-

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހާ ގަވާއިދު (ގަވާއިދު ނަންބަރު 2010-07) އަށް 3 ވަނަ އިސްލާހުގެ ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2016-44) 

 

1 ވަނަ މާއްދާ – ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާގެ (ކ) ގެ ފަހަތަށް (އ) އަދި (ވ) އަންނަނިވި ގޮތަށް އިތުރުކުރުން.

(އ) މި މާއްދާގައި ނުވަތަ ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގެނެސްފައިވާ ބިދޭސީންގެ ތެރެއިން، ތިރީގައި ބަޔާންކޮށްފައިވާ ށަރުތުތައް ފުރިހަމަވަ ފަރާތްތަކަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ހުރުމުގެ ހުއްދަ އަލުން ދިނުމުގެ އިހުތިޔާރު މޯލްޑިވްސް އިމިގްރޭށަންގެ ކޮންޓްރޯލަރ ޖެނެރަލަށް ލިބިގެންވެއެވެ.

  1. ގާނޫނު ނަންބަރު 2007-01 (ދިވެހިރާއްޖޭގެ އިމިގްރޭށަންގެ ގަނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ވާރކް ވިޒާގައި މަސައްކަތް ކުރުމަށް ހުއްދް ލިބިގެން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ބިދޭސީއެއްކަމުގައި ވުން.
  2. ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިފައިވާ ނުވަތަ ށަރުއީ ކޯޓެއްގައި އެ ފަރާތެއް ށާމިލުވާގޮތަށް މަދަނީ ދައުވާއެއް އުފުލިފައިވާ ބިދޭސީއެއް ކަމުގައި ނުވުން.
  3. ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް އިދާރާއަކަށް އެފަރާތަކާ ގުޅޭ ށަކުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅުފައިނުވާ ފަރާތެއް ކަމުގައިވުން. 

(ވ) މި މާއްދާގެ (އ) އާ އެއަގޮތަވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ހުރުމުގެ ހުއްދަ ބިދޭސީއަކަށް ދެވޭނީ، ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، މި ގަވާއިދުގެ ދަށުން ވާރކް ވިޒާ ނެގުމަށް ކުރަންޖެހޭ އެންމެހައި ކަންކަން (ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ހުރުމާ ގުޅިގެން ދައްކަންޖެހިފައިވާ އެއްވެސް ފައިސާއެއް ނުދައްކައި އޮތްނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކުރުން ހިމެނޭގޮތަށް) ފުރިހަމަކޮށް، އަލުން ވަޒީފާ ދޭ ފަރާތާއި ބިދޭސީއަކާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއިއެކު ހުށަހަޅައި، ބިދޭސީއަކަށް އަލުން ވަޒީފާ ދޭފަރާތުން މޯލްޑިވްސް އިމިގްރޭށަންސަނަށް 6000 (ހަހާސް) ދިވެހި ރުފިޔާ ދެއްކުމުންނެވެ.

 

2 ވަނަ މާއްދާ – މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާޢިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2010-09)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސިންގެ ވާރކް ވިޒާއާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2010-09)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު