-

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓު ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 34/2012)

އަށް 2 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 4/2016) 

 

1 ވަނަ މާއްދާ - މުދާ އެކްސްޕޯޓް ކުރުމާއި، އިންޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ ޖަދުވަލު 3 ގައި، "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް" މިގޮތަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއް، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އިބާރާތް ބަދަލު ކުރުން. "މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގަރިކަރލްޗަރ"

 

2 ވަނަ މާއްދާ - މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ ޖަދުވަލު 4 ގައި، "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް" މިގޮތަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއް، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އިބާރާތް ބަދަލު ކުރުން. "މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގަރިކަލްޗަރ"

 

3 ވަނަ މާއްދާ - މުދާ އެކްސްޕޯތް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ ޖަދުވަލު 5 ގައި، "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް" މިގޮތަށް ބަޔާންކޮށްފައިވާ ކޮންމެ ތަނެއް، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އިބާރާތް ބަދަލު ކުރުން. "މިނިސްޓްރީ އޮފް ފިށަރީޒް އެންޑް އެގްރިކަލްޗަރ"

 

4 ވަނަ މާއްދާ - މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ޅ)، (ކ) އަދި (އ) އަންނަނިވި ގޮތަށް އިސްލާހުކޮށް، އިތުރު އަކުރުތަކެއްގެ ގޮތުގައި (ވ) އަދި (މ) އިތުރުކުރުން.

(ޅ) ފަސިންޖަރުން އުފުލުމަށް ހާއްސަކޮށްގެން އުފައްދާފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން، ކެބިން ގާއިމުކުރެވިފައިވާ އުޅަނދުފަހަރު؛ މިފަދަ އުޅަނދުފަހަރުގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުޅަނދަކީ ރާއްޖެއަށް އެތެރެކުރާއިރު، އުޅަނދު ބަނދެފައިވާ ތާރީހުން ފެށިގެން 10 އަހަރު ނުވާ އުޅަނދަކަށް ވުން؛
  2. 25 މީޓަރަށްވުރެ ދަށް އުޅަނދެއްނަމަ، 6 ކެބިނަށް ވުރެ އިތުރު ނުވުން؛
  3. ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ގެންނަ އުޅަނދެއްކަން ބަޔާންކޮށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ލިޔުމެއް ދޫކޮށްފައިވަ އުޅަނދަކަށް ވުން؛
  4. އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީއަކުން ކްލެސިފައިކޮށް، ކްލާސް ސެޓްފިކެޓް ލިބިފައިވާ އުޅަނދަކަށް ވުން؛

 

(ކ) ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް އުފައްދާފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން، ކެބިން ގާއިމުކުރެވިފައި ނުހުންނަ އުޅަނދުފަހަރު؛ މިފަދަ އުޅަނދުފަހަރުގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުޅަނދަކީ ރާއްޖެއަށް އެތެރެކުރާއިރު، އުޅަނދު ބަނދެފައިވާ ތާރީހުން ފެށިގެން 10 އަހަރު ނުވާ އުޅަނދަކަށް ވުން؛
  2. ފަތުރުވެރުކަމުގެ ބޭނުމަށް ނުވަތަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ނުވަތަ ފަތުރުވެރިން ބޭނުންކުރުމަށް ގެންނަ އުޅަނދެއްކަން ބަޔާންކޮށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ލިޔުމެއް ލިޔުމެއް ދޫކޮށްފައިވާ އުޅަނދަކަށް ވުން؛
  3. އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީއަކުން ކްލެސިފައިކޮށް، ކްލާސް ސެޓްފިކެޓް ލިބިފައިވާ އުޅަނދަކަށް ވުން؛

 

(އ) ފަތުރުވެރިކަމުގެ ބޭނުމަށް ގެންނަ ސަބްމެރިން؛ މި ފަދަ އުޅަނދުފަހަރުގައި ތިރީގައިވާ ށަރުތުތައް ފުރިހަމަވާންވާނެއެވެ.

  1. އުޅަނދަކީ ރާއްޖެއަށް އެތެރެކުރާއިރު، އުޅަނދު ބަނދެފައިވާ ތާރީހުން ފެށިގެން 10 އަހަރު ނުވާ އުޅަނދަކަށް ވުން؛
  2. ފަތުރުވެރިކަމުގެ ބޭނުމަށް ނުވަތަ ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ނުވަތަ ފަތުރުވެރިން ބޭނުންކުރުމަށް ގެންނަ އުޅަނދެއްކަން ބަޔަންކޮށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ލިޔުމެއް ދޫކޮށްފައިވާ އުޅަނދަކަށް ވުން؛
  3. އިންޓަރނޭށަނަލް އެސޯސިއޭށަން އޮފް ކްލެސިފިކޭށަން ސޮސައިޓީއަކުން ކްލެސިފައިކޮށް، ކްލާސް ސެޓްފިކެޓް ލިބިފައިވާ އުޅަނދަކަށް ވުން؛

 

(ވ) މި މާއްދާގެ (ޅ)، (ކ) އަދި (އ) މި ތިން އަކުރުގައި ބަޔާންކޮށްފައިވާ ލިޔުން ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހޯދުމަށްޓަކައި، އެ ވުޒާރާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އެ ލިޔެކިޔުންތައް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅައި ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރަންވާނެއެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދުގެ 30 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުތައް ފިޔަވައި، އެހެނިހެން އިސްލަހުތަކަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެތުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. މި ގަވާއިދުގެ 30 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުކުރާ ދުވަހުން ފެށިގެން 1 މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 34/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު