-

ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރ 558/2013) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 17/2017)

 

1 ވަނަ މާއްދާ - ގަވާއިދުގެ 14 ވަނަ މާއްދާގެ ފަހަތަށް އަންނަނިވިގޮތަށް މާއްދާއެއް އިތުރުކޮށް، ގަވާއިދުގެ މާއްދާތައް ތަރުތީބުކުރުން. 

ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުން 15.

ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގައި ބަލާނީ މި މާއްދާގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. މިލްކުވާގޮތަށް ބޯހިޔާވަހިކަން ލިބޭނެ މުވައްޒަފުން ހޮވުމުގައި މި މާއްދާގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އުސޫލުތަކެއް ނުހިގާނެއެވެ. އަދި މިލްކުވާގޮތަށް ބޯހިޔާވަހިކަން ލިބޭނެ މުވައްޒަފުން ހޮވުމުގައި ބަލަންޖެހޭނީ މި ގަވާއިދުގެ  އެހެނިހެން މާއްދާތަކުން އެކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކުގެމަތިންނެވެ.

(ހ) ވަގުތީގޮތުން ދިރިއުޅެން ދޫކުރާތަނަކަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ށަރުތުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

  1. ކޮލިފައިޑް ޕޮލިސް އޮފިސަރެއްކަމުގައިވުން.
  2. މަދުވެގެން 7 އަހަރުދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހިދުމަތްކޮށްފައިވުން. 

(ށ)

  1. ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެ ތަން ލިބޭނެ ފަރާތް ކަނޑައަޅަންޖެހޭނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ފަރާތްތަކަށް ޕޮއިންޓްދީގެންނެވެ. ޕޮއިންޓުގެގޮތުން އެއްވަރުވާ މުވައްޒަފުންގެ މެދުގައި ވަގުތީގޮތުން ދިރިއުޅެން ދޫކުރާތަން ލިބޭނެ މުވައްޒަފު ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  2. މުވައްޒަފަކު އަދާކުރާ މަސްއޫލިއްޔަތުތައް ބަލައި ޖުމުލަ 45 ޕޮއިންޓާ ހަމައަށް ޕޮއިންޓް ދެވޭނެއެވެ. މިގޮތުން ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް ކުރިމަތިލުމަށް އިއުލާނުކުރާ ތާރީހުގައި، އެ މުވައްޒަފަކު ހުރި މަގާމާ ހަމައަށް ކޮންމެ ރޭންކަކަށް 3 ޕޮއިންޓް ލިބޭނެއެވެ.
  3. ކޮންމެ މުވައްޒަފަކަށްވެސް އެ މުވައްޒަފަކު ހިދުމަތުގައިވީ މުއްދަތަށް ބަލައި ޖުމުލަ 30 ޕޮއިންޓާ ހަމައަށް ޕޮއިންޓް ދެވޭނެއެވެ. މިގޮތުން އެ މުވައްޒަފަކު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހިދުމަތްކޮށްފައިވާ ކޮންމެ އަހަރަކަށް ޕޮއިންޓެއް ލިބޭނެއެވެ. މި މުއްދަތު ގުނުމުގައި ސިފައިންގެ ގޮތުގައިތިބި ދުވަސްވަރު ގުނޭނެއެވެ. ނަމަވެސް، މި ގަވާއިދުގެ މަގުސަދަށްޓަކައި ސަރުކާރުގެ އެހެން އޮފީސްތަކުގައި ހިދުމަތްކުރި މުއްދަތެއް ނުހިމެނޭނެއެވެ.
  4. ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް ކުރިމަތިލާފައިވާ، ކައިވެނިކޮށްގެން އުޅޭ ނުވަތަ ށަރުއީ ކައިވެ ްނޏަކުން ނުވަތަ ށަރުއީ އަދި ގާނޫނީގޮތުން ދާއިމަށް ބެލެހެއްޓުމަށް ށަރީއަތުން ހަވާލުކޮށްފައިވާ ދަރިއަކު ހުރި، ކޮންމެ މުވައްޒަފަކަށްވެސް 10 ޕޮއިންޓް ލިބޭނެއެވެ. މިގޮތުން މުވައްޒަފު ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް އެދި ކުރިމަތިލީއިރު ވަރިވެފައިވީނަމަވެސް ދަރިއަކު ހުރިނަމަ، މި މާއްދާގައި ބުނާ ޕޮއިންޓް ލިބޭނެއެވެ.
  5. ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް ކުރިމަތިލާފައިވާ މުވައްޒަފުން ށަރުއީ އަދި ގާނޫނީގޮތުން ބަލަހައްޓަންޖެހޭ އިތުރު ދަރިން ނުވަތަ މީހުން ތިބިނަމަ އެފަރާތަކަށް 5 ޕޮއިންޓް ލިބޭނެއެވެ. މިގޮތުން މި މާއްދާގައި ބުނާ ޕޮއިންޓް އެފަރާތަކަށް ލިބޭނީ އެ މުވައްޒަފަކު ކައިވެނިކޮށްގެން އުޅޭނަމަ ދަރިން ތިބުން ނުވަތަ ވަރިވެފައިވާނަމަ އެއްދަރިއަށްވުރެ ގިނަ ދަރިން ތިބިނަމައެވެ. ނުވަތަ ށަރުއީގޮތުން ބަލަހައްޓަންޖެހޭ އެއްދަރިއަށްވުރެ ގިނަ ދަރިން ތިބިނަމައެވެ.
  6. ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން، ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަން ލިބޭނެ މުވައްޒަފު ކަނޑައެޅުމަށްޓަކައި އެ މުވައްޒަފުންނާ ވެލްފެއަރ ބޯޑުން އިންޓަވިއުކޮށް އެންމެ އެކަށޭނަ މުވައްޒަފު ކަނޑައެޅުމަށްޓަކައި އިންޓަވިއުއަށް ޖުމުލަ 10 ޕޮއިންޓް ދެވިދާނެއެވެ. މިގޮތުން އެ އިންޓަވިއުގައި އެ މުވައްޒަފަކު ކޮށްފައިވާ ހިދުމަތަށާއި، މަސައްކަތުގެ އަހުލާގަށާއި، މުސްތަގުބަލުގައި އެ މުވައްޒަފެއްގެ ފަރާތުން މި ސަރވިސްއަށް ލިބޭނެ ހިދުމަތަށް ރިއާޔަތްކޮށް، ވެލްފެއަރ ބޯޑުން ޕޮއިންޓް ދޭންވާނެއެވެ.

(ނ)

  1. ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން، އެ ތަން ލިބޭނެ މުވައްޒަފު ކަނޑައެޅުމަށްޓަކައި އެ މުވައްޒަފަކަށް ލިބިފައިވާ ޕޮއިންޓުގެ ތެރެއިން ޕޮއިންޓުތައް މި މާއްދާގައި ބުނާ ގޮތުގެމަތިން އުނިކުރެވޭނެއެވެ. 
  2. ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން، ދިރިއުޅެވޭގޮތަށް އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައިވާ، ނުވަތަ ދިގު މުއްދަތުގައި ފައިސާ ދައްކާގޮތަށް ގަނެފައިވާ އަމިއްލަ ގެއެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސްއެއް ހުރިނަމަ 15 ޕޮއިންޓް އުނިކުރެވޭނެއެވެ.
  3. ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން،
    އެ މުވައްޒަފެއްގެ މައިންބަފައިންގެ ުނވަތަ ފިރިމީހާގެ ނުވަތަ އަނބިމީހާގެ ގެއެއް ނުވަތަ ފުލެޓެއް ނުވަތަ ރޯޯހައުސްއެއް ހުރިނަމަ 10 ޕޮއިންޓް އުނިކުރެވޭނެއެވެ.
  4. ވަގުތީގޮތުން ދިރިއުޅެން ދޫކުރާ ތަނަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން، ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ޑިސިޕްލިނަރީ ނުވަތަ އިދާރީކުށަކާގުޅިގެން އަދަބެއްދީފައިވާނަމަ 5 ޕޮއިންޓް އުނިކުރެވޭނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 558/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު