-

އެވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ޕްރޮމޯށަން ގަވާއިދު

(ގަވާއިދު ނަންބަރު 943/2013)

 

1 ވަނަ މާއްދާ - ތައާރުފު

މިއީ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ މައިގަނޑު މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ހިތްވަރު ލިބިގެން އެންމެހައި މުވައްޒަފުން ކަންކަމަށް އިސްނެގުމުގެ ސިފަ އެންމެ މަތީ ފެންވަރުގައި ހިފެހެއްޓުމަށާއި، އޭވިއޭށަން ސެކިއުރިޓީ ދާއިރާގައި ހުރިހާ ރޮނގަކުންވެސް އެންމެ ފުރިހަމަ ޤާބިލިއްޔަތާއި ހުނަރު ލިބިގަތުމަށް ކޮންމެ މުވައްޒަފަކަށްވެސް އެހީތެރިކަން ލިބި ސިވިލް ސަރވިސްގެ ތަސައްވުރު ހާސިލު ކުރުމަށްޓަކައި، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް އެކުލަވާލައިފައިވާ ގަވާއިދެވެ. މި ގަވާއިދަށް ކިޔާނީ "އޭވިއޭށަން ސެކިއުޓީ އޮފިސަރުންގެ ޕްރޮމޯށަން ގަވާއިދު" އެވެ. އަދި މި ގަވާއިދަކީ، މި ތަފާތު ހިދުމަތް ދިނުމުގައި ގަވާއިދުގައި ޚާއްޞަ ކުރަންޖެހޭ ކަންކަން ހާއްސަކޮށް، އެގޮތުން ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަމަށް ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ ގޮތުން ގާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ޅ) އިން ބާރުލިބިގެން؛ އެކަށައެޅި ސިވިލް ސަރވިސްގެ ގަވާއިދުގެ ބައެކެވެ.

 

2 ވަނަ މާއްދާ - މާނަކުރުން

(ހ) ޖެނެރަލް ޕްރޮމޯށަން: ޖެނެރަލް ޕްރޮމޯށަންއަކީ އާންމު އުސޫލުން ށަރުތު ހަމަވެގެން ދެވޭ ހުރިހާ ޕްރޮމޯށަނަށް ކިޔާ ނަމެކެވެ.

(ށ) މިނިމަމް ޓައިމް އިން ރޭންކް: މަގާމަކަށް ކުރިއެރުން ދިނުމުގެ ކުރިން، އޭގެ ކުރީ ރޭންކްގައި އޭނާ އެންމެމަދުވެގެން ފުރިހަމަކުރަންޖެހޭ މުއްދަތު.

(ނ) މިނިމަމް ޓައިމް އިން ސަރވިސް: މަގާމަކަށް ކުރިއެރުން ދިނުމުގެ ކުރިން، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ހިދުމަތުގައި އޭނާ އެންމެމަދުވެގެން ފުރިހަމަކުރަންޖެހޭ މުއްދަތު.

(ރ) ރޭންކްތަކުގެ އާންމު ށަރުތު: ޕްރޮމޯށަން ގަވާއިދުގައި ބަޔާންކޮށްފައިވާނީ މަގާމުގެ ކުރިއެރުން ދިނުމުގެ އާންމު އުސޫލުތަކެވެ. އެކިދާއިރާތަކުގައި އެކިރޭންކްތަކަށް ފުރިހަމަކުރަންޖެހޭ ށަރުތުތައް ތަފާތުވާނެއެވެ. ވަކިން ހާއްސަކޮށް، އެކި ފީލްޑްތަކަށް ތަމްރީންގެ ގޮތުން ފުރިހަމަވާންޖެހޭ ށަރުތުތައްވެސް ތަފާތުވާނެއެވެ. އެހެންކަމުން، މިގަވާއިދު ފުރިހަމައަށް ތަންފީޒުކުރެވޭނީ، ހެޑްކްއޯޓަރޒްއިން ގަވާއިދުގައި ކަނޑައެޅިފައިވާ ޕްރޮވިށަންތައް ފުރިހަމަކުރުމުގެ ގޮތުން ކަނޑައަޅާ ޕާރސަނަލް ޕޮލިސީތަކާއެކުގައެވެ.

(ބ) އެޑްވާރސް ރިޕޯޓް: އެޑްވާރސް ރިޕޯޓަކީ ސަބޯރޑިނޭޓެއްގެ ޕާރފޯމަންސް ދަށްވެ، ތަކުރާރުކުކޮށް ކައުންސެލްކޮށް، ގައިޑަންސްދެވި އެހެން ނަމަވެސް ރަނގަޅުނުކުރުމުން ނުވަތަ އުޅުމާއި އަހްލާގު އަދި ސުލޫކީ މިންގަނޑު އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފެއްގެ ކިބައިގައި ހުރެގެން ނުވާފަދަ ދަށުދަރަޖައެއްގައި އޭނާގެ އަމަލާއި ބަސް ހުރުމުގެ ސަބަބުން އޭނާ، އެހާލަތު ބަދަލު ނުކުރާކަމުގައިވާނަމަ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގައި ބެހެއްޓުމަށް އެކަށީގެންވާ މީހަކަށް ނުވާތީ، އޭނާއަށް ދޭ ނެގެޓިވް ކައުންސެލިންގއެކެވެ. އާންމުކޮށް އެޑްވާރސް ރިޕޯޓަކީ އިސްލާހުކުރުމަށް ތަކުރާރުކޮށް ކުރެވުނު މަސައްކަތް ފެއިލްވުމުން އިށޫކުރާ އެއްޗެކެވެ. ނަމަވެސް، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، ފުރަތަމަ އިންސިޑެންޓާއެކުވެސް އެޑްވާރސް ރިޕޯޓެއް އިށޫކުރެވިދާނެއެވެ. އެޑްވާރސް ރިޕޯޓެއް އިށޫކުރެވޭނީ އެންމެ ދަށްވެގެން އެމީހެއްގެ ސީނިއަރ ރޭޓަރ ނުވަތަ ކޮމާންޑިންގ އޮފިސަރަކަށެވެ.

 

3 ވަނަ މާއްދާ – އަމަލުކުރުން

މިގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވ

 

4 ވަނަ މާއްދާ - ގަވާއިދަށް އިސްލާހު ގެނައުން

މިގަވާއިދު ށާއިއުކުރުމަށްފަހު ގަވާއިދަށް އިސްލާހުގެންނާނީ އޭވިއޭށަން ކޮމާންޑުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ފާސްކޮށް ސިވިލް ސަރވިސް ކޮމިށަނަށް ހުށަހަޅައިގެންނެވެ.

 

5 ވަނަ މާއްދާ - މައިގަނޑު އަސާސްތައް

އޭވިއޭށަން ސެކިއުރިޓީ އޮފިސަރުންނަށް މަގާމުގެ ކުރިއެރުންދިނުން ބިނާވެގެންވަނީ އަންނަނިވި އަސާސީ ސިފަތަކުގެ މައްޗަށާއި މަގްސަދުތައް ހާސިލުކުރުމަށްޓަކައެވެ.

(ހ) އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ މަގްސަދުތައް އެންމެ ފުރިހަމައަށް ހާސިލުވާނެހެން ކޮންމެ ރޭންކެއްގައި އެންމެ އެކަށޭނަ އަދަދުތަކަށް މުވައްޒަފުން ބޭތިއްބުން؛

(ށ) މަގާމުގެ ކުރިއެރުމަށް ށަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް ވެސް މަގާމަށް ވާދަކުރުމުގެ ފުރުސަތު ފުރިހަމައަށް އަދި އިންސާފުވެރިކަމާއެކު ތަނަވަސްކޮށްދިނުން؛

(ނ) މަގާމުގެ ކުރިއެރުން ދެވެނީ ށަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލު ފަރާތްތަކަށްކަން ޔަގީންކުރުން؛

(ރ) މަގާމުގެ ކުރިއެރުން ދޭއިރު، މާޒީގައި ދައްކާފައިވާ އަދި މިހާރުވެސް ދައްކަމުންދާ ޒިންމާ އަދާކުރުމުގެ ފެންވަރަށާއި މަސައްކަތުގެ ތެރެއިން ނަތީޖާ ހާސިލުކުރުމުގެ ފެންވަރަށާއި ލިބިފައިވާ ތައްލީމު، ތަމްރީނު، އަދި ތަޖުރިބާއަށް ބަލާއިރު ކުރިއެރުން ދެވޭ މަގާމުގެ ޒިންމާ އަދާކުރުމަށް މުވައްޒަފުގެ ކިބައިގައި ހުރިކަމަށް ސާބިތުވާ އަދި މުވައްޒަފުގެ ގާބިލުކަމަށް އިސްކަން ދިނުން؛

(ބ) މަގާމުގެ ކުރިއެރުން ދިނުމަށް ބަލާނެ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަށާއި ރޭންކް ކެޓެގަރީގައި ޖާގަ އުފެދޭ މިންވަރަކުން ކުރިއެރުން ދިނުމުގައި އިސްކަން ދޭންވީ މީހުން ފަސޭހައިން ދެނެގަތުމަށާއި އެހެން މީހުންނަށްވެސް އެކަންކަން އެނގި ބަލައިގަތުމަށް ފަސޭހަވާނެހެން ސީނިއޮރިޓީ ކަނޑައެޅުން؛

(ޅ) މަގާމުތަކަށް ވާދަކުރުމުގެ ށަރުތު ހަމަވާ ފަރާތްތަކަށް އެފުރުސަތު ތަނަވަސްކޮށް ދިނުމަށާއި، ގަވާއިދު ހުއްދަކުރާ ސަބަބެއް މެދުވެރިގެން ނޫނީ މަގާމުގެ ކުރިއެރުމަށް ހުށަހެޅުމުން އެއްވެސް މީހަކު މަހްރޫމު ވިޔަ ދިނުމަށް ހުށަހެޅުމުގެ އުސޫލުތަކެއް ކަނޑައެޅުން؛

(ކ) ކަމުގެ ތަޖުރިބާއާއި ހުނަރު ލިބިފައިވާ ބައެއްގެ މެދުގައި މަށްވަރާކުރެވި، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ރޭންކްތަކަށް މަގާމުގެ ކުރިއެރުން ދޭން އެންމެ ހައްގު  ފަރާތްތައް ކަނޑައަޅައި އެކަމުގެ ލަފާ، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރަށާއި ސިވިލް ސާރވިސް ކޮމިށަނަށް އެރުވޭނެ ޕްރޮމޯށަން ބޯޑެއް ގާއިމުކުރުން؛

(އ) މަގާމުގެ ކުރިއެރުން ދެވޭ ފަރާތްތަކަށް ކުރިއެރުން ދެވޭ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ލިބިފައިވޭތޯ ޔަގީންކޮށް ވާދަވެރި މާހައުލެއްގެ ތެރެއިން ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު )އޭގެތެރެއިން އެންމެ އެކަށީގެންވާ ފަރާތްތަކަށް( މަގާމުގެ ކުރިއެރުން ދެވޭނެގޮތް ތަނަވަސް ވާނެހެން ޕްރޮމޯށަން ޕޮއިންޓްތައް ނުވަތަ ރޭންކުގެ ށަރުތުތަކާއި އޭގެ އިތުރަށް ބަލާނެ އެހެން ބައިތައް ކަނޑައަޅައި ޕޮއިންޓް ދިނުން؛

 

6 ވަނަ މާއްދާ- މަގާމުގެ ކުރިއެރުން ދިނުން

މި ގަވާއިދުގެ ދަށުން އޭވިއޭށަން ސެކިއުރިޓީގެ އޮފިސަރުނަށް "އިންރޭންކް ޕްރޮމޯށަން[ އަދި ރޭންކުން ރޭންކަށް މަގާމުގެ ކުރިއެރުން ލިބުމުގެ ފުރުސަތު ލިބިދެވޭނެއެވެ. ޕްރޮމޯށަން ދިނުމުގައި އަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.

 

7 ވަނަ މާއްދާ - އިންރޭންކް ޕްރޮމޯށަން

އިންރޭންކް ޕްރޮމޯށަނަކީ މުވައްޒަފު ހުރި ގްރޭޑްގެ ތެރެއިން ދެވޭ ކުރިއެރުމެކެވެ. މި ކުރިއެރުން ދޭނީ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ހޯދާ ނަތީޖާއަށް ބިނާކޮށް ކޮންމެ 2  އަހަރަކުން އެއް ފަހަރު، މަގާމުތަކުގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ އުސޫލުން މާކްސް ލިބޭ މުވައްޒަފުންނަށް އަންނަނިވި އުސޫލުންނެވެ.

(ހ) އިންރޭންކް ޕްރޮމޯށަން ދިނުމަށް ހުށަހަޅާނީ، މި ގަވާއިދުގެ ދަށުން އެކުލަވައިލެވޭ ޕްރޮމޯށަން ބޯޑަށެވެ.

(ށ) ސްޕްރިޓެންޑެންޓް އިން ޑެޕިއުޓީ ކޮމަޑާންޓް ރޭންކުތަކަށް އިންރޭންކް ޕްރޮމޯށަން ދިނުމަށް އެދި ހުށަހަޅާނީ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނަވާ އެންމެ އިސްވެރިއެކެވެ.

(ނ) އިންރޭންކް ޕްރޮމޯށަން ދިނުމަށް ކުރިއެރުން ދޭނީ ޕްރޮމޯށަން ބޯޑުން ފާސްކޮށް ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް ސިވިލް ސަރވިސް ކޮމިށަނުންނެވެ.

(ރ) އިންރޭންކް ޕްރޮމޯށަން ދިނުމުގައި އިންރޭންކް ޕްރޮމޯށަން ލިބޭ މުވައްޒަފު ހުރި ގްރޭޑަކީ ސީއެސް ގްރޭޑް 1 ނުވަތަ 2 ގައިނަމަ ކުރިއެރުން ދޭނީ ޖެހިގެން އޮތް ގްރޭޑްގެ 1 ވަނަ ދަރަޖައަށެވެ.

މިސާލު: ކުރިއެރުން ލިބޭ މުވައްޒަފު ހުރި ރޭންކް: ސީއެސް 6-1 ނުވަތަ 6-2 ނަމަ މަޤާމުގެ ކުރިއެރުން ލިބޭނީ ސީއެސް 7-1 ގްރޭޑަށެވެ.

(ބ) އިންރޭންކް ޕްރޮމޯށަން ދިނުމުގައި އިންރޭންކް ޕްރޮމޯށަން ލިބޭ މުވައްޒަފު ހުރީ، ސީއެސް ގްރޭޑް 3 ގައިނަމަ ކުރިއެރުން ދޭނީ ޖެހިގެން އޮތް ގްރޭޑްގެ 2 ވަނަ ދަރަޖައަށެވެ.

 މިސާލު: ކުރިއެރުން ލިބޭ މުވައްޒަފު ހުރި ގްރޭޑް: ސީއެސް 6-3 ނަމަ މަޤާމުގެ ކުރިއެރުން ލިބޭނީ ސީއެސް 7-2 ގްރޭޑަށެވެ

 

8 ވަނަ މާއްދާ - ރޭންކް ޕްރޮމޯށަން

ރޭންކް ޕްރޮމޯށަނަކީ މުވައްޒަފު ހުރި ރޭންކްއިން މަތީ ރޭންކަކަށް ޕްރޮމޯޓްކޮށް މަގާމު ބަދަލުވުމެވެ. ރޭންކް ޕްރޮމޯށަން ދިނުމުގައި އަމަލުކުރާނީ އަންނަނިވި ބައިތަކުގައިވާ މިންގަނޑުތަކާއި އުސޫލުތަކުގެ ތެރެއިން ޕޮއިންޓް ދެވިގެން ޕްރޮމޯށަން ބޯޑުން ކަނޑައަޅާ ފާސްކޮށް އާންމުކުރެވިފައިވާ ނިޒާމެއްގެ ތެރެއިންނެވެ.

 

9 ވަނަ މާއްދާ - ޕްރޮމޯށަން ޕޮއިންޓްސް ދިނުން

ޕްރޮމޯށަން ޕޮއިންޓްސްއަކީ، މަގާމުގެ ކުރިއެރުން ދިނުމުގައި ރޭންކް ށަރުތުތަކާއި އަދިވެސް އެހެނިހެން އިދާރީ ބައެއް ކަންތައްތަކަށް ބަލައި ދެވޭ ޕޮއިންޓްތަކެވެ. ޕްރޮމޯށަން ޕޮއިންޓްސް ދިނުމުގައި ބެލެވޭނެ ބައިތަކަށް ޕޮއިންޓް ދޭނީ މި ގަވާއިދުގެ ޖަދުވަލު 2 ގައިވާ ގޮތުގެ މަތީންނެވެ. ޕްރޮމޯށަން ޕޮއިންޓްސް ދެވޭ ބައިތަކަކީ؛

 

ޑިއުޓީ ޕާރފޯމަންސް

(ހ) ޑިއުޓީ ޕަރފޯމަންސް؛

  1. ޑިއުޓީ ޕަރފޯމަންސްގައި ބެލެވޭނީ، އެމީހަކާ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުން ހަވާލުކުރާ މަސައްކަތްތައް އެމީހަކު ކުރަމުންގެންދާ ގޮތެވެ. މިގޮތުން އެމީހެއްގެ ޕަރފޯމަންސް އިވެލުއޭށަން، ކޮމާންޑަރސް ރިކޮމެންޑޭށަން، ޑިޕްލޯއިމަންޓްސް، އަދި އެޑިށަނަލް ޑިއުޓީތަކަށް ބެލެނޭއެވެ.
  2. ޕަރފޯމަންސް އިވެލުއޭޝަން ޕޮއިންޓްސްއަކީ، ކަ ނޑައެޅިފައިވާ ގަވާއިދުން ފުރިހަމަކުރަންޖެހޭ ޕަރފޯމަންސް އިވެލުއޭޝަން ފޯމުތަކުގެ އެވްރެޖް މާކްސްއެވެ.
  3. ޑިޕްލޯއިމަންޓް ޕޮއިންޓްސްއަކީ، ޕްރޮމޯށަން ޕީރިއަޑްގެ ތެރޭގައި އެމީހަކު އެހެން ދާއިރާތަކުގައި މަސައްކަތްކޮށްފައިވާ ގޮތަށް ބަލައި ދެވޭ މާކްސްއެކެވެ. މިބައިގައި ބޮޑަށް ފޯކަސްކުރެވޭނީ އެމީހެއްގެ ޕާމަނަންޓް ޑިއުޓީ ސްޓޭށަން ނޫން އެހެން  ސްޓޭށަންތަކުގައި މަސައްކަތްކުރުމަށެވެ.
  4. އެޑިށަނަލް ޑިއުޓީއެއް ކަމުގައި ބެލެވޭނީ އެމީހަކާ ހަވާލުކުރެވިފައިވާ ޕްރައިމަރީ ޓާސްކްގެ އިތުރުން އެއްވެސް ޑިއުޓީއެއް ނުވަތަ މަސައްކަތެއް އަދާކޮށްފައިވާނަމަ އެކަމެކެވެ. މިސާލަކަށް، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑް ލެވެލްގައި ކުރާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުން ފަދަ ކަންކަމެވެ. އެހެންނަމަވެސް އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުން ހިންގާ އޮޕަރޭށަންތަކުގައި އަމަލީގޮތުން ބައިވެރިވުން ފަދަ ކަންކަން މިބައިގައި ނުހިމެނޭނެއެވެ.

 

ޕްރޮފިށެންސީ އެންޑް ކޮންޑަކްޓް

(ށ) ޕްރޮފިށެންސީ އެންޑް ކޮންޑަކްޓް؛

  1. ޕްރޮފިށެންސީ އެންޑް ކޮންޑަކްޓްގައި ބެލެވޭނީ، އެމީހަކަށް ލިބިފައިވާ ތައުލީމާއި، ތަމްރީނާއި އެހެނިހެން ގާބިލުކަމާއި އަދި އެމީހެއްގެ އަހުލާގަށެވެ. މިގޮތުން އެމީހެއްގެ ގާބިލުކަން ދެނެގަތުމަށްޓަކައި އެމީހަކު ފުރިހަމަކޮށްފައިވާ ތަމްރީނުތަކާއި، ރޭންކް ތަމްރީނުތަކާއި، އެހެނިހެން ސާރވިސް ތަމްރީނުތަކާއި، ތައުލީމީ ފެންވަރާއި، ފިޒިކަލް ފިޓްނަސްގެ ފެންވަރާއި، ދާއިރާއާއި އަދި ކުރިއަށް އޮތް ރޭންކަށް ބޭނުންވާ ޕްރޮފިށަންސީއަށް ބެލޭނެއެވެ. އަދި ކޮންޑަކްޓްގެ ބައިން އެމީހެއްގެ ސާފުތާހިރުކަމާއި އުޅުމާއި އަހުލާގު ބެލޭނެއެވެ. މިކަންކަމަށް ބޭނުންކުރާނެ ކްރައިޓީރިއާ މިގަވާއިދުގެ ޖަދުވަލު 2 ގައި އެވަނީއެވެ.
  2. ޓްރޭނިންގ ކަމުގައި ބެލެވޭނީ އެމީހެއްގެ ސްޕެށަލިޓީއާ ގުޅޭ ތަމްރީނުތަކާއި ކޯސްތަކެވެ. މީގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކުރާ ތަމްރީނުތަކާއި ކޯސްތައްވެސް ހިމެނޭނެއެވެ.
  3. ރޭންކް ޓްރޭނިންގ ކަމުގައި ބެލެވޭނީ، އެމީހަކު ހުރި ނުވަތަ ޖެހިގެން އޮންނަ ރޭންކަށް ދިއުމަށްޓަކައި މުވައްޒަފު ފުރިހަމަކުރަންޖެހޭ ތަމްރީނުތަކެވެ. މީގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަކުރާ ތަމްރީންތަކާއި ކޯސްތައްވެސް ހިމެނޭނެއެވ
  4. އެހެނިހެން ތަމްރީންކަމުގައި ބެލެވޭނީ ރޭންކް ޓްރޭނިންގ ފިޔަވައި އެމީހަކު ފުރިހަމަކޮށްފައިވާ ޑިޕްލޮމާއާއި، ޑިގްރީއާއި، މާސްޓަރސްއާއި، ޕްރޮފެށަނަލް ޑިޕްލޮމާއާއި، ޕޯސްޓް ގްރޭޖުއޭޓް ޑިޕްލޮމާ އަދި ޑޮކްޓަރޭޓް ފަދަ ކޮލިފިކޭށަންތަކަށެވެ.

 

އެވޯޑްސް އެންޑް ޑެކަރޭށަންސް

(ނ) އެވޯޑްސް އެންޑް ޑެކަރޭށަންސް؛

  1. އެވޯޑްސް އެންޑް ޑެކަރޭށަން ޕޮއިންޓް ދިނުމުގައި ބެލެވޭނީ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ށަރަފުގެ ނިށާންތަކާއި )ކުލައާއި މެޑެލި( އަދި އެމީހަކަށް ލިބިފައިވާ ސައިޓޭށަން ނުވަތަ ކޮމެންޑޭށަންތަކަށެވެ. މިގޮތުން އެވޯޑްސް އެންޑް ޑެކަރޭށަންގެ ގޮތުގައި ބެލެވޭ ތިރީގައިވާ އެވޯޑްސްތަކާއި ޑެކަރޭށަންތަކެވެ.
    1.1 ސާރވިސް އެވޯޑްސް
       1.1.1 އަހުލާގީ ކުލަ އަދި މެޑަލް
       1.1.2 އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ހިދުމަތުގެ ކުލަ އަދި މެޑަލް
       1.1.3 ހާއްސަ ހިދުމަތުގެ ކުލަ

    1.2 ސްކިލް އެވޯޑްސް
       1.2.1 ހުނަވެރިކަމުގެ ކުލަ

    1.3 ސައިޓޭށަން އެންޑް ކޮމެންޑޭށަންސް
    1.3.1 ކޮމްޕޯނަންޓް އަދި އޭރިއާ ކޮމާންޑަރުންގެ ސައިޓޭށަން
    1.3.2 އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރ ސައިޓޭށަން

 

(ރ) ޓައިމް އިން ރޭންކް

ޓައިމް އިން ރޭންކް؛ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ކޮންމެ މީހަކުވެސް، ކޮންމެ ރޭންކެއްގައިވެސް އެންމެ މަދުމިނުން ހޭދަކުރަންޖެހޭނެ މުއްދަތުތަކެއް ކަނޑައެޅެންޖެހެއެވެ. އެއީ، އެމަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތަށް އަހުލުވެރިވެ ފުރިހަމައަށް މަސައްކަތްކުރުމަށާއި، އެމަގާމުގައި އެމީހަކު ހާސިލުކުރަންޖެހޭ ތަޖުރިބާ ލިއްބައިދިނުމުގެ ގޮތުންނެވެ. ހަމައެހެންމެ، ކުރިއަށް އޮތް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލު މީހަކަށް ހެދުމަށްޓަކައެވެ. ޖަދުވަލު 1 ގައި އެވަނީ ކުރިއަށް އޮތް ރޭންކަށް މަގާމުގެ ކުރިއެރުން ދިނުމުގެ ކުރިން ކޮންމެ މީހަކުވެސް ހިދުމަތުގައާއި، ރޭންކުގައި އެންމެ މަދުމިނުން ހޭދަކުރަންޖެހޭނެ މުއްދަތުތަކެވެ.

  1. ޓައިމް އިން ރޭންކް އަދި ޓައިމް އިން ސަރވިސް ގުނުމުގައި ރަސްމީ މަސައްކަތަކަށް ނުވަތަ ދާއިރާއާގުޅޭ ނުވަތަ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑައަށް ބޭނުންވާ ތަމްރީން ކޯހެއް ނުވަތަ ތަމްރީނެއް ފުރިހަމަކުރުމަށް ފިޔަވައި، އެހެން ގޮތްގޮތުން ހިދުމަތާ ދުރުގައި ހޭދަކުރާ ދުވަސްތައް "މިނިމަން ޓައިމް އިން ރޭންކް[ އަދި "މިނިމަމް ޓައިމް އިން ސަރވިސް[ ބެލުމުގައި ނުގުނޭނެއެވެ.
  2. ހާއްސަ ހާލަތެއް މެދުވެރިވެގެން އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ރޭންކް ސްޓްރަކްޗަރއަށް އަންނަ އުނިކަން ފޫބެއްދުމަށްޓަކައި، މިއުސޫލުތަކުގެ ބޭރުން މަގާމުގެ ކުރިއެރުން ދެވިދާނެއެވެ. ނަމަވެސް، އެކަން ވާންޖެހޭނީ، ކޮމާންޑް އެންޑް ކޮންޓްރޯލް ގާއިމުކުރުމަށާއި، މިށަން އެކޮމްޕްލިށްމަންޓަށް އަމާޒުކޮށް، ކޮންމެހެން ކުރަންޖެހިގެން ކުރާ ކަމަކަށެވެ. އަދި، މިކަމަކީ، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ނިޒާމުގެ ރޫހު ގެއްލި މި ނިޒާމު ހިންގަން ބުރޫއަރާ ގޮތަށް ކުރެވޭ ކަމަކަށް ވެގެންނުވާނެއެވެ.
  3. ކުރިއަށް އޮތް ރޭންކަށް މަގާމުގެ ކުރިއެރުން ދިނުމުގައި، މިހާރުގެ ރޭންކުގައި އެންމެ މަދުމިނުން ހޭދަކުރަންޖެހޭ މުއްދަތާއި، އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުގެ ޚިދުމަތުގައި އެންމެ މަދުމިނުން ހޭދަކުރަންޖެހޭ މުއްދަތު ކަ ނޑައެޅިފައިވަނީ، ހިދުމަތުގައި އެކަށީގެންވާ މުއްދަތެއް ހޭދަކޮށް ރޭންކާގުޅޭގޮތުން މަސައްކަތުގެ ތަޖުރިބާ ލިބިދިނުމަށާއި، ކުރިއެރުން ދެވޭ ރޭންކަށް މީހާ ތަސައްރަފު ފުއްދުމަށާއި، ތައުލީމާއި ތަމްރީނުގެ ތެރެއިން އެކިއެކި ރޭންކުތަކަށް އާދެވޭނެ މުއްދަތު ވަޒަންކުރުމަށްފަހުގައެވެ.
  4. ރޭންކުގައާއި ހިދުމަތުގައި ހޭދަކުރަންޖެހޭ މުއްދަތު ކަނޑައެޅިފައިވުމުގެ މާނައަކީ، އެ މުއްދަތު ހަމަވުމުން މަގާމުގެ ކުރިއެރުން ހައްގުވުމެއް ނޫނެވެ. ނަމަވެސް، އެއީ މަގާމުގެ ކުރިއެރުން ދިނުމަށް ހުށަހެޅުމަށް ށަރުތު ފުރިހަމަވީއެވެ.

 

(ބ) އެސެސްމަންޓް ޕޮއިންޓްސް

އެސެސްމަންޓް ޕޮއިންޓްސްއަކީ މަގާމުގެ ކުރިއެރުމަށް ހުށަހެޅޭ ފަރާތްތަކުގެ ތެރެއިން ސްޓާފް ސަރޖަންޓުން ފެށިގެން މަތީގެ ރޭންކްތަކަށް ހުށަހެޅޭ ފަރާތްތަކާއި ޕްރޮމޯށަންގެ ކަންތައް ހިންގުމަށް އެކުލަވައިލައިފައިވާ ޕްރޮމޯށަން ބޯޑުން ބާއްވާ އިންޓަވިއު ނުވަތަ އެސެސްމަންޓްތަކަކަން ދެވޭ ޕޮއިންޓެވެ. މި ޕޮއިންޓް ދިނުމުގައި ބަލާނެ ބައިތައް ޕްރޮމޯށަން ބޯޑުން ފާސްކޮށް ކޮންމެ އަހަރެއްގެ ޖެނުއަރީ 31 ގެ ކުރިން މުވައްޒަފުންނަށް އާންމުކޮށް އަންގާ އިޢުލާން ކުރަންވާނެއެވެ.

(ޅ) ޕްރޮމޯށަން ބޯޑުން އެކުލަވައިލާ ބައިތަކަށް ޕޮއިންޓް ދިނުމުގައި އަންނަނިވި ކަންތައްތަކަށް ސަމާލުވާންވާނެއެވެ.

  1. ޕޮއިންޓް ދިނުމުގައި ބަލާނެ ބައިތަކުގެ ތެރެއިން ކޮންމެ ބަޔަކަށްވެސް އެންމެ ގިނަވެގެން ދެވޭނީ 10 މާކްސްއެވެ.
  2. ޕްރޮމޯށަން ބޯޑުގެ ކޮންމެ މެންބަރަކުވެސް އެސެސްމަންޓަށް މާކްސް ދޭންވާނީ އިންޑިޕެންޑެންޓްކޮށް، ވަކިވަކިންނެވެ.
  3. ޕްރޮމޯށަން ޕޮއިންޓްސްއަކަށް ބަލާނީ މިބައަށް ޕްރޮމޯށަން ބޯޑުގެ ހުރިހާ މެންބަރުން ދީފައިވާ ޖުމުލަ މާކްސްގެ އެވްރެޖްއެވެ.
  4. ޕްރޮމޯށަން ބޯޑްގެ އެސެސްމަންޓްގެ މައްޗަށް ބިނާކޮށް، ޕްރޮމޯށަން ބޯޑުން މުވައްޒަފުންގެ ތެރެއިން ސްޓާފް ސަރޖަންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ މަގާމުތަކަށް ހުށަހަޅާ މީހުންނަށް އަދި އޮފިސަރުންގެ ތެރެއިން ސުޕްރިންޓެންޑެންޓް ރޭންކުން ފެށިގެން މަތީ ރޭންކްތަކަށް ހުށަހަޅާ ކޮންމެ މީހަކުވެސް ޕްރޮމޯށަން ބޯޑުން އިވެލުވޭޓް ކުރެވޭނެއެވެ. ޕްރޮމޯށަން ބޯޑުން ކުރެވޭ އިވެލުއޭށަނުން މަގާމުގެ ކުރިއެރުން ދިނުމަށް ބޭނުންވާ ވަރަށް މި ބައިން ސްކޯ ނުކުރެވިއްޖެނަމަ އެ ޕްރޮމޯށަން ވިންޑޯއެއްގައި ޕްރޮމޯށަން ދިނުމަށް ހުށައެއްނާޅާނެއެވެ.

 

10 ވަނަ މާއްދާ - ޕްރޮމޯށަން ބޯޑް

މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައި މަގާމުގެ ކުރިއެރުމަށް ހުށަހެޅޭ ފަރާތްތަކުގެ ތެރެއިން، ކަނޑައެޅިފައިވާ ށަރުތުތަކާއި މިންގަނޑުތަކަށް ބެލުމަށްފަހު، ހުށަހެޅިފައިވާ ރޭންކްތަކަށް މަގާމުގެ ކުރިއެރުން ދިނުމަށް އެންމެ އެކަށޭނަ ފަރާތްތައް ކަނޑައެޅުމަށް ޕްރޮމޯށަން ބޯޑެއް އެކުލަވައިލެވިފައި އޮންނަން ވާނެއެވެ. ޕްރޮމޯށަން ބޯޑާ ބެހޭ ތަފުސީލު އިދާރީ އެސް. އޯ.ޕީ ގައި ބަޔާން ކުރެވިފައިވާނެއެވެ.

(ހ) ޕްރޮމޯށަން ބޯޑު އެކުލަވައިލަންވާނީ ސިވިލް ސަރވިސްގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން އޭވިއޭށަން ކޮމާންޑާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީންނެވެ.

 

11 ވަނަ މާއްދާ - ސީނިއަރ އޮފިސަރުންނަށް މަގާމު ދިނުން

ސީނިއަރ އޮފިސަރުންގެ ތެރެއިން ކޮމަޑާންޓް އަދި އެޖުޓަންޓް ޖެނަރަލްއަށް ރޭންކްތަކަށް މީހުން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިށަނުންނެވެ. މިމަގާމުތަކަށް ބޭނުންވާ ގާބިލިއްޔަތު ކަ ނޑައެޅުމުގެ ކަންތައްތައް މިނިސްޓަރުގެ ލަފަޔާއެކު ނިންމާނީ އޭވިއޭށަން ސެކިއުރިޓީ ކޮމާންޑުންނެވެ.

 

12 ވަނަ މާއްދާ - މަގާމު ދަށްކުރުން

މި އޮނިގަނޑުގެ ދަށުން މުވައްޒަފު ކުރާ ކުށެއްގެ ސަބަބުން މަގާމު ދަށްކުރަން ޖެހިއްޖެނަމަ މަގާމު ދަށްކުރާނީ އެކަން ޕްރޮމޯށަން ހުށަހަޅައި އެބޯޑުން ފާސްކުރުމަށްފަހު، ސިވިލް ސަރވިސް ކޮމިށަނުން އަންނަނިވި އުސޫލުގެ ދަށުންނެވެ.

(ހ) ޗީފް ސުޕްރިޓެންޑެންޓުން ފެށިގެން ދަށުގެ މަގާމުތަކުގެއި މަސައްކަތް ކުރާ އޮފިސަރުންގެ މަގާމު ދަށްކުރާނީ ފަހަރަކު 1 ދަރަޖައެވެ. އަދި ކެޕްޓަންއިން ފެށިގެން މަތީ މަގާމުގެ އޮފިސަރުން ކުރާ ކުށުގެ ބާވަތުން އެއްފަހަރާ ދައްކުރާނީ 2 ދަރަޖައެވެ.

(ށ) އޭވިއޭށަން ކޮމާންޑުގެ އޮފިސަރުން މަގާމު ދަށްކުރުމުގައި މުވައްޒަފު ހުރި ރޭންކުގެ ތެރޭގައި ގްރޭޑް ދަށްކުރުން، ނުވަތަ މުވައްޒަފު ހުރި ރޭންކުން ދަށު ރޭންކަކަށް މަގާމު ދަށްކުރެވިދާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތަށް މަގާމު ދަށްކުރުމުގައިވެސް އަމަލުކުރާނީ މި މާއްދާގެ (ހ) ގައިވާ އުސޫލުންނެވެ.

 

------------ 

  

ޖަދުވަލު 1

ޓައިމް އިން ރޭންކް ތާވަލު

 

(ތަފްސީލު އެޓޭޗްކުރެވިފައިވާ ގެޒެޓްކުރެވުނު ފައިލުގައި ހިމިެނިފައިވާނެއެވެ)

 

 

-------------- 

 

ޖަދުވަލު 2

ޕްރޮފެށަންސީ އެންޑް ކޮންޑަކްޓް ރިޕޯޓް

(ތަފްސީލު އެޓޭޗްކުރެވިފައިވާ ގެޒެޓްކުރެވުނު ފައިލުގައި ހިމިެނިފައިވާނެއެވެ)

 

--------------

 

ޖަދުވަލު 3

ޕްރޮފިށަންސީ އެންޑް ކޮންޑަކްޓް މާކްސް ށީޓް

(ތަފްސީލު އެޓޭޗްކުރެވިފައިވާ ގެޒެޓްކުރެވުނު ފައިލުގައި ހިމިެނިފައިވާނެއެވެ)

                                              

މައި ގާނޫނު

ސިވިލް ސަރވިސް ގެ ގާނޫނު (ގާނޫނު ނަންބަރު 5/2007)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު