-

ގަވާއިދު ނަންބަރު 180/2015 (ޖަމްއިއްޔާތަކުގެ ގަވާއިދު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 81/2016)

 

ގަވާއިދު ނަންބަރު 180/2015 (ޖަމްއިއްޔާތަކުގެ ގަވާއިދު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ – ގަވާއިދުގެ 26 ވަނަ މާއްދާއަށް (ރ)، (ބ) އަދި (ޅ) އިތުރުކުރުން.

26. (ރ) އަންނަނިވި ހާލަތްތަކުގައި ޖަމްއިއްޔާއެއްގެ އިންތިހާބާގުޅޭ ކަންތައްތައް ކުރުމަށްޓަކައި ވަގުތީ ކޮމިޓީއެއް އެކުލަވައިލުމުގެ އިހުތިޔާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ. މި ގޮތުން އެކުލަވައިލާ ވަގުތީ ކޮމިޓީއެއްގެ މުއްދަތު 3 (ތިނެއް) މަސްދުވަހަށް ވުރެ ގިނަވެގެން ނުވާނެއެވެ.

  1. ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޖަމްއިއްޔާގެ އިންތިހާބު ނުބޭއްވި 1 (އެކެއް) މަސްދުވަސް ފާއިތުވުން.
  2. ޖަމްއިއްޔާތަކާބެހޭ ގާނޫނާއި ޖަމްއިއްޔާތަކުގައި ގަވާއިދާ ހިލާފަށް ނުވަތަ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދާ ހިލާފަށް ޖަމްއިއްޔާއެއްގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވާކަމުގެ ށަކުވާ ރަޖިސްޓްރާރަށް ހުށަހަޅައިފިނަމަ އެ މައްސަލައެއް ބެލުމަށްފަހު އެކަން ހިނގާފައިވަނީ ޖަމްއިއްޔާތަކާބެހޭ ގާނޫނާއި، ޖަމްއިއްޔާތަކުގެ ގަވާއިދާ ހިލާފަށް ނުވަތަ އެ ޖަމްއިއްޔާއެއްގެ ހިންގާ ގަވާއިދާ ހިލާފަށް ކަމުގައިވުން.
  3. ޖަމްއިއްޔާއެއްގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލި ޖަމްއިއްޔާއެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެފައިވާކަމުގެ ށަކުވާ ރަޖިސްޓްރާރަށް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ބެލުމަށްފަހު އެއީ ޖަމްއިއްޔާގެ ގާނޫނީ ވާޖިބު އަދާ ކުރުމަށް ހުރަސްއެޅޭކަމަކަށްވުން.

(ބ) މި މާއްދާގެ (ރ) ގެ ދަށުން ވަގުތީ ކޮމިޓީއެއް އައްޔަންކޮށް، ޖަމްއިއްޔާއެއްގެ އިންތިހާބުގެ ކަންކަން އެ ކޮމިޓީއާ ހަވާލުކުރުމަށްޓަކައި، އަންނަނިވި ކަންކަން ހިމެނޭ ގޮތުން އެ ކޮމިޓީގެ މަސައްކަތް ބަޔާންކުރާ އުސޫލެއް ރަޖިސްޓްރަރ އެކުލަވައިލަންވާނެއެވެ.

  1. ވަގުތީ ކޮމިޓީ އެކުލެވިގެންވާ ގޮތް؛
  2. ވަގުތީ ކޮމިޓީ މުއްދަތު؛
  3. އުސޫލުގައި ހިމެނުމަށް ރަޖިސްޓްރަރއަށް ފެންނަ އިތުރު ކަންކަން.

(ޅ) މި މާއްދާގެ (ރ) ގެ ދަށުން އައްޔަންކުރެވޭ ވަގުތީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ މި މާއްދާގެ (ބ) ގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

2 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 47 ވަނަ މާއްދާ (ޖަމްއިއްޔާ ހިންގުމަށް އިތުރު ފުރުސަތު ދިނުން) އުނިކުރުން.

 

3 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދަށް، މި ގަވާއިދުން އިތުރުކުރާ އަދި އުނިކުރާ މާއްދާތަކާ ގުޅިގެން ބުނެވިދިޔަ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.

 

4 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

5 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ޖަމްއިއްޔާތަކުގެ ގަވާއިދު (ގަވާއިދު ނަންބަރު 180/2015)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު