-

(މި ގަވާއިދަށް އަމަލުކުރަން ފެށީ 23 އޮކްޓޫބަރު 2016 ގައި)

ގަވާއިދު ނަންބަރު 2014-20 (ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެށަން ސްކީމުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-90)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 31 ވަނަ މާއްދާގެ (ނ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

(31) (ނ) މި މާއްދާގެ (ށ) ގެ ދަށުން ކުރެވޭ ޖޫރިމަނާގެ އަދަދަކީ 500 (ފަސް ސަތޭކަ) ރުފިޔާ އެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 34 ވަނަ މާއްދާގެ (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން

(34) (ށ) މި މާއްދާގެ (ހ) ގެ ދަށުން ވަޒީފާ ދޭފަރާތް ޖޫރިމަނާ ކުރެވޭ އަދަދަކީ 1000 (އެއްހާސް) ރުފިޔާއެވެ.

 

3 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2014-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު