-

ޓެކްސީ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުން

(ގަވާއިދު ނަންބަރު 32/2014)

 

1 ވަނަ މާއްދާޓެކްސީ ގަވާއިދުގެ ޖަދުވަލު 3، މި އިސްލާހާއެކު މިވާ ޖަދުވަލު 3 އާ އެއްގޮތަށް ބަދަލުކުރުން.

 

2 ވަނަ މާއްދާޓެކްސީ ގަވާއިދުގެ 22 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) އަންނަނިވި ގޮތަށް އިތުރުކުރުން.

(ނ) މި ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ 1 އަށް އަމަލުކުރަން ފަށާނީ، 15 މޭ 2014 އިން ފެށިގެންނެވެ.

 

3 ވަނަ މާއްދާ – މި އިސްލާހަށް އަމަލުކުރަން ފަށާނީ، މި އިސްލާހު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

 

ޖަދުވަލު  3

(  ޓެކްސީ ނަމާއި ނަންބަރު ޖަހާފައިވާ ގޮތުގެ ފޮޓޯ، އެޓޭޗްކުރެވިފައިވާ ޕީ.ޑީ.އެފް ފައިލް ގައި ހިމެނިފައިވާނެއެވެ. އަދި ވޯޑް ޑޮކިއުމަންޓް ގައި ފަހުން އަޕްލޯޑް ކުރެވޭނެއެވެ.)

 

  1. ޓެކްސީގެ ދެއަރިމަތީގައި ބޭރަށް ފެންނަން ހުންނާނެހެން ސެންޓަރުގެ ނަމާއި ފޯނު ނަންބަރު ދެފަރާތުގެ އަރިމަތީގައި މެދު ނުވަތަ ކުރީ ދޮރުފަތުގައި، މަތީގައިވާ ނަމޫނާގައިވާ ގޮތަށް ލިޔެފައި ހުންނަންވާނެއެވެ.
  2. ޓެކްސީގެ ދެއަރިމަތީގައި ބޭރަށް ފެންނަން ހުންނާނެހެން ސެންޓަރުގެ ނަމާއި ފޯނު ނަންބަރު ލިޔަންވާނީ، ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅައި ފޮންޓާއި ސައިޒު ފާސްކޮށްގެންނެވެ.
  3. ޓެކްސީ ސެންޓަރުގެ ނަމާއި ނަންބަރު ލިޔެފައި ހުންނަންވާނީ ޓެކްސީގެ ކުލައާއި ތަފާތު ކުލައަކުން، ދުރަށް ފާޅުކޮށް ފެންނަ ކުލައަކުންނެވެ.
  4. ޓެކްސީ ސެންޓަރުގެ ނަމާއި ފޯނު ނަންބަރު ލިޔާއިރު ލިޔެފައިވާ ލިޔުމަށް އުނިއިތުރު ނާންނަ ގޮތަށް އެ ސެންޓަރުގެ ލޯގޯ ބޭނުންކުރެވިދާނެއެވެ

 

މައި ގަވާއިދު

ޓެކްސީ ގަވާއިދު (ގަވާއިދު ނަންބަރު 1475/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު