-

ބިޒްނަސް ވިޒާ ދޫކުރުމާބެހޭ ގަވާއިދު

(ގަވާއިދު ނަންބަރު 2017-42)

 

1 ވަނަ މާއްދާ - ތައާރުފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނު) ގެ 13 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ ގަވާއިދެކެވެ.

(ށ) ބިޒްނަސް ވީޒާއަކީ، ދިވެހި ސަރުކާރުގެ ކަމާބެހޭ ދާއިރާއެއްގެ ހުއްދަ ލިބިގެން، އެ ދާއިރާއަކުންގަބޫލުކުރާ ވިޔަފާރިއެއް ކުރުމަށްޓަކައި ނުވަތަ މަސައްކަތެއް ކުރުމަށްޓަކައި، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް އަންނަ ބިދޭސީއަކަށް ވަކި މުއްދަތަކަށް ރާއްޖޭގަ ިއހުރުމަށް ދެވޭ ހުއްދައެކެވެ.

(ނ) މި ގަވާއިދަށް ކިޔާނީ، "ބިޒްނަސް ވީޒާ ދޫކުރުމާބެހޭ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދުގެ މަގްސަދަކީ، ބިޒްނަސް ވީޒާ ދޫކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި، ވީޒާއާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

 

3 ވަނަ މާއްދާ - ބިޒްނަސް ވީޒާ ދޫކުރެވިދާނެ ފަރާތްތައް

މި ގަވާއިދުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބިދޭސީއަކަށް ބިޒްނަސް ވީޒާ ދޫކުރެވޭނީ، އެ ބިދޭސީއަކީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތަކާ ގުޅިގެން ދިވެހިރާއްޖެއަށް ވިޔަފާރިއެއް ނުވަތަމަސައްކަތެއްކުރުމަށް ކުރު މުއްދަތުތަކަށް އަންނަ ބިދޭ ީސއެއް ކަމަށްވާނަމައެވެ.

(ހ) ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް.

(ށ) ސަރުކާރުގައި ރަޖިސްޓަރީކޮށްގެން ކިޔަވައިދޭ ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތަކާއި، ކިޔަވައިދޭ އަމިއްލަ ތަންތަނާއި، އެކިއެކި ކޯސް ހިންގާ ފަރާތްތައް.

(ނ) ސަރުކާރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނި، ކްލަބް، ޖަމްއިއްޔާތައް.

(ރ) ސަރުކާރުގައި ރަޖިސްޓަރީކޮށްގެން ހިންގާ ސިއްހީ ފަރުވާދޭ ފަރާތްތައް.

 

4 ވަނަ މާއްދާ - ބިޒްނަސް ވީޒާގެ ދަށުން ރާއްޖެއަށް އެތެރެވެމުގެ ހުއްދަނެތް ފަރާތްތައް 

(ހ) ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް މީހުން.

(ށ) މޯލްޑިވްސް އިމިގްރޭށަނުން ބްލެކްލިސްޓްކޮށްފައިވާ ފަރާތްތައް. 

(ނ) މި މާއްދާގެ (ށ) ގައި 'ބްލެކްލިސްޓްކޮށްފައިވާ ފަރާތްތައް' ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް އިމިގްރޭށަނުން ދެމުންގެންދާ ހިދުމަތްތައް ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ފަރާތްތަކަށެވެ.

 

5 ވަނަ މާއްދާ - ބިޒްނަސް ވީޒާ ނެގުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް 

(ހ) ބިޒްނަސް ވީޒާ ދޫކުރެވޭނީ، ފޯމު ނަންބަރު IM24 (ބިޒްނަސް ވީޒާއަށް އެދޭ ފޯމު) ފުރިހަމަކުރުމަށްފަހު، ބިޒްނަސް ވީޒާއަށް އެދޭ ބިދޭސީއަކު ދިވެހިރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ އުޅަނދު، ރާއްޖެއަށް އައުމުގެ 5 (ފަހެއް) ދުވަސް ކުރިން، މޯލްޑިވްސް އިމިގްރޭށަނުން ކަނޑައަޅާ އޮފީހަކަށް ހުށަހެ ުޅމުންނެވެ. މި އަކުރުގައި ބަޔާންކޮށްފައިވާ ދުވަސް ގުނާނީ، ބަންދުދުވަސް ނުހިމަނައެވެ.

(ށ) ބިޒްނަސް ވީޒާއަށް އެދޭއިރު ތިރީގައި ބަޔާން ކޮށްފައިވާ ތަކެތި ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަކޮށްފައިވާ، ބިޒްނަސް ވީޒާއަށް އެދޭ ފޯމު (ފޯމު ނަންބަރު IM24)
  2. އެކްސްޕެޓްރިއޭޓް ހެލްތު އިންށުއަރަންސްގެ ކޮޕީ.
  3. ބިދޭސީގެ ޕާސްޕޯޓުގެ ޑޭޓާޕޭޖުގެ ކޮޕީ.
  4. ކުންފުނި، ކްލަބް، ޖަމްއިއްޔާ، ނުވަތަ ވިޔަފާރިއެއްނަމަ އެ ތަނަކަށް، ސަރުކާރުގެ ކަމާބެހޭ ފަރާތުން ދީފައިވާ ހުއްދަ.
  5. ކިޔަވައިޭދ އަމިއްލަ ތަނެއް ުނވަތަ ސިއްހީ ފަރުވާދޭ ތަނެއްނަމަ، އެ ތަނަކަށް ސަރުކާރުގެ ކަމާބެހޭ ފަރާތުން ދީފައިވާ ހުއްދަ.
  6. ސަރުކާރުގެ މުއައްސަސާއެއްނަމަ، ބިޒްނަސް ވީޒާ ފޯމުގައި އެ މުއައްސަސާއެއްގެ ތައްގަނޑުޖަހައި، ވެރިއެއްގެ ސޮއި އޮތުން. 
  7. ބިދޭސީއަކީ، އޭނާ ގެނެވޭ މަސައްކަތަށް ޕްރޮފެށަނަލް މީހެއްކަން އަންގައިދޭ ލިޔުން.
  8. ސެކިއުރިޓީ ސްކްރީނިންގ ހަދަން ޖެހޭ ފަރާތެއްނަމަ، ފުރިހަމަކޮށްފައިވާ ފޯމު ނަންބަރު IM30 (ބައިނަލްއަގްވާމީ އަދި ސަރަހައްދީ އެއަރޕޯޓުތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލް އަދި ބިޒްނަސް/ސްޕެށަލް ވީޒާއަށް އެދި ހުށަހަޅާ ފޯމު) އާއި، ފޯމު ނަންބަރު IM32 (ވެޓިންގ ފޯމު).

 

6 ވަނަ މާއްދާ - ބިޒްނަސް ވީޒާގެ މުއްދަތު

(ހ) ބިޒްނަސް ވީޒާ ދޫކުރެވޭނީ، 90 (ނުވަދިހަ) ދުވަހާއި 270 (ދުއިސައްތަ ހަތްދިހަ) ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. 
 
 (ށ) ބިޒްނަސް ވީޒާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާނަމަ، ހުއްދައިގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) ދުވަސް ކުރިން މުއްދަތު އިތުކުރުމަށް ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާގޮތުގެ މަތިން، މުއްދަތު އިތުރު ކޮށްދެވޭނީ، 270 (ދުއިސައްތަ ހަތްދިހަ)  ދުވަހަށްވުރެ އިތުރުނުވާނޭ ގޮތުގެ މަތިން، ހުއްދަދޭ ކޮންމެ ފަހަރަކު 90) ނުވަދިހަ) ދުވަހަށެވެ.  

(ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާއިރު، ފޯމު ނަންބަރު IM24 (ބިޒްނަސް ވީޒާއަށް އެދޭ ފޯމު) ގެ އިތުރުން މެޑިކަލް ސެޓުފިކެޓުގެ އަސްލާއި، ކޮޕީ ހުށަހަޅަންވާނެއެވެ. 

 

7 ވަނަ މާއްދާ - ބިޒްނަސް ވީޒާގެ ފީ

(ހ) ބިޒްނަސް ވީޒާ ދޫކުރެވޭނީ، ބިޒްނަސް ވީޒާ ދޫކުރާ ކޮންމެ 3 (ތިނެއް) މަސްދުވަހަކަށް، ނުވަތަ އެ މުއްދަތުން ބަޔަކަށް، ބިޒްނަސް ވީޒާ ފީގެ ގޮތުގައި 750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ ދެއްކުމަށް ފަހުގައެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބިޒްނަސް ވީޒާ ފީ، އެ ބިދޭސީއަކު ރާއްޖެއަށް އައުމުގެ ކުރިން، އެ ބިދޭސީއަކު ރާއްޖެއަށް ގެންނަ ފަރާތުން މޯލްޑިވްސް އިމިގްރޭށަނަށް ދައްކަންވާނެއެވެ. މި ފީއަކީ ނޮން-ރިފަންޑަބަލް ފީއެކެވެ. 

 

8 ވަނަ މާއްދާ - ހުއްދަ ބާތިލުކުރުން

(ހ) ތިރީގައި ބަޔާންކޮށްފައިވާ ކަމެއް ކުރާ ނުވަތަ ކޮށްފާނެކަމަށް ބެލެވޭ ހާލަތްތަކުގައި އެ ފަރާތަކަށް ދޫކޮށްފައިވާ ބިޒްނަސް ވީޒާ ކެންސަލްކޮށް ވަކި މުއްދަތެއް ވަންދެން ރާއްޖެއަށް ނާދެވޭގޮތަށް ފޮނުވާލުމުގެ އިހްތިޔާރު މޯލްޑިވްސް އިމިގްރޭށަނަށް ލިބިގެންވެއެވެ.

  1. ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ ުނވަތަ ދީނީ އެއްބައިވަންތަކަމަށް ނުވަތަ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއް ކުރުން.
  2. ދިވެހި ދައުލަތާ އިދިކޮޅު އެއްވެސް ހަރަކާތެއް ހިންގުން ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވުން.
  3. ޓެރަރިސްޓް ޖަމާއަތްތަކަށް ނިސްބަތްވުން، އެފަދަ ޖަމާއަތްތަކާ ގުޅުހުންހުރިކަމަށް ބެލެވުން، އަދި ޓެރަރިސްޓެއްކަމަށް ބެލެވިދާނެ މައުލޫމާތު ލިބުން.
  4.  ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމެއްކުރުން.
  5. ރާއްޖޭގައި ހުންނަ ދުވަސްވަރު ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖެއްސޭނެގޮތެއް އޮތްކަން، ނުވަތަ އެއްބަސްވުމެއް އޮތްކަން ސާބިތުކޮށް ނުދެވުން.
  6. އާންމު ސިއްހަތަށް ނުރައްކާވެދާނެ ބައްޔެއް ހުރިކަމަށް ނުވަތަ އެނޫންވެސް ނުރައްކާތެރި ބައްޔެއް ހުރިކަމަށް ބެލެވުން.
  7. އެހެން ގައުމެއްގެ އަދްލުއިންސާފަށް ފިލައިގެން އުޅުން. 

(ށ) އަންނަނިވި ހާލަތުތަކުންކުރެ ހާލަތެއްގައި ނޯޓިސް ދިނުމަށްފަހު، ނުވަތަ ނޯޓިސް ދިނުމަކާ ނުލައި، ބިޒްނަސް ވިޒާގެ ހުއްދަ ބާތިލުކުރުމުގެ އިހްތިޔާރު އިމިގްރޭށަނަށް ލިބިގެންވެއެވެ. 

  1. ހުއްދަ ހޯދުމަށް އެދި ހުށަހަާޅފައިވާ މައުލޫ ާމތަކީ، ތެދު މައުލޫމާތެއް ނޫންކަން، ނުވަތަ ހުށަހަޅާފައިވާ ިލޔުމަކީ ތެދު ލިޔުމެއް ނޫންކަން އެނގުން. 
  2. ހުއްދަ ދީފަ ިއވާ ބިދޭސީއަކީ، ރާއްޖެއަށް އެތެރެވުމުގެ ހުއްދަނެތް ގިންތިއެއްގެމީހެއްކަމުގައިވުން.
  3. ރާއްޖޭގައި ހުރުމަށް ހުއްދަ ދިން ސަބަބު ނުވަތަ ހާލަތު ނެތިދިއުން.
  4. ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރުން.

 

9 ވަނަ މާއްދާ - ކުށާއި އަދަބު 

(ހ) ބިޒްނަސް ވީޒާގެ ދަށުން ބިދޭސީން ރާއްޖެއަށް ގެންނަ ފަރާތްތަކުން ބިޒްނަސް ވީޒާގައި ހުރި ބިދޭސީއެއްގެ ވީޒާގެ މުއްދަތު ހަމަވާ ފަހުން ނުވަތަ ދިވެހިރާއްޖޭގެ އި ިމގްރޭށަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ހުއްދަ ބާތިލުކުރާފަހުން، އެ ބިދޭސީއަކު ރާއްޖޭގައި ބެހެއްޓުމަކީ، ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ދަށުން ކުށެކެވެ. އަދި ބިޒްނަސް ވީޒާގެ ދަށުން އެ ބިދޭސީއަކު ގެނައި ފަރާތާމެދު ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން އަދަބު ކަނޑައެޅޭނެއެވެ.

(ށ) ބިޒްނަސް ވީޒާގައި ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީއަކު، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ބިޒްނަސް ވީޒާގެ މުއްދަތު ހަމަވެގެން ނުވަތަ ދިވެހިރާއްޖޭގެ އިމިގްރޭށަން ގާނޫނު ގެ 21 ވަނަ މާއްދާގެދަށުން ދޫކުރެވިފައިވާ ހުއްދަ ބާތިލުކުރާފަހުން ރާއްޖޭގައި ހުރުމަކީ ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ދަށުން ކުށެއްކަމުގައި ބެލެވޭނެއެވެ. އަދި އެފަދަ ބިދޭސީއަކު ރާއްޖޭގައި ހުރިކަން ސާބިތުވެއްޖެނަމަ ދިވެހިރާ ްއޖޭގެ އިމިގްރޭށަންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ނ) ގެ ދަށުން އަދަބު ކަނޑައެޅޭނެއެވެ.

(ނ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަކާ ހިލާފުވެއްޖެނަމަ ނުވަތަ މި ގަވާއިދުން ހާސިލުކުރަން  ބޭނުންވާ މަގުސަދުތައް ހާސިލުވިޔަނުދިނުމުގެ ގޮތުން އަމަލެއް ކޮށްފިނަމަ އިމިގްރޭށަންގެ ގާނޫނުގައިވާ ގޮތެއްގެމަތިން އެކަމަކަށް ކަނޑައަޅާފައިވާ އަދަބުދެވޭނެއެވެ.

 

10 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގާނޫނު

އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 1/2007)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު