-

ގަވާއިދު ނަންބަރު 33/2014 (ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހްގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 41/2016)

 

މިއީ ގަވާއިދު ނަންބަރު 33/2014 (ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީ ގަވާއިދު) 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ -  ބުނެވިދިޔަ ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

16. މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތް

(ހ) މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި، ކުށް ސާބިތުވެފައިވާ މީހާ މަރާލާނީ،ލީތަލް އިންޖެކްށަން ބޭނުންކޮށްގެން ނުވަތަ ދަންޖައްސައިގެންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 33/2014)

 

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު