީ ލަފާދިނުމުގެ ހި ދުމަތާއި (ނ) ގައި ބަޔާންކޮށްފައިވާ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްދިނުމުގެ ހިދުމަތް ފޯރު ކޮށްދިނުމުގައި ގާނޫނީ ވަކީލުންނާއި ކޮމިށަނުގެ ލީގަލް އޮފިސަރުން ހަރަކާތްތެރިވާނެއެވެ.  

 

ތިންވަނަ ބާބު

ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގެ ޒިންމާތައް

 

11 ވަނަ މާއްދާ - ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްގެ ޒިންމާތައް 

މި ގަވާއިދުގެ ދަށުން ގާނޫނީ އެހީތެރިކަން ހިލޭ ހޯދުމަށް އެދޭ ފަރާތްތަކަށް މި ގަވާއި ދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގާނޫނީ އެހީތެރިކަން ހަމަޖައްސައިދިނުމުގެ ގޮތުން އަންނަނިވި ކަންކަން ހިއުމަން ރައިޓްސް ކޮމިށަނުން ކުރަންވާނެއެވެ.

(ހ) ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމުގެ ކަންކަން އެކަށީގެންވާ އަވަސް މިނެއްގައި ކު ރިޔަށް ގެންދިޔުމަށް މަސައްކަތްކުރުން.

(ށ) ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމުގައި ކޮމިށަނުން އަމަލުކުރާ އުސޫލުތައް ފަސޭހައިން އެނގޭނެހެން އާންމުކުރުން.

(ނ) މަސްލަހަތު ފުށުއެރުމުގެ ސަބަބުން ގާނޫނީ ވަކީލަކު ނުވަތަ ލީގަލް އޮފިސަރަކު ތަނާޒުލް ވާ ހާލަ ތުގައި ނުވަތަ މަސްލަހަތު ފުށުއެރުމުގެ ސަބަބުން ހިދުމަތް ފޯރުކޮށްދޭ ފަރާތް ބަދަލުކޮށް ދިނުމަށް ގާނޫ ނީ އެހީތެރިކަން ލިބޭ ފަރާތުން ހުށަހަޅާ ހާލަތުގައި މި ގަވާއި ދުގައިވާ ގޮތުގެމަތިން އެ ގާ ނޫނީ ވަ ކީލުގެ ނުވަތަ ލީގަލް އޮފިސަރެއްގެ ބަދަލުގައި އެހެން ގާނޫނީ ވަކީލަކު ނުވަތަ ލީގަލް އޮފިސަރަ ކު ހަމަޖައްސައިދިނުން.

(ރ) މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޔަނުކުރެވޭ ގާނޫނީ ވަކީލަކު ނުވަތަ ލީގަލް އޮފިސަރުން އެ ފަރާތްތަކުގެ މަސް އޫލިއްޔަތު އަދާކުރަނީ އެކަށީގެންވާ ފަރުވާތެރިކަމާއެކު އެންމެހައި ނުފޫޒުން އެއްކިބާވެގެންކަން ކަށަވަރުކުރުމަށްޓަކައި، ވަކީލުންނާއި ލީގަލް އޮފިސަރުން އަމަލުކު ރަންޖެހޭ އަސާސީ ސުލޫކީ މިންގަނޑާއި ފަންނީ މިންގަނޑެއް އެކުލަވައި ލައި، އެ ފަރާތްތަކުން މި މިންގަޑުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުން.

 

12 ވަނަ މާއްދާ - ގާނޫނީ އެހީތެރިކަން ދިނުން ހުއްޓައިލެވިދާނެ ހާލަތްތައް

މި ގަވާއިދުގެ ދަށުން ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދެވޭ މީހާއަށް ދެވޭ ގާނޫނީ އެހީތެރިކަން އަންނަނިވި ހާލަތްތަކުގައި ހުއްޓައިލުމުގެ އިހްތިޔާރު ހިއުމަން ރައިޓްސް ކޮމިށަނަ ށް ލިބިގެން ވެއެވެ.

(ހ) ގާނޫނީ އެހީތެރިކަން ހޯދުމަށް އެދި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި ވާ ފޯމު މެދުވެރިކޮށް ހުށަހަޅައިފައިވާ މައުލޫމާތަކީ ސައްހަނޫން މައުލޫމާތެއް ކަމުގައި އެއްވެސް ހިސާބަކުން ހިއުމަން ރައިޓްސް ކޮމިށަނަށް އެނގުން.

(ށ) ގާނޫނީ އެހީތެރިކަން ލިބޭ މީހާ، ގާނޫނީ ވަކީލަށް ނުވަތަ ލީގަލް އޮފިސަރަށް ބިރުދެއްކުން ނުވަތަ އަނިޔާކުރުން ފަދަ ޖިނާއީ ތަހުމަތެއް ކުރެވޭފަދަ އަމަލެއް ހިންގުން.

(ނ) ގާނޫނީ އެހީތެރިކަން ލިބިގަތުމަށް ޓަކައި ފުރިހަމަވާންޖެހޭ ށަރުތެއް، ގާނޫނީ އެހީތެރިކަމަށް އެ ދޭ މީހާގެ ކިބައިން އުނިވުން.

(ރ) މި ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނީ އެހީތެރިކަން ހޯދަން އެދޭ ފަރާތުގެ ޒިންމާތައް އަދާނުކުރުން.

 

ހަތަރުވަނަ ބާބު

ގާނޫނީ އެހީތެރިކަ ން ހޯދަން އެދޭ ފަރާތުގެ ޒިންމާތައް 

 

13 ވަނަ މާއްދާ - ގާނޫނީ އެހީތެރިކަން ހޯދަން އެދޭ ފަރާތުގެ ޒިންމާތައް

މި ގަވާއިދުގެ ދަށުން ކޮމިށަނުގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ފަރާތު ގެ ޒިންމާތައް، ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) މި ގަވާއިދު ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅާ ފޯމުގައިވާ މައުލޫމާތު ފުރިހަމަކުރެވިފައިވާކަމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހެޅިފައިވާކަން ކަށަވަރުކުރުން.

(ށ) މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުށަހަޅާ ފޯމުގައިވާ މައު ލޫމާތަކީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރުން.

(ނ) ހިއުމަން ރައިޓްސް ކޮމިށަނުގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ފޯމު ހުށަހަޅައިފައިވަނިކޮށް، އެމީހެއްގެ ހާލަތު ބަދަލުވެއްޖެނަމަ، އެކަން ލަސްނުކޮށް ހިއުމަން ރައިޓްސް ކޮމިށަނަށް ހުށަހެޅުން.

(ރ) ހިއުމަން ރައިޓްސް ކޮމިށަނުގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ގާނޫނީ ވަކީލުންނާއި މުވައްޒަފުންނަށް އެއްބާރުލުންދީ، ދެ ފަރާތުގެ ދެމެދުގައި ރަނގަޅު ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރުން.

 

ފަސްވަނަ ބާބު

އެހެނިހެން

14 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ކޮމިށަނުން މި ގަވާއިދު ފާސްކޮށް ، ދިވެހިސަރުކާރުގެ ގެޒެޓު ގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

 

15 ވަނަ މާއްދާ - ޖަދުވަލަކީ ގަވާއިދުގެ ބައެއްކަމުގައި ކަނޑައެޅުން

(މ) ގަވާއިދާ އެކުގައިވާ ޖަދުވަލު 1 އާއި ޖަދުވަލު 2 އަކީ މި ގަވާއިދުގެ ބައެކެވެ. 

 

16 ވަނަ މާއްދާ - އުވައިލެވޭ ގަވާއިދު

މި ގަވާއިދަށް އަމަލުކުރަން ފެށުމުން، މި ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކޮށް މި ކޮމިށަނުން މީގެ ކުރިން އަމަލުކުރަމުން އައި "ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އިން ހިލޭ ގާނޫނީ އެހީ ދިނުމާބެހޭ ގަވާއިދު" އުވުނީއެވެ.  

 

17 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، އަންނަނިވި ލަފުޒުތަ ކާއި އިބާރާތްތަކަށް ދީފައިވަނީ، އެ ލަޒުފުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "ކޮމިށަން" ނުވަތަ "ހިއުމަން ރައިޓްސް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 189 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސްއަށެވެ.

(ށ) "ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 1991-09 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނުގައި) ކުޑަކުދިން މާނަކޮށްދީފައިވާ ގޮތަށެވެ.

(ނ) "އެކި ބާވަތުގެ އަނިޔާއާއި ތަފާތުކުރުންތައް ދިމާވާ އަންހެނުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-18 (ޖެންޑަރ އީކުއަލިޓީ ގާނޫނު) ގައި، ޖެންޑަރއަށް ބަލައި ތަފާތުކުރުމާއި،އަންހެނަކަށްވީތީ ކުރާ އަނިޔާގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ބަޔާންކޮށްފައި ވާ ކަންކަމަށެ ވެ.

(ރ) "ނުކުޅެދުންތެރިކަން ހުންނަ މީހުން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ދިނުމު ގެ ގާނޫނު) ގައި، ނުކުޅެދުންތެރިކަން ހުންނަ މީހުން މާނަކޮށްދީފައިވާ ގޮތަށެވެ.

(ބ) "އުމުރުން ދުވަސްވީ މީހުން" މާނަކޮށްފައިވަނީ، ގާނޫނު ނަންބަރު 2010-08 (ދިވެހިރާއްޖޭގެ ޕެންށަން ގާނޫނު) ގައި، "ޕެންށަން އުމުރު" މާނަކޮށްފައިވާގޮތަށް 65 (ފަސްދޮޅަސް ފަހެއް) އަހަރުން ފެށިގެން މަތީގެ މީހުންނަށެވެ.

(ޅ) "1 އަހަރަށްވުރެ ކުރު ހުކުމެއް ކަނޑައެޅޭ ޖިނާއީ މައްސަލަތައް" ކަނޑައެޅުމުގައި ގާނޫނު ނަންބަރު 2014-09 (ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތު) ގައި ބަޔާންކޮށްފައިވާ އަދަބުގެ މިންވަރު ބަ ޔާންކޮށްދޭ ތާވަލަށް ރިއާޔަތްކުރެވޭނެއެވެ.

(ކ) "ގާނޫނީ ވަކީލު" ނުވަތަ "ގާނޫނީ ވަކީލުން" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖޭގެ ށަރުއީ ކޯޓުތަކު ގައި ވަކާލާތުގެ ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންނަށެވެ.

(އ) "ލީގަލް އޮފިސަރުން" ކަމަށް ބުނެފައިވަނީ، ހިއުމަން ރައިޓްސް ކޮމިށަނުގައި މަސައްކަތްކުރާ، ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ލީގަލް އޮފިސަރުންނަށެވެ. 

 

އުވި ގަވާއިދު

ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް އިން ގާނޫނީ އެ ހީތެރިކަން ހިލޭ ފޯރުކޮށްދިނުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2019-1001) އުވައިލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-200)

 

މައި ގާނޫނު

ހިޔުމަން ރައިޓްސް ކޮމިށަނުގެ ގާނޫނު (ގާނޫނު ނަންބަރު 2006-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު