-

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 އަށް 21 ވަނަ އިސްލާހުގެ ގެނައުން

(ގަވާއިދު ނަންބަރު 14/2014)

  

1 ވަނަ މާއްދާ - ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 102 ވަނަ މާއްދާއާއި އެމާއްދާގައި ބުނެފައިވާ ޖަދުވަލު 7 އިސްލާހުކޮށް އަދި 103 ވަނަ މާއްދާގެ (ހ) އަދި (ށ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

102. ވަޒީފާއަށް ކުރިމަތިލުން

ވަޒީފާއަށް އެދި ހުށަހަޅާނީ، މި ގަވާއިދުގެ ޖަދުވަލު 7 ގައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" އިންނެވެ. ވަޒީފާއެއްގައި ހުރި މީހަކު ސިވިލް ސަރވިސްގެ އެހެން މަގާމަކަށް ކުރިމަތިލާ ނަމަވެސް މިފޯމު ފުރައި ހުށަހަޅަން ވާނެއެވެ.

 

103. ހުށަހަޅާ ލިޔުމަކީ ސައްހަ ލިޔުމެއްތޯ ބެލުން

(ހ) ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތައުލީމީ ސެޓުފިކެޓް ނުވަތަ ސެޓުފިކެޓުތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭށަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެކޮޕީ އެވެ.

(ށ) ވަޒީފާއަށް އެދި ހުށަހަޅާއިރު، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް އެމީހަކު ހާޒިރުވާއިރު އެލިޔުންތަކުގެ އަސްލު ގެނެސް ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށް އެ އިދާރާއެއްގެ ވަޒީފާގެ ކަންކަން ބަލަހައްޓާ މުވައްޒަފު ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީހު ޖަހައިގެންނެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެތުގައި ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

---------------

ޖަދުވަލު 7

( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ގަވާއިދުގެ ގެޒެޓުކުރެވުނު ފައިލްގައި ހިމެނިގެންވާނެއެވެ. އަދި ފަހުން އަޕްލޯޑް ކުރެވިގެންދާނެއެވެ. )

 

މައި ގަވާއިދު

ސިވިލް ސަރވިސްގެ ގަވާއިދު 2010 (ގަވާއިދު ނަންބަރު 1/2010)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު