-

ސިވިލް ސަރވިސް ގެ ގަވާއިދު 2010 އަށް 5 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 27/2011)

 

 

ތިރީގައި މިވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ 187 ވަނަ މާއްދާ އިސްލާހުކުރެވިފައިވާ ގޮތެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

187 ވަނަ މާއްދާމުވައްޒަފުން ބިނާކޮށް ގާބިލުކަން އިތުރުކުރުމުގެ ގޮތުން ތަމްރީނު ދިނުމަށް ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަކުރުން.

(ހ) ދިވެހި ސިވިލް ސަރވިސްގެ މަގާމެއްގައި މަސައްކަތްކުރާ މުވައްޒަފަކަށް އިތުރު ތަމްރީނުދިނުމަށް ނުވަތަ އޮފީހަށް ބޭނުންވާ ފަންނީ މީހުން ބިނާކޮށް މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ހިންގޭ 1 (އެކެއް) އަހަރުދުވަހުގެ ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ކޯހެއްގައި ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށް އެއްބަސްވެ، އޮފީހުގެ ފަރާތުން ބައިވެރި ކުރާއިރު، މުވައްޒަފު ވަޒީފާއިން ވަކިނުކޮށް ކޯހުގެ މުއްދަތަށް ވީއްލިދާނެއެވެ. ނަމަވެސް މުވައްޒަފު ކޯހުގައި ހުންނަ މުއްދަތުގައި މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ބަދަލު އިންތިޒާމު އެ އޮފީހަކުން ހަމަޖައްސަން ވާނެއެވެ. މިގޮތުން މުވައްޒަފު ކޯހަށް ދޫކޮށްފައި ހުންނަ ދުވަސްތަކަށް ގަވާއިދުން މުސާރަ ލިބޭނެއެވެ. މި ގަވާއިދުގައި އެހެން ގޮތަކަށް ބުނެފައިނުވާ ހިނދެއްގައި މުވައްޒަފުގެ މުސާރަ ކަމަށް ބަލާނީ، އެ މުވައްޒަފެއްގެ މަގާމަށް ކަނޑައަޅާފައިވާ އަސާސީ މުސާރައެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޯހުގެ މުއްދަތަށް މުވައްޒަފު ވީއްލާނީ އެ މުވައްޒަފު ވަޒީފާ އަދާކުރާ ދާއިރާގެ މަސްއޫލު އޮފީހުންނެވެ. އަދި ބައިވެރިކުރި ކޯހުގެ މައުލޫމާތާއި ސިވިލް ވަޒީފާ އަދާކުރާ ދާއިރާގެ މަސްއޫލު އޮފީހުންނެވެ. އަދި ބައިވެރިކުރި ކޯހުގެ މައުލޫމާތާއި ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށް އެއްބަސްވެފައިވާ އިގުރާރާއެކު، މަސްއޫލު އޮފީހުން ސިވިސް ސަރވިސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް އެއްބަސްވުމަކީ، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހަށް ހިދުމަތް ކުރުން ކަމުގައި އެއްބަސްވުމުގައި ސާފު އިބާރާތުން ބަޔާންކޮށްފައި އޮންނަން ވާނެއެވެ.

(ނ) ދިވެހި ސިވިލް ސަރވިސްގެ މަގާމަކަށް ނުވަތަ މަގާމެއްގައި މަސައްކަތްކުރާ މުވައްޒަފަކަށް  އިތުރު ތަމްރީނުދިނުމަށް ނުވަތަ އޮފީހަށް ބޭނުންވާ ފަންނީ މީހުން ބިނާކޮށް މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ހިންގޭ 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ކޯހެއްގައި ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށް އެއްބަސްވެ، އޮފީހުގެ ފަރާތުން ބައިވެރިކުރާއިރު، ކޯހުގެ މުއްދަތަށް މުސާރަ ނުލިބޭގޮތަށް ވީއްލިދާނެއެވެ. މިގޮތުން ބައިވެރިކުރި ކޯހުގެ މައުލޫމާތާއި ދިވެހި ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށް އެއްބަސްވެފައިވާ އިގުރާރާއެކު، މަސްއޫލު އޮފީހުން ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅަން ވާނެއެވެ. ސިވިލް ސަރވިސްއަށް ހިދުމަތް ކުރުމަށް ކުރުމަށް އެއްބަސްވުމަކީ، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހަށް ހިދުމަތް ކުރުން ކަމުގައި އެއްބަސްވުމުގައި ސާފު އިބާރާތުން ބަޔާންކޮށްފައި އޮންނަންވާނެއެވެ. މި މުވައްޒަފުން ކޯހުގައި ހުންނަ މުއްދަތުގައި މުސާރައެއް ނުލިބޭނެއެވެ.

(ރ) މި މާއްދާގެ (ހ) އަދި (ނ)  ގައިވާ ގޮތުގެ މަތިން ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށ އެއްބަސްވެގެން ކޯހެއްގައި އޮފީހުގެ ފަރާތުން ބައިވެރިކުރާ މުވައްޒަފުން، ކޯހުގައި ބައިވެރިކުރި ދުވަހުން ފެށިގެން، ކޯހުން އެނބުރި އައިސް ވަޒީފާއަށް ނުކުންނަ ދުވަހާ ދެމެދުގައިވާ ދުވަސްތައް، ސިވިލް ސަރވިސްއަށް ހިދުމަތް ކުރި މުއްދަތެއް ކަމުގައެއް ނުގުނޭނެއެވެ.

(ބ) ސަރުކާރުގެ ރަސްމީގަޑި ނޫން ގަޑިތަކުގައި ލިޔެވުން އޮންނަ ނުވަތަ މުވައްޒަފަކު މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ޑިއުޓީގެ ވަގުތު ނޫން ވަގުތެއްގައި ކިޔެވުން އޮންނަ، ރާއްޖޭގައި ހިންގޭ ކޯހެއްގައި، އޮފީހުގައި ވަޒީފާ އަދާކުރަމުން ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތަކަށް ދަތިނުވާނޭ ގޮތުގެ މަތިން، މުވައްޒަފު އަމިއްލަ ގޮތުން ބައިވެރިވެވިދާނެއެވެ. މިގޮތުން މުވައްޒަފު ކޯހެއް ފުރިހަމަ ކުރުމުން ނުވަތަ އިތުރު ތަމްރީނެއް ހޯދުމުން މަތީ މަގާމެއްގެ ށަރުތު ހަމަވިކަމުގައިވިޔަސް، އެ މަގާމަކަށް ބަދަލުކުރެވޭނީ ސިވިލް ސަރވިސްގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މަގާމަކަށް ވާދަކޮށް ހޮވިއްޖެނަމައެވެ.

(ޅ) އޮފީހުގެ ޓްރެއިނިންގ ރިކްއަރމެންޓުގައި ހިމެނިފައިވާ ކޯސްތަކުގައި އަމިއްލަ ހަރަދުގައި މުވައްޒަފުް ބައިވެރިވުމުގެ ފުރުސަތު ދޭންވާނެއެވެ. މިގޮތުން އަމިއްލަ ހަރަދުގައި ކޯސް ފުރިހަމަކުރަން އެދޭ މުވައްޒަފުންނަށް ފުރުސަތު ދޭންވާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  1. އޮފީހުގެ ޓްރެއިނިންގ ރިކްއަރމެންޓުގައި ހިމެނޭ ކޯސްތަކުގައި އަމިއްލަ ހަރަދުގައި ބައިވެރިވުމަށް އޮފީހުގެ މުވައްޒަފުންނަށް އިއުލާނުކޮށް ހުޅުވާލައި އެކަމަށް އެދޭ މުވައްޒަފުންގެ ތެރެއިން މި ގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މުވައްޒަފުން ހޮވުން.
  2. އޮފީހުގެ ޓްރެއިނިންގ ރިކްއަރމަންޓުގައި ހިމެނޭ ކޯހެއްގައި މުވައްޒަފުންގެ އަމިއްލަ ހަރަދުގައި ބައިވެރިވެ، ތަމްރީނު ލިބިގަންނަ މުވައްޒަފުންނަށް، ކޯސް ނިންމުމަށްފަހު އެނބުރި އައިސް ގުޅޭނެ ށަރުތު ފުރިހަމަވާ މަގާމު، އެ އޮފީހެއްގެ އޮނިގަނޑުގައި ރިޒަރވްކުރުމަށް ހަމަޖެހިފައިވާ އުސޫލުކަތާ އެއްގޮތަށް ކޮމިށަނަށް ހުށަހަޅައި، މަގާމު ރިޒާރވްކުރުން.
  3. މުވައްޒަފުންގެ އަމިއްލަ ހަރަދުގައި، އޮފީހުގެ ޓްރެއިނިންގ ރިކްއަރމެންޓުގައި ހިމެނޭ ކޯހަކަށް ތަމްރީނު ކުރެވޭ މުވައްޒަފުންނަށް، ކޯސް ނިންމުމަށްފަހު އެނބުރި އައިސް ގުޅޭނެ މަގާމު އޮފީހުގެ އޮނިގަނޑުގައި ރިޒަރވް ކުރެވޭތީ، އެ މުވައްޒަފަކު ކޯހަށް ވީއްލުމުގެ ކުރިން، އެ ފުރިހަމަކުރާ ކޯހުގެ މުއްދަތަށް، ކޯސް ނިމިގެން އެނބުރިއައިސް އެ އޮފީހަކަށް ހިދުމަތްކުރުމަށް ބޮންޑުކުރުވުން.

(ކ) ސަރުކާރު ގަބޫލުކުރާ މަރުކަޒަކުން ރާއްޖޭގައި ހިންގާ 1 (އެކެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ކޯހެއްގައި، އޮފީހުގެ މަސައްކަތަށް ދަތިނުވާނޭ ގޮތުގެ މަތިން އޮފީހުން ހަރަދުކޮށްގެން އޮފީހުގައި ވަޒީފާއަދާކުރަމުންދާގޮތަށް މުވައްޒަފަކު ބައިވެރި ކުރެވިދާނެއެވެ. ނަމަވެސް މިގޮތުން މުވައްޒަފަކު ކޯހެއްގައި ބައިވެރިކުރަންވާނީ ތިރީގައިވާ ކަންތައްތަކުގެ މައްޗަށް ރިއާޔަތް ކުރުމާއެކު، އެއޮފީހެއްގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީއިން ނިންމާ ގޮތެއްގެ މަތިންނެވެ.

  1. ސަރުކާރުގެ ރަސްމީގަޑި ނޫން ގަޑިތަކުގައި ކިޔެވުން އޮންނަ ނުވަތަ މުވައްޒަފަކު މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ޑިއުޓީ ވަގުތު ނޫން ވަގުތެއްގައި ކިޔެވުން އޮންނަ ކޯހެއް ކަމުގައިވުން.
  2. އޮފީހުގެ ޓްރެއިނިންގ ރިކްއަރމެންޓުގައި ހިމެނިފައިވާ ކޯހެއްކަމުގައިވުން.
  3. އެ އަހަރެއްގެ ބަޖެޓުން އެކަމަށް ކަނޑައެޅިފައިވާ ފައިސާ ހަރަދުކުރެވެން ހުރުން.
  4. ކޯހެއްގައި ބައިވެރިކުރާނޭ ފަރާތެއް ހޯދުމަށް އޮފީހުގައި އާންމުކޮށް އިއުލާނު ކުރުމާއެކު، ކޯހަށް އެދިފައިވާ މުވައްޒަފުންގެ ތެރެއިން ކޯހުގައި ބައިވެރިކުރާނޭ ފަރާތެއް ކަނޑައެޅިފައިވާ ކްރައިޓީރިއާ ގެ ތެރެއިން ހޮވުން.
  5. ކޯހުގައި ބައިވެރިކުރުވުމުގެ ސަބަބުން ސިވިލް ސަރވިސްއަށް ހިދުމަތް ކުރަންޖެހޭނަމަ، ބޮންޑު އަދާކުރުމަށް މުވައްޒަފު އެއްބަސްވެފައިވުން.
  6. ކޯހުގައި ބައިވެރިވުމުގެ ސަބަބުން އޮފީހުގެ ރަސްމީގަޑީގައި ނުވަތަ ނުރަސްމީ ގަޑީގައި ނަމަވެސް، އަދާކުރާ ވަޒީފާގައި މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކަށް އެއްވެސް އުނިކަމެއް ނާންނާނޭ ކަމަށް ލިޔުމުން އޮފީހުގައި އެއްބަސްވެފައިވުން.
  7. ކޯހުގައި ބައިވެރިކުރާ މުވައްޒަފަކީ އެ ކޯހެއް ފުރިހަމަކުރުމުގެ ފެންވަރުހުރ މީހެއް ކަމުގައިވުން.
  8. ކޯހުގެ އަމަލީ މަސައްކަތް، އެސައިމެންޓްސް ނުވަތަ އިމްތިހާނުތަކުގައި ބައިވެރިވުމަށް އޮފީހަށް ހާޒިރު ނުވެވޭނަމަ، ގަވާއިދުން ޗުއްޓީ ނަގާގޮތަށް ހަމަޖެހިފައި އޮތުން.
  9. ކޯހުގައި ބައިވެރިވާ މުވައްޒަފަކީ އޮފީހުގެ މަސައްކަތަށް ށައުގުވެރި، އެ މުވައްޒަފަކަށް ތަމްރީނު ލިބިއްޖެނަމަ، އޮފީހުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިދޭނެ ފަދަ މުވައްޒަފެއް ކަމުގައިވުން.

(އ) ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށް ބޮންޑުކުރެވިގެން އޮފީސްތަކުން ތަމްރީނު ކޯސްތަކުގައި ބައިވެރިކުރާ މީހުން، އެމީހަކު ބައިވެރިކުރާ ކޯސް ފުރިހަމަކޮށް ނިންމަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގައި ތަމްރީނުކުރެވޭ މީހެއްނަމަ ކޯސް ނިމުމުން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރާއްޖެއަށް އެނބުރި އައިސް އެކަން އޮފީހަށް އަންގަން ވާނެއެވެ.

(ވ) ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށް ބޮންޑުކުރެވިގެން، ސިވިސް ސަރވިސްގެ މަގާމަކަށް ހާއްސަ ކުރެވިގެން ކޯސްތަކުގައި ބައިވެރިކުރާ މުވައްޒަފުން، އެނބުރި އައިސް ގުޅޭނެ ށަރުތު ފުރިހަމަވާ މަގާމު، އެ އޮފީހެއްގެ އޮނިގަނޑުގައި ރިޒަރވްކޮށްފައި ބާއްވަން ވާނެއެވެ.

(މ) ސިވިސް ސަރވިސްއަށް ހިދުމަތްކުރުމަށް ބޮންޑުކުރެވިގެން، ދިވެހި ސިވިލް ސަރވިސްގެ މަގާމަކަށް ހާއްސަ ކުރެވިގެން ކޯހަކަށް ފޮނުވާ މީހާއަށް ރިޒަރވްކުރާ މަގާމާބެހޭ މައުލޫމާތު، ޖަދުވަލު 20 ގައިވާ ނަމޫނާ ފޯމުގައިވާ ގޮތުގެ މަތިން ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، އެ މުވައްޒަފަކު ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮމިށަނަށް ހުށަހަޅަން ވާނެއެވެ.

(ފ) ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށް ބޮންޑުކުރެވިގެން ކޯސް ފުރިހަމަކުރާ މުވައްޒަފަކު ވަގުތީގޮތުން ވަޒީފާއިން ވަކިކުރެވިފައިވާ މުއްދަތުގައި އޭނާއަށް ރިޒަރވް ކުރެވިފައިވާ މަގާމު، އެ މުވައްޒަފަކު ކޯސް ނިމިގެން އެނބުރި ވަޒީފާއަށް ނުކުންނަންދެން ރިޒަރވް ކުރެވިފައި އޮންނަ މުއްދަތުގައި، އެ މަގާމުގައި މީހަކު ނެތުމުން އޮފީހުގެ މަސައްކަތަށް ދަތިވާނަމަ، ވަގުތީގޮތުން އެ މަގާމެއްގައި މުވައްޒަފަކު ގެންގުޅެވިދާނެއެވެ.

(ދ) ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށް ބޮންޑުކުރެވިގެން ރާއްޖެއިން ބޭރުން ކޯސް ފުރިހަމަކުރާ މުވައްޒަފުން، ކޯސް ނިމިގެން އަންނައިރު ކޯހުގެ ސެޓުފިކެޓް ގެންނަންވާނެއެވެ. ރާއްޖެ އަންނަންވާއިރަށް ސެޓްފިކެޓް ނުލިބުނުނަމަ، ކިޔެވި މަރުކަޒުން ނުވަތަ ކޯސް ހިންގުމާބެހޭ ރަސްމީ ފަރާތަކުން އެމީހަކު ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމެއް ހޯދައި، އެލިޔުން ގެންނަންވާނެއެވެ. މި ލިޔުމުގައި ކޯހުގެ ހުރިހާ ބާއިތަކެއް، ކާމިޔާބު ކަމާއެކު ފުރިހަމަކުރިކަން އެނގެން އޮންނަން ވާނެއެވެ. ކޯހުގެ މޮޑިއުލް ނުވަތަ ސެމިސްޓަރތަކުގެ ނަތީޖާ (ޓްރާސްކްރިޕްޓް) ފަދަ ލިޔުމަކީ އެކިއެކި ކިޔަވައިދޭ މަރުކަޒުތަކުން އެކިއެކި ފޯމެޓުތަކުގައި ދޫކުރާ ލިޔުންތަކަކަށް ވުމާއެކު، އެފަދަ ލިޔުމެއް އެއީ ކޯސް ފުރިހަމަކުރި ކަމުގެ ކިޔުމެއް ކަމުގައެއް ގަބޫލެއް ނުކުރެވޭނެއެވެ.

(ތ) ކޯސް ފުރިހަމަކުރާ މުވައްޒަފު، ފުރިހަމަކުރި ކޯހުގެ އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓް ހުށަހެޅުމުން، ސެޓްފިކެޓް އެކްރެޑިޓް ކުރެވުނު ތާރީހުން ފެށިގެން، ރިޒަރވް ކުރެވިފައިވާ މަގާމަށް ހަމަޖައްސައި ދެވޭނެއެވެ. ރިޒަރވް ކުރެވިފައިވާ މަގާމުގެ ފެންވަރުގައި ސެޓްފިކެޓް އެކްރެޑިޓް ނުކުރެވިއްޖެނަމަ، އެ ފަރާތަކަށް ވަޒީފާ ހަމަޖައްސައެއް ނުދެވޭނެއެވެ.

(ލ) ކޯސް ފުރިހަމަކުރުމަށްފަހު، ސެޓްފިކެޓް ލިބުން ލަސްވާ މުވައްޒަފުން، ކޯހުގެ ހުރިހާ ބައިތަކެއް ކާމިޔާބު ކަމާއެކު ފުރިހަމަކުރި ކަމުގެ ލިޔުން ހުށަހެޅުމުން، އެ މުވައްޒަފަކަށް ރިޒަރވް ކުރެވިފައިވާ މަގާމަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ވަޒީފާގައި ގެންގުޅެވިދާނެއެވެ. މިގޮތުން ކޮންޓްރެކްޓް އެމްޕްލޯއިމަންޓު ހަމަޖެއްސުމަށްމަށްޓަކައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް ހަމަޖެއްސުމަށް ދަންނަވާ ފޯމު" ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އެ މުވައްޒަފު ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ވަޒީފާއަށް ނެރެންވާނީ "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް ޗިޓް" ކޮމިށަނުން ލިބުމުންނެވެ.

(ގ) ކޯސް ފުރިހަމަކުރުމަށްފަހު، ސެޓްފިކެޓް ލިބުން ލަސްވާ މުވައްޒަފުން، ކޮންޓްރެކްޓް އެމްޕްލޯއިމަންޓުގެ ދަށުން ގެންގުޅެން ފަށާއިރު، ފުރިހަމަކުރި ކޯހުގެ ސެޓްފިކެޓް އެ މަގާމުގެ ފެންވަރުގައި އެކްރެޑިޓް ނުކުރެވިއްޖެނަމަ ނުވަތަ ސެޓްފިކެޓް އެކްރެޑިޓްކޮށް 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ހުށަނާޅައިފިނަމަ، ކޮންޓްރެކްޓް އެމްޕްލޯއިމަންޓް އުވާލައި ވަޒީފާއިން ވަކިކުރެވޭނެކަން ލިޔުމުން މުވައްޒަފަށް އަންގަންވާނެއެވެ.

(ޏ) ސިވިސް ސަރވިސްއަށް ހިދުމަތްކުރުމަށް ބޮންޑް ކުރެވިގެން، މުވައްޒަފަކު އަދާކުރި މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމަށް ވަކި ވަޒީފާއަކަށް ތަމްރީނު ކުރެވޭ މުވައްޒަފަކު، ކޯސް ފުރިހަމަކޮށް ފާސްވިކަމުގެ ލިޔުން ހުށަނާޅައިފިނަމަ ނުވަތަ ކޯހުން ފާސް ނުވެއްޖެނަމަ ނުވަތަ ކޯސް ހުއްޓާލައިފިނަމަ، އެ މުވައްޒަފަކަށް ރިޒަރވްކުރި މަގާމު ހަމަޖައްސައެއް ނުދެވޭނެއެވެ،

(ސ) ސިވިލް ސަރވިސްއަށް ހިދުމަތްކުރުމަށް ބޮންޑު ކުރެވިގެން، ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ތަމްރީނު ކުރެވޭ މީހަކު، ސިވިސް ސަރވިސް އިން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ތަމްރީނު ފުރިހަމަނުކޮށްފިނަމަ، ނުވަތަ ތަމްރީނު ފުރިހަމަ ކުރުމަށްފަހު އެނބުރި މަސައްކަތު ނުނުކުތްނަމަ، ކިޔެވުން ހުއްޓާލީ ނުވަތަ މަސައްކަތު ނުނުކުތީ މަގުބޫލު އުޒުރަކާހުރެ ނޫންކަމަށް ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީއަށް ފެނިއްޖެނަމަ، އެ މީހަކު ތަމްރީނުކުރުމަށް ކުރެވުނު ހަރަދުގެ މަދަނީ ބަދަލުހޯދުމުގެ ކަންތައްތައް އެ އޮފީހަކުން ކުރިޔަށް ގެންދަންވާނެއެވެ. އަދި އެކަމާބެހޭ މައުލޫމާތު ކޮމިށަނަށް ފޮނުވައި އެ މީހަކަށް މަގާމު ރިޒާރވްކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނަންވާނެއެވެ.

(ޑ) ސިވިސް ސަރވިސްއަށް ހިދުމަތްކުރުމަށް ބޮންޑު ކުރެވިގެން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަމްރީނުދެވޭ ކަންތައްތަކާއި، ތަމްރީނުދެވޭ މީހުންނާއި ދެވޭ ތަމްރީނާބެހޭ މައުލޫމާތު އެ އޮފީހަކުން ބަހަލައްޓަން ވާނެއެވެ.

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު