-

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރ 8/2017) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 49/2017)

(މި ގަވާއިދު ވަނީ ގަވާއިދުގެ ނަންބަރު 2022-135 ގެ 22 ވަނަ މާއްދާއިން އުވާލެވިފައި)

1 ވަނަ މާއްދާ - 1 .ބުނެވިދިޔަ ގަވާއިދުގެ 3 ވަނަ މާއްދާގެ (ށ) އަންނަނިވިގޮތަށް އިސްލާހުކުރުން.

އަމަލުކުރަން ފެށުން 3. 

(ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، މި ގަވާއިދުގެ 11 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، 1 ޖޫން 2017 ދުވަހުން ފެށިގެންނެވެ. އަދި މި ގަވާއިދުގެ 9 ވަނަ މާއްދާއަށް އަމަލުކުރަން ފަށާނީ، 1 އޮގަސްޓު 2017 ދުވަހުން ފެށިގެންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 8/2017) 

 

އުވި ގަވާއިދު

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2022-135)

ކޮންސޮލިޑޭޓެޑް ގަވާއިދު

އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2017-08)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު