-

ގަވާއިދު ނަންބަރު: 40/2013 (ރިޔާސީ އިންތިހާބުގެ ގަވާއިދު 2013) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 47/2013)

 

ރިޔާސީ އިނަތިހާބުގެ ގަވާއިދު 2013 ގެ 39 ވަނަ މާއްދާގެ (ހ) ގެ 11 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

39 ވަނަ މާއްދާ -  ވޯޓުލާ މަރުކަޒަށް އައްޔަން ކުރެވޭ ވެރިޔާގެ މަސްއޫލިއްޔަތާއި ޒިންމާ.

(ހ) 11. ވޯޓުލާން އަންނަ މީހެއްގެ ނަން މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ލިސްޓުގައި އޮވެމެ، އިދާރީ ސަބަބަކާހުރެ އެ މީހަކު ވޯޓުލާން ޖެހޭ މަރުކަޒުގައިވާ ފައިނަލް ލިސްޓުގައި އެ މީހާގެ ނަން ހިމެނިފައި ނުވާނަމަ، އެކަން އިލެކްށަންސް ކޮމިށަނަށް އަންގައި، ކޮމިށަނުން އިރުށާދުދޭ ގޮތެއްގެ މަތިން އެ މީހާގެ ނަން ލިސްޓަށް އިތުރުކޮށް އޭނާއަށް ވޯޓުލެވޭނެ ގޮތް ހަމަޖައްސައިދިނުން. (މިކަން، ކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެއެވެ.

 

މައި ގަވާއިދު

ރިޔާސީ އިންތިހާބުގެ ގަވާއިދު 2013 (ގަވާއިދު ނަންބަރު 40/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު