-

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 11/2011) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 26/2017)

 

ގާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) ގެ 46 ވަނަ މާއްދާގެ ދަށުން އެކުލަވައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު ( ގަވާއިދު ނަންބަރު 11/2012) ގެ ޖޫރިމަނާ ފީގެ އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ޖަދުވަލު 3 ގެ 1 ވަނަ ނަންބަރަށް އަންނަނިވި އިސްލާހު ގެނައުން.

 

 

---------------

 

ޖަދުވަލު 3

 

ޖޫރިމަނާގެ ފީގެ ތާވަލު

#

ހަވާލާދޭ މާއްދާ

އަރިމަތީ ސުރުހީ

ތަފުސީލު

ޖޫރިމަނާ ދަކަންޖެހޭ އުސޫލު

ޖޫރިމަނާގެ އަދަދު

1.

11 (ބ)

ލައިސަންސް ފީ

ކަނޑައަޅާފައިވާ މުއްދަތުގައި އަހަރީ ފީ ނުދެއްކުން

ފާއިތުވާ ކޮންމެ ދަވަހަކަށް

ނުދައްކާ އޮތް ފީގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ)

 

މި ގޮތުގެ މަތީން ޖޫރިމަނާ ކުރެވޭނީ ނުދައކާއޮތް ފީގެ އަދަދުގެ ދެގުނަ ނުވަތަ 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާ، މި ދެ އަދަދުން ކުރެ ބޮޑު އަދަދަކާ ހަމައަށެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލު ކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 11/2012)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު