-

ށަރީއާ އެޑްވައިޒަރުން ރަޖިސްޓްރީކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-54) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 2014-04)

 

1 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރުން ރަޖިސްޓްރީކުރުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ތިރީގައިވާ ގޮތަށް އިސްލާހުކުރުން.

4. (ހ) ށަރީއާ އެޑްވައިޒަރަކަށް ވުމަށް ހުށަހަޅާ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބުލުކުރާ މަރުކަޒަކުން ށަރީއާގެ ރޮނގުން ޑިގްރީއެއް، ހާއްސަކޮށް ފިގްހުލް މުއާމަލާތު، އުސޫލުން ފިގްހު ނުވަތަ ށަރީއާ އެންޑް ލޯ ގެ ރޮނގުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށްވުން، ނުވަތަ، ނުވަތަ މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ގަބޫލުކުރާ މަރުކަޒަކުން ބެޗްލާރސް އޮފް ލޯ ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މިއޮތޯރިޓީން ގަބޫލުކުރާ ށަރީއާއާގުޅޭ މާއްދާތައް ފުރިހަމަކޮށްފައިވުން؛ އަދި

 

2 ވަނަ މާއްދާ - ށަރީއާ އެޑްވައިޒަރުން ރަޖިސްޓަރީކުރުމާބެހޭ ގަވާއިދަށް މި ގެނެވުނު އިސްލާހަށް އަމަލުކުރަން ފަށާނީ މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ. 

 

މައި ގަވާއިދު

ށަރީއާ އެޑްވަރިޒުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2013-54) 

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ށަރީއާ އެޑްވަރިޒުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-54)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު